އާޒިމާގެ މައްސަލަ ކުރިއަށް ގެންދަން ނިންމާ، ދައުލަތުގެ ހެއްކަކަށް ޔާމިން

ޝަރީއަތަށްފަހު އާޒިމާ މިއަދު ކޯޓުން ނުކުމެވަޑައިގަންނަވަނީ: އޭނާގެ މައްސަލަ ކުރިއަށް ގެންދިއުމަށް ގާޒީ ނިންމެވި -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ޝަރީއަތަށްފަހު އާޒިމާ މިއަދު ކޯޓުން ނުކުމެވަޑައިގަންނަވަނީ: އޭނާގެ މައްސަލަ ކުރިއަށް ގެންދިއުމަށް ގާޒީ ނިންމެވި -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު ކަމުގައި ހުރެ އައިޝަތު އާޒިމާ ޝުކޫރު، އޭރު ވެރިކަމުގައި ހުންނެވި ރައީސް އަބްދުﷲ ޔާމީންއަށް މަނީ ލޯންޑާކުރުމަށް މަގުފަހިކޮށްދިން ކަމަށް ތުހުމަތުވާ މައްސަލައާއި، އެއަމަލާއި ގުޅިގެން ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާ ސާބިތުކުރުމަށް ދައުލަތުން ހެއްކެއްގެ ގޮތުގައި އެމަނިކުފާނުގެ ނަން ހުށަހަޅައިފި އެވެ.

ދައުލަތުގެ ބަންޑާރަ ނައިބު ކަމުގެ މަގާމު ވެސް ފުރުއްވި އާޒިމާ ޝުކޫރަށް ކުރާ މި ދައުވާއަށް ތިން އަހަރު ވެގެން ދިޔައިރު، އެކިފަހަރު މަތިން ގާޒީން ބަދަލުވެ، މައްސަލަ މަޑުޖެހިފައި އޮންނަތާ ގިނަ ދުވަަސްތަކެއް ވެފައިވާތީ، އެ މައްސަލައާ އެންމެ ފަހުން ހަވާލުވެވަޑައިގެންނެވި ކްރިމިނަލް ކޯޓުގެ ގާޒީ އަލީ އާދަމް ވަނީ އެ ދައުވާގެ އަޑުއެހުންތައް އަލުން ފަށައިފަ އެވެ.

އެގޮތުން ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ދިޔަ އަޑުއެހުމުގައި، އާޒިމާއަށް ކުރާ ދައުވާތައް ސާބިތުކުރުމަށް ދައުލަތުން ހެކި ހުށަހަޅާފައިވާއިރު، ދިފާއީ ހެކިވެސް ހުށަހަޅާފައި ވެއެވެ. މަދަނީ މިންގަނޑުން އެ މައްސަލަ ކުރިއަށް ގެންދިއުމަށް ނިންމީ އާޒިމާގެ މައްޗަށް ކުރާ ދެ ދައުވާ ސާބިތު ކުރުމަށް ގިނަ ހެކިތަކެއް ދައުލަތުން ހުށަހަޅާފައިވާތީ ކަމަށް ގާޒީ ވިދާޅުވި އެވެ.

އެ މައްސަލަ ކުރިއަށް ގެންދިއުމަށް ގާޒީ ނިންމެވީ އެ މަރުހަލާގައި، ހެކިތަކުގެ ފުނަށް ދީރާސާ ކުރަން ނުޖެހޭނެ ކަމަށް ވިދާޅުވެެ އެވެ. އަދި އެ ދައުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހަޅާފައިވާ ހެކިތަކުން، އެފަދަ ކަމެއް ހިނގައިފައިވާކަމަށް ގާޒީއަށް ގަބޫލުކުރެވޭތީ އެވެ.

އެގޮތުން އެމްއެމްޕީއާރުސީގެ ހިޔާނާތް ހިނގިއިރު، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ނައިބު ރައީސްއަކަށް ހުންނެވި މުއައްވިޒު ރަޝީދުއާއި، އެ ކޮމިޝަނުގެ ރައީސްއަކަށް އޭރު ހުންނެވި ހަސަން ލުތުފީވެސް ދައުލަތުން ހުށަހެޅި ހެކިވެރިންގެ ތެރޭގައި ހިމެނެ އެވެ.

އެ ދައުވާތައް ނަފީކުރުމަށް ވަރުގަދަ ދިފާއުތަކެއް، އާޒިމާ ނެންގެވި އެވެ. އަދި މަދަނީ މިންގަނޑާ ގުޅިގެން ގާނޫނީ ބޮޑު ބަހުސެއްވެސް މިއަދު ކޯޓުގައި ހިނގި އެވެ.

ދައުލަތުގެ ތުހުމަތުތަކަށް އާޒިމާ ނެންގެވި ދިފާއުތައް

އާޒިމާ ވިދާޅުވީ ދައުލަތުން އޭނާގެ މައްޗަށް ދައުވާކުރަނީ ދެ ހެއްކެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ. އެއީ އޭސީސީ އަށް ލަފައެއް ދިނުމާއި ޔާމީންގެ ފައިސާ ޖަމާކުރިކަން އަންގައި ނޯޓެއް ފޮނުވިކަން އޭނާ ފާހަގަކުރި އެވެ.

ދައުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ހެކިތަކާ ގުޅިގެން އާޒިމާ ވިދާޅުވީ އޭނާ އޭސީސީއަށް ލަފައެއް ނުދެއްވާ ކަމަށާއި އެފަދަ އެއްވެސް ހެއްކެއް ވެސް ނެތް ކަމަށެވެ. އަދި އޭނާ ފޮނުއްވި ނޯޓްގައި އެކައުންޓް ނަންބަރު އޮތީ ނުބައިކޮށް ކަމަށާއި، ދައުލަތުން އޭނާގެ މައްޗަށް ދައުވާ އުފުލީ އެކަން އެނގިހުރެ ކަމަށެވެ.

"އަޅުގަނޑު ލިޔެފައި މި އޮތް ނޯޓްގައި އެސްކްރޯ އެކައުންޓްގައި ބެހެއްޓުމަށް ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ ނަންބަރު އެކައުންޓަށް ފައިސާ ޖަމާކުރި ވާހަކަ ދެންނެވީމޭ ކިޔާފައި، އަޅުގަނޑު ސޮއިކުރި އިރު މި ނޯޓްގައި މި އޮތީކީ ބީއެމްއެލްގެ، ދައުލަތުން އެ ވިދާޅުވާ އެކައުންޓް ނަންބަރެއް ނޫން."

އާޒިމާ ވިދާޅުވި ގޮތުގައި އޭރު އޭނާއަކީ ދައުލަތުގެ ވަޒީރެއްކަމުން ނޯޓެއް ފޮނުވަން އޭނާއަށް އެންގުމުން އެކަން ކުރުމަށް ބުނާނީ އެހެން މުވައްޒަފުން ގާތުގަ އެވެ. އެ ސިޓީ ލިޔެގެން ގެނައި އޭގައި އޮތް ކުށެއް ފާހަގަނުކުރެވި ސޮއިކުރެވުނުކަމަށް އޭނާ ވިދާޅުވި އެވެ.

އަދި އެއީ ލިޔުމުގެ ކުށެއްކަން ދައުލަތަށްވެސް އެނގޭ ކަމަށާއި، ޝަރީއަތަށް އެ ލިޔުން ހުށަހެޅިއިރުވެސް އެ އެކައުންޓް ނަމްބަރުގެ ތިރީގައި ރޮނގުދަމާފައިވާކަން އޭނާ ފާހަގަކުރި އެވެ.

"އަޅުގަނޑަކީ އޭސީސީއަށް ލަފާ ދޭން ހުރި މީހެއް ވެސް ނޫން. އަޅުގަނޑަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ލީގަލް އޮފިސަރު،" އޭސީސީއަށް ލަފާދިން ކަމަށް ބުނެ ދައުލަތުން ހުށަހަޅާފައިވާ ހެއްކާ ގުޅިގެން އާޒިމާ ވިދާޅުވި އެވެ.

ކުރީގެ ރައީސް ޔާމީންއަށް މަނީ ލޯންޑާކުރަން މަގުފަހިކޮށްދިން ކަމަށް ބުނެ އުފުލާފައިވާ ދައުވާއާ ގުޅިގެން އާޒިމާގެ ދިފާއަކަށް ނެންގެވީ އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ޔާމީންގެ މައްޗަށް އުފުލާފައިވާ ގއ. ވޮޑަމުލާގެ މައްސަލަ ސާބިތު ނުވާ ކަމަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ސުޕްރީމް ކޯޓުން ނިންމާފައިވާ ކަމެވެ. އެހުކުމް އޮތްހާ ހިނދަކު އެނާގެ މައްޗަށް އެ ދައުވާތައް ކުރެވިދާނެ ކަމުގައި އާޒިމާ ގަބޫލުނުކުރައްވަ އެވެ.

"ޔާމީންގެ މައްސަލަ ތިން މަރުހަލާގައި ކުރިއަށް ދިޔައިރުވެސް، އަޅުގަނޑުގެ ވާހަކަ ދައުލަތުން އެއްވެސް މަރުހަލާއެއްގައި ފާހަގަކޮށްފައި ނުވޭ،" ސުޕްރިމް ކޯޓުގެ ނިންމުން އޮއްވާ އޭނާގެ މައްޗަށް ކުށް ސާބިތު ނުވާނެ ކަމަށް ފާހަގަކުރައްވަމުން އާޒިމާ ވިދާޅުވި އެވެ.

"ސުޕްރިމް ކޯޓުގެ ނިންމުން ދެމިއޮތްހާ ހިނދަކު އަޅުގަނޑުގެ މައްޗަށް ދައުވާ ސާބިތުނުވާނެ."

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox