42 ކިލޯ ޑްރަގު މައްސަލާގައި ހައްޔަރުކުރި އަހުމަދު ޕީއެންސީގެ ކައުންސިލުން ވަކިކޮށްފި

ޑްރަގު މައްސަލައިގައި ހައްޔަރުކުރި ޕީއެންސީ ކައުންސިލް މެމްބަރު އަހުމަދު ހުސެއިން؛ އޭނާ ހައްޔަރުކޮށްފައިވަނީ 42 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައަކާއި ގުޅިގެން. ފޮޓޯ: ޕީއެސްއެމް

ޑްރަގު މައްސަލައިގައި ހައްޔަރުކުރި ޕީއެންސީ ކައުންސިލް މެމްބަރު އަހުމަދު ހުސެއިން؛ އޭނާ ހައްޔަރުކޮށްފައިވަނީ 42 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައަކާއި ގުޅިގެން. ފޮޓޯ: ޕީއެސްއެމް

މާލޭގެ ގެއެއް ބަލައި ފާސްްކޮށް، 42 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ހޯދި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް ޕާޓީގެ ކައުންސިލް މެމްބަރު އަހުމަދު ހުސެއިން އެ ޕާޓީން ވަކިކޮށްފި އެވެ.

ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އެ މަސްތުވާތަކެތި ހޯދާފައި ވަނީ ބުރާސްފަތި ދުވަހުގެ ރޭ އެވެ. އެ ތަކެތި ހޯދާފައި ވަނީ މ. ލަވްނެސްޓްގެ ތަޅުންގަނޑުގެ އަޑީގައި ކޮނެފައި ހުރި ކުޑަ ވަޅެއްގެ ތެރޭގަ އެވެ.

އަހުމަދު ހައްޔަރު ކޮށްފައި ވަނީ ރޭގަ އެވެ.

ޕީއެންސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ޕާޓީގެ ކައުންސިލް މެމްބަރެއްގެ ގޮތުގައި ހުރި އަހުމަދުގެ މައްޗަށް ކުރެވޭ ތުހުމަތެއްގައި އޭނާ ހައްޔަރުކޮށްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

"އަހުމަދަށް ތުހުމަތުކުރާ މައްސަލަ ބެލުމަށްފަހު ޕާޓީގެ އަސާސީ ގަވާއިދުގައިވާ ގޮތުގެ މަތިން އޭނާ ޕާޓީގެ ކައުންސިލް މެމްބަރު ކަމުން ވަކި ކޮށް، އާންމު މެންބަރެއްގެ ގޮތުގައިވެސް ޕާޓީގެ އެއްވެސް ހަރަކާތެއްގައި ބައިވެރި ނުވެވޭ ގޮތަށް ސަސްޕެންޑް ކޮށްފައި،" އެ ޕާޓީން ބުންޏެވެ.

އެ ޕާޓީން ބުނިގޮތުގައި، ޕީއެންސީގެ ސިޔާސަތުތަކާ ހިލާފުވެ، ގާނޫނާ ހިލާފު ބޮޑެތި ކުށްތަކަށް އަރައިގަންނަ މެންބަރުންނާ މެދު ފިޔަވަޅު އެޅުމުގެ ބާރު އެ ޕާޓީއަށް ލިބިފައިވުމާއެކު، އަހްމަދު ހުސައިންގެ މައްޗަށް ދައުވާ ކުރުމަށް ނިންމާފައިވަނީ މީގެ ކުރިންވެސް އެފަދަ މައްސަލަތަކުގައި އަމަލުކުރާ ގޮތަށް ބެލުމަށް ފަހުގަ އެވެ.

"ހަމައެއާއެކު އަހްމަދު ހުސައިންގެ މައްޗަށް ކުރެވިފައިވާ ތުހުމަތުގެ މައްސަލަ ބަލައި ގާނޫނުގައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅުން އަވަސް ކުރުމަށް ކަމާ ބެހޭ އެންމެހާ މުއައްސަސާތަކަށްވެސް ގޮވާލަމެވެ," ޕީއެންސީގެ ބަޔާނުގައިވެ އެވެ.

އަހްމަދު ހުސައިންގެ އިތުރުން، އެ މައްސަލާގައި އިތުރު މީހަކު ހައްޔަރުކޮށްފައިވީ ނަމަވެސް، އޭނާގެ ވަނަވަރެއް ފުލުހުން އާންމު ނުކުރެ އެވެ.

މަސްތުވާތަކެތީގެ މައްސަލައެއްގައި ޕީއެންސީގެ ކައުންސިލް މެންބަރެއް މީގެ ކުރިންވެސް ވަނީ ހައްޔަރު ކޮށްފަ އެވެ. އެ ޕާޓީއަށް ނިސްބަތްވާ ޝަހީބް އިބްރާހިމް މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފައިވާތީ ޕީއެންސީގެ ކައުންސިލް މެންބަރު ކަމުން އޭނާ ވެސް ވަނީ ސަސްޕެންޑްކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox