ގެއެއްގެ ތަޅުންގަނޑުގައި ވަޅުލާފައި ހުރި 50 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ފުލުހުން ހޯދައިފި

މަސްތުވާތަކެތި ވަޅުލާފައި ހުރި ތަޅުންގަނޑު ފުލުހުން ތަޅާލާފައި: މިތަނުން ފުލުހުން ވަނީ ކޯޓު އަމުރަކާއެކީ ރޭ ދަންވަރު -- ފޮޓޯ: ޕޮލިސް

މަސްތުވާތަކެތި ވަޅުލާފައި ހުރި ތަޅުންގަނޑު ފުލުހުން ތަޅާލާފައި: މިތަނުން ފުލުހުން ވަނީ ކޯޓު އަމުރަކާއެކީ ރޭ ދަންވަރު -- ފޮޓޯ: ޕޮލިސް

ވެރިރަށް މާލޭގެ މާފަންނުކޮޅުގައި ހުރި ގެއެއްގެ ތަޅުންގަނޑުގައި ވަޅުލާފައި ހުރި 50 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ފުލުހުން ހޯދައިފި އެވެ.

ފުލުހުންގެ ކުޑަކުދިންގެ މައްސަލަތައް ބަލާ ޔުނިޓުގެ ކުރިމަތީގައި ހުރި ދެ ބުރިއަށް ހަދާފައި ފަޅަށް ހުރި އެ ގެއަށް ކޯޓު އަމުރަކާއެކު ފުލުހުން ވަނީ ރޭ ދަންވަރު 3:00 ޖަހާކަންހާއިރެވެ. ފުލުހުންގެ ބެލުމުގެ ދަށުން ތަން ދޫކޮށްލީ ހެނދުނު 7:30 ކަންހާއިރެވެ.

އެ ގެ ހަދާފައި ހުރީ ވަރަށް އާދައިގެ ގޮތަކަށެވެ. ލަފާ ކުރެވޭ ގޮތުން މީހުން ދިރިނުއުޅޭތާ އަހަރުތަކެއްވެދާނެ އެވެ. ގޭގެ ބައެއް ފަރުނީޗަރާއި ކައްކާ ގެންގުޅޭ ސާމާނު ހުރި ނަމަވެސް އެތަކެތި ބޭނުންކޮށްފައި ހުރިހެން ހިއެއް ނުވެ އެވެ.

މަސްތުވާތަކެތި ހޯދި ގޭގެ ދެ ވަނަ ބުރި ހުރު ގޮތް: ފުލުހުން ވަނީ މުޅި އިމާރާތް ވަރަށް ރަނގަޅަށް ބަލައި ފާސްކޮށްފައި -- ފޮޓޯ: ހުސެއިން ފިޔާޒް މޫސާ

އެކަމާ ގުޅޭ މައުލޫމާތު ފުލުހުންގެ މީޑިއާ ޑިޕާޓްމަންޓުން އަދި ހާމައެއްނުކުރެ އެވެ. ނަމަވެސް މައުލޫމާތު އެނގޭ މީހަކު ނޫހުގައި ނަން ނުޖެހުމަށް ޝަރުތުކޮށް ބުނީ އެ ގެއިން ވަރަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނުނު ކަމަށާއި އެ ހުރިހާ އެއްޗެހީގެ ބަރުދަން 50 ކިލޯއަށްވުރެ އިތުރުވާނެ ކަމަށެވެ.

ފުލުހުން ވަނީ ވެއެެތުވެދިޔަ ތިން އަހަރުގެ ތެރޭގައި ވަރަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައި ޑްރަގް ނެޓްވޯކް ހިންގާ ބޮޑެތި ވަރަށް ގިނަ މީހުން ހައްޔަރުކޮށްފަ އެވެ. ނަމަވެސް އޭގެ ތެރެއިން ވަރަށް ގިނަ "ބޮޑުން" ވަނީ އެކި ސަބަބުތަކާހުރެ މިނިވަންވެފަ އެވެ.

ރާއްޖޭގައި މަސްތުވާތަކެތި ބޭނުން ކުރާ 7،496 މީހުން ދިރިއުޅޭ ކަމަށް މީގެ 2011 ވަނަ އަހަރު އދ. ގެ އޮފީހަކުން ކުރި ދިރާސާއަކުން ދައްކަ އެވެ. އޭގެ 10 އަހަރު ފަހުން މިހާރު އަދަދުތައް އިތުރުވެފައިވާނެ ކަމަށް ބެލެވުނު ނަމަވެސް އެކަމަށް ހަދާފައިވާ ފަހުގެ ދިރާސާއެއް ނެތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox