ވަގު ފޯމު ހުށަހަޅާ މައްސަލަ ހައްލުކުރަން އީސީން މަސައްކަތްކުރަނީ

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް؛ މެމްބަރުންނަށް ނޭނގި ޕާޓީ ބަދަލުވާ މައްސަލަ ދޭތެރެ ދޭތެރެއިން ފެންމަތިވާކަމަށް އީސީން ބުނޭ. ފޮޓޯ: އަދަދު ފައިލް

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް؛ މެމްބަރުންނަށް ނޭނގި ޕާޓީ ބަދަލުވާ މައްސަލަ ދޭތެރެ ދޭތެރެއިން ފެންމަތިވާކަމަށް އީސީން ބުނޭ. ފޮޓޯ: އަދަދު ފައިލް

ސިޔާސީ ޕާޓީތަކުގެ މެމްބަރުންނަށް ނޭނގި ޕާޓީ ބަދަލުވާ މައްސަލައަށް ހައްލެއް ގެނައުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މަސައްކަތްކުރަމުންދާ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

އީސީގެ ރައީސް ފުއާދު ތައުފީގް ވިދާޅުވީ ޕާޓީތަކުގައި ތިބޭ މެމްބަރުންނަށް ނޭނގި އެހެން ޕާޓީތަކަށް ވައްދާ މައްސަލަ ދޭތެރެދޭތެރެއިން ފެންމަތިވާތީ އެކަމަށް ހައްލެއް ގެނައުމަށް އީސީން މަޝްވަރާކުރަމުންދާ ކަމަށެވެ.

"އެގޮތުން މިހާރު، ޕާޓީ ބަދަލުކުރަން ފޯމު ހުށަހެޅީމަ ވެބްސައިޓުގަ އެ ބޭފުޅެއްގެ ނަން ވަކި މުއްދަތަކަށް ފެންނަން ހުރީމަ، އެ މުއްދަތުގެ ތެރޭގައި ޝަކުވާ ހުށަހަޅަން ފުރުސަތު ދެވޭނެ އެބޭފުޅުންނަށް. އޭރުން އެއްވެސް ޝަކުވާއެއް އޮތްނަމަ އެ ޝަކުވާއެއް ހުށަހެޅޭނެ. އެކަހަލަ ކަންކަމަށް އަދި މަޝްވަރާ ކުރަނީ. އެކަމަކު ގޮތެއް ނުނިންމަން،" ފުއާދު ވިދާޅުވި އެވެ.

ފުއާދު ވިދާޅުވީ މެމްބަރުންނަށް ނޭނގި ޕާޓީ ބަދަލުވާ މައްސަލައަކީ ހައްލެއް ގެނައުމަށް ދަތި މައްސަލައެއް ކަމަށެވެ. އެއީ އަސްލު ފޯމެއްތޯ ނުވަތަ ވަގު ފޯމެެއްކަން ކަށަވަރުކުރަން ދަތިތަކެއް ހުރުމުން ކަމަށް ފުއާދު ވިދާޅުވި އެވެ. ފުއާދު ވިދާޅުވީ ފޯމު ހުށަހެޅުމުން އީސީން ގުޅައިގެން ވެސް ޗެކްކުރާ ކަމަށެވެ.

"އެއީ ފިންގަޕްރިންޓް ޖަހާފަ ހުއްޓަސް ކަށަވަރު ކުރެވޭކަށް ނޯވޭ. ދެން ހުރެދާނެ އެ ފޯމުގަ އެހެން ވަގު ފޯނު ނަމްބަރެއް ވެސް. އަޅުގަނޑުމެން ގުޅާއިރަށް އެހެން މީހަކު ފޯނު ނަގާފަ ބުނެފާނެ، މިއީ އެ ފޯމުގަ ނަން ޖަހާފަ ހުރި މީހާއޭ. އެހެންވީމަ ވަރަށް އުނދަގޫ ސިސްޓަމެއް މި އިންނަނީ އަދި،" ފުއާދު ވިދާޅުވި އެވެ.

ފުއާދު މިހެން ވިދާޅުވިއިރު، މޯލްޑިވްސް ރިފޯމް މޫވްމެންޓު (އެމްއާރުއެމް) ގައި ތިބި 800 އެއްހާ މީހުން، އެމީހުންނަށް ނޭނގި އެހެން ޕާޓީއަކަށް ބަދަލުކުރިކަމަށް އެޕާޓީން ވަނީ އިއްޔެ ބުނެފަ އެވެ. އަދި އެއީ ކިހިނެތް ހިނގައިދިޔަކަމެއް އީސީއަށް ވެސް އެމްއާރުއެމްއަށް ވެސް ހޯދިފައެއް ނުވެ އެވެ.

titledesc

މިދިޔަ އަހަރު ހަތް ސިޔާސީ ޕާޓީއަކަށް ވަނުމަށް ޖުމްލަ 52،841 ފޯމް އިލެކްޝަނަށް ހުށަހެޅި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox