އަލްހާން ފަހުމީ ހިންގި ސްކީމް ފުލުހުން އެންމެފަހުން ތަހުގީގު ކުރަން ފަށައިފި

އަލްހާން ފަހުމީ އޭނާގެ ކުންފުނިން ހިންގި ސްކީމް، ނޫސްވެރިންގެ ކުރިމަތީގައި ދިފާއު ކުރައްވަނީ: ފުލުހުން ބުނީ އެ ސްކީމުގެ މައްސަލަ ސަމާލުކަމަށް ގެނައީ ކަމާބެހޭ އިދާރާތަކުން ކަމަށް -- ފޮޓޯ: އަހުމަދު ސައީދު/އަދަދު

އަލްހާން ފަހުމީ އޭނާގެ ކުންފުނިން ހިންގި ސްކީމް، ނޫސްވެރިންގެ ކުރިމަތީގައި ދިފާއު ކުރައްވަނީ: ފުލުހުން ބުނީ އެ ސްކީމުގެ މައްސަލަ ސަމާލުކަމަށް ގެނައީ ކަމާބެހޭ އިދާރާތަކުން ކަމަށް -- ފޮޓޯ: އަހުމަދު ސައީދު/އަދަދު

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ އަދި އޭނާގެ އާއިލާގެ ބައެއް މެންބަރުންގެ ހިއްސާ އޮންނަ ކުންފުންޏަކުން އާންމުންގެ އަތުން ފައިސާ ނަގައިގެން ހިންގަމުންދިޔަ ސްކީމުގައި، މަކަރުން ފައިސާ ހޯދާ ޕޮންޒީ ސްކީމާ ވައްތަރު ކަންކަން ހުރުމުން ތަހުގީގު ކުރަން ފަށާފައިވާ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.

ވަކި ކުންފުންޏެއްގެ ނަން ނުބުނެ، ކިންގްސް ކެޕިޓަލް ހޯލްޑިންގުން ހިންގި ސްކީމުގެ ވާހަކައަށް ނިސްބަތްކޮށް ފުލުހުން ނެރުނު ބަޔާނުގައި ބުނެފައި އޮތީ، އެކަން ކުރަމުންދިޔައީ "ގިނަ އަދަދެއްގެ ރައްޔިތުންގެ މާލީ މަސްލަހަތަށް ބުރޫއަރާ ގޮތަށް" ކަމަށް ކަމާބެހޭ އިދާރާތަކުން ބުނެފައިވާ ކަމަށެވެ.

"ދިވެހިރާއްޖޭގައި އަމިއްލަ ކުންފުންޏަކުން ގިނަ އަދަދެއްގެ ރައްޔިތުންގެ މާލީ މަސްލަހަތަށް ބުރޫއަރާ ގޮތަށް ޕޮންޒީ ސްކީމަކާ އެއްގޮތްވާގޮތަށް މުއާމަލާތުތަކެއް ހިންގަމުންދާ ކަމަށް ކަމާބެހޭ އިދާރާތަކުން ފުލުހުންގެ ސަމާލު ކަމަށް ގެނެސްފައިވޭ،" އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.

އަލްހާނުގެ ކުންފުނިން އާންމުންގެ އަތުން ނަގާފައި ވަނީ ކިހާ އަދަދެއްގެ ފައިސާކަން ބުނެފައެއް ނުވެ އެވެ. އެ ސްކީމް އިސްތިހާރު ކުރަމުންދިޔައީ އިންވެސްޓަރުންނަށް އާދަޔާ ހިލާފް ބޮޑެތި ރިޓާން ލިބޭނެ ކަމަށް ވައުދުވަމުންނެވެ. އެ މައްސަލައިގައި ކިންގްސް ފޮރެކްސްގެ ބޭންކް އެކައުންޓު ވެސް އޮތީ ފްރީޒްކޮށްފަ އެވެ.

ކިންގްސްގެ މައްސަ؛ލަ ތަހުގީގު ކުރަމުންދާ ކަމަށް ބުނުމުގެ އިތުރުން ފުލުހުންގެ ބަޔާނުގައި އާންމުންގެ ފަރާތުން އެދިފައި ވަނީ އިންވެސްޓު ކުރާއިރު ގާނޫނާ ހަމަތަކުގެ މަތިން ހަރަކާތްތެރިވާ ބަޔަކާއެކު ކުރިއަށް ދިޔުމަށެވެ.

"އާންމު ރައްޔިތުން ތަފާތު މިއުޗުއަލް ފަންޑާއި ސްކީމްތަކުގައި އިންވެސްޓުކުރުމުގައި މިބާވަތުގެ ކަންކަމާގުޅޭ ފަންނީ މައުލޫމާތާއި މާކެޓް ރިސްކުތަކަށް ފަރުވާތެރިވުމަށް ދަންނަވަން. އަދި ކަމާބެހޭ ގާނޫނީ އޮނިގަނޑުތަކާ އެއްގޮތަށް ރަޖިސްޓްރީކުރެވި ލައިސަންސް ނުވަތަ އެކަށީގެންވާ ހުއްދަ އޮންނަ އިތުބާރުކުރެވޭ ފަރާތްތަކުގައި ނޫނީ ފައިސާ އިންވެސްޓު ނުކުރުމަށް ވެސް ދަންނަވަން،" އެ ބަޔާނުގައިވެ އެވެ.

އޭނާގެ ކުންފުނިން މަކަރުވެރި އެއްވެސް ހަރަކާތެއް ނުކުރާ ކަމަށް އަލްހާން ފަހުމީ ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. އަދި ކުންފުނީގެ އެކައުންޓު ފްރީޒު ކުރި މައްސަލައިގައި ބޭންކް އޮފް މޯލްޑިވްސްގެ މައްޗަށް ދައުވާ ކުރާނެ ކަމަށް ވެސް އޮތީ ވިދާޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox