ރޭ އަތުލައިގަތީ ވައިގެމަގުން އެތެރެކުރި 17 ކިލޯގެ މަސްތުވާތަކެތި، 4 މީހުން ހައްޔަރަށް

ސޯސަން މަގުގައި ރޭ ކުރިއަށް ގެންދިޔަ ޑްރަގް އޮޕަރޭޝަންގައި ފޮށިތަކެއް ފުލުހުންގެ ފޮރެންސިކް ޓީމުން ބަލައި ފާސްކުރަނީ -- ފޮޓޯ: އަދަދު

ސޯސަން މަގުގައި ރޭ ކުރިއަށް ގެންދިޔަ ޑްރަގް އޮޕަރޭޝަންގައި ފޮށިތަކެއް ފުލުހުންގެ ފޮރެންސިކް ޓީމުން ބަލައި ފާސްކުރަނީ -- ފޮޓޯ: އަދަދު

ފުލުހުން ރޭ ހިންގި ބޮޑު އޮޕަރޭޝަނެއްގައި ސޯސަންމަގުން ދިޔަ ޕިކަޕެއް ހުއްޓުވައި އަތުލައިގަތް މަސްތުވާތަކެއްޗަކީ ވައިގެ މަގުން ރާއްޖެ އަށް އެތެރެކުރި ތަކެތި ކަމަށައި އޭގެ ބަރުދަނުގައި 17 ކިލޯ ހުރި ކަމަށް ފުލުހުން ބުނެފި އެވެ.

އެ އޮޕަރޭޝަންގައި މަސްތުވާތަކެތި އަތުލައިގެންފައި ވަނީ ސޯސަންމަގާއި ރަތްވިލާ މަގު ގުޅޭ ކަންމަތިންނެވެ. އެ ސަރަހައްދު ބަންދުކޮށް ރޭ 21:00 އިން ފެށިގެން ދަންވަން ދެން ފުލުހުން ހަރަކާތްތެރިވި އެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނީ އެ އޮޕަރޭޝަން ހިންގާފައި ވަނީ ވައިގެ މަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށްފައިވާ ކަމަށް ކަސްޓަމްސުން ދިން މައުލޫމާތަކާ ގުޅިގެން ކަމަށެވެ.

"އެ އޮޕަރޭޝަނުގައި 17 ކިލޯގެ މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައި،" ފުލުހުން ބުންޏެވެ.

އެ މައްސަލައާ ގުޅިގެން 27 އަހަރާއި 37 އަހަރާ ދެމެދުގެ ހަތަރު ފިރިހެނަކު ވަނީ ހައްޔަރުކޮށްފަ އެވެ. އެއީ ދިވެހި ދެ ފިރިހެނުންނާއި ބަންގްލަދޭޝްގެ ދެ ފިރިހެނުންނެވެ.

ރޭ އަތުލައިގަތް މަސްތުވާތަކެތި ހުރީ ގާތްގަނޑަކަށް 15 ކަރުދާސް ފޮށިގަނޑުގަ އެވެ. އެ ފޮށިތަކުގެ ތެރެއިން ގިނަ އަދަދެއްގެ ރަބަރު ޕެކެޓުގައި ބަންދުކޮށްފައި ހުރި ހުދު ކުލައިގެ ޕައުޑަރުތަކެއް ފެނުނު ކަމަށް އެ ސަރަހައްދުގައި އެވަގުތު ހުރި އަދަދުގެ ނޫސްވެރިޔާ މައުލޫމާތު ދިނެވެ.

އޭގެ އިތުރުން، ގޯނިތަކެއް އަތުލައިގެންފައިވާ ނަމަވެސް މި ތަކެތީގެ ތެރޭގައި ހިމެނެނީ މަސްތުވާތަކެތީގެ ކޮން ބާވަތެއް ކަމެއް ސާފުވެފައެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox