ފުލުހުން ގަސްދުގައި ގޯސްހަދާކަމަށް ރިޕޯޓު ނުކުރާކަމަށް އިމްރާން ވިދާޅުވުމުން ނަޝީދުގެ ނުރުހުން

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ. -ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ. -ފޮޓޯ: މަޖިލިސް

މަސްތުވާތަކެތީގެ މައްސަލަތަކުގައި ނިޒާމުގެ ތެރޭގައި ހުރި ލޫޕްހޯލްތައް ބޭނުންކޮށްގެން ގަސްދުގައި ގޯސް ހަދާ ފުލުހުންގެ މައްސަލައެއް ރިޕޯޓުކޮށްފައި ނެތް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވުމުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ނުރުހުން ފާޅުކުރައްވައިފި އެވެ.

ކޯޓުތަކުގައި މައްސަލަތައް ލަސްވާ މައްސަލައާ ގުޅޭ ގޮތުން ކަމާ ބެހޭ އިދާރާތަކުގެ ވެރިންނާއެކު ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން މިދިޔަ މަހުގެ ތެރޭގައި ބޭއްވި ބައްދަލުވުމުގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ވިދާޅުވީ، ގޯސް ހަދާ ފަރާތްތައް ފުލުހުންގެ އިދާރާ އާއި ތަހުގީގީ އެހެން އިދާރާތަކުގައި ވެސް އެބަތިބި ކަމަށެވެ.

އޭނާ ވިދާޅުވީ އެފަދަ ފަރާތްތަކުން ގޯސް ހަދަނީ ރޭވިގެން އިންތިޒާމްވެގެން ކުރާ ކަމެއްގެ ގޮތުގަ އެވެ.

ނަމަވެސް، ބަންޑާރަ ނައިބު ކުރެއްވި ތުހުމަތު އެކި ފަހަރު މަތިން ހޯމް މިނިސްޓަރު ވަނީ ދޮގުކުރައްވައި، ފުލުހުންގެ މުއައްސަސާ ދިފާއުކުރައްވައިފަ އެވެ.

ތ. އަތޮޅުގެ ދެ ރަށެއްގައި ޕޮލިސް ސްޓޭޝަން އެޅުމުގެ މަސައްކަތާ ގުޅޭ ގޮތުން އެ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަން މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހޯމް މިނިސްޓަރު ހާޒިރުވެވަޑައިގެންނެވިއިރު، އޭޖީގެ ތުހުމަތުތަކާ ގުޅޭ ސުވާލުތައް މިއަދު ވެސް އަމާޒުވި އެވެ.

މިގޮތުން، ރާއްޖެއަށް ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި އެތެރެކުރާ މީހުން، ތަހުގީގުގައި ހެދޭ ގޯސްތަކުން ދޫވާ މައްސަލައާ ގުޅުވައި ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން އިމްރާން ވިދާޅުވީ އެފަދަ މައްސަލަތަކުގައި ފުލުހުން ގަސްދުގައި ގޯސް ހެދި ކަމުގެ އެއްވެސް މައްސަލައެއް ހުށަހެޅިފައި ނުވާ ކަމަށެވެ.

އިމްރާން ވިދާޅުވި ގޮތުގައި ފުލުހުންގެ މަސައްކަތްތައް ހަރުދަނާކޮށް ޒިންމާކުރުވުމަށް ނިޒާމް މިހާރު ހަރުދަނާކުރެވިފައިވާ ކަމަށެވެ.

މިގޮތުން، ފުލުހަކާ މެދު ތުހުމަތެއް ނޫނީ މައްސަލައެއް ހުށަހެޅިއްޖެނަމަ، އެކަމެއް ތަހުގީގުކޮށް އެ ފުލުހަކާ މެދު ފިޔަވަޅު އަޅަމުންދާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"...އެހެންވީމާ އަޅުގަނޑަށް ދަންނަވާކަށް ނުކެރޭނެ ފުލުހުން ގަސްދުގައި ތަހުގީގުތައް ގަޑުބަޑުކުރެއޭ،" އިމްރާން ވިދާޅުވި އެވެ.

އިމްރާން ދެއްވި ޖަވާބާމެދު ހިތްހަމަނުޖެހުން ފާޅުކުރައްވައި، ރިޔާސަތުގައި އިންނެވި ނަޝީދު ވިދާޅުވީ ހުވާގެ މަތީގައި ހުންނަވައިގެން ބަންޑާރަ ނައިބު މަޖިލީހުގައި ފުލުހުންނާބެހޭ ގޮތުން އެފަދަ ވާހަކައެއް ވިދާޅުވުމަކީ "ހުރިހާ ތަނަކަށް" ރިޕޯޓު ކުރެވުނީ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"ދެން ސިޓީއަކުން ހުށަނާޅާކަމަށް ވިދާޅުވެ އެކަމާމެދު އަމަލު ނުކުރައްވާ ހުންނަވަންޖެހޭނެ ކަމަށް އަޅުގަނޑަކަށް ނުފެނޭ،" ނަޝީދު ވިދާޅުވި އެވެ.

އޭގެ ފަހުން ވެސް އެ މައްސަލާގައި އެހެން މެމްބަރުންގެ ސުވާލުތައް އަމާޒުވި ނަމަވެސް، އިމްރާން ވަނީ ފުލުހުން ދިފާއު ކުރައްވައިފަ އެވެ.

އެގޮތުން، ހާއްސަކޮށް މަސްތުވާތަކެތީގެ މައްސަލަތަކުގައި ފުލުހުންނަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވާ ކަމަށާއި، ނަމަވެސް އެ ގޮންޖެހުންތަކުގެ ތެރެއިން ވެސް ފުލުހުން މުހިންމު ކާމިޔާބީތަކެއް ހޯދިފައިވާކަމަށް އިމްރާން ތަކުރާރުކޮށް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ބަދަލު ދޭނީ މެންބަރުންނާއި ވެރިންގެ މުދަލުން: ފައްޔާޒު

ފައްޔާޒު ވަނީ މި މަޝްރޫއަށް މަގުފަހިކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނުއަސާސީއާ ހިލާފަށް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދާއިމީކޮށް މިލްކުވާ ގޮތަށް އޮތް ބިލެއް ކަމަށް ވިދާޅުވެފަ. އަދި މިނިވަން ކޯޓެއް އޮތް ނަމަ ވުޖޫދުކުރަން އުޅޭ ގާނޫނާއީ ބިލު ވެސް ބާތިލުކުރާނެ ކަމަށް އޭނާ ވިދާޅުވި.

ކްރެކް ނުކުރެވިގެން ޖުމާންގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޖުމާންގެ ފޯނު ހުޅުވަން އޭނާ އިންކާރުކުރުމުން، އެ ފޯނު ތަހުލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ސޯޝަލް މީޑިއާގައި ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދޭން ހިތްވަރުދިން ކަމުގެ ތުހުމަތު އޮތް ޖުމާން، ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އިތުރު 15 ދުވަސް ދީފަ.

މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ: ނަޝީދު

ނަޝީދު ވަނީ މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވަމުން ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކަމަށާއި، ނަމަވެސް މިހާރު ޔާމީނާއި ތަޖުރިބާކާރު ބޭފުޅުން އެއްކައިރިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރައްވާފަ.

ނުރައްކާވާ މިންވަރަށް އުތުރާއި މެދުރާއްޖެއަށް ދުންފުހުގެ އަސަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެއާއި ކުޅުދުއްފުއްޓަށް ދުންފުނީގެ އަސަރުކޮށް، ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުނީގެ އަސަރު ފޯރާނެ.

އީގަލް ހިލްސްއާއެކު ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ނެތް

މި މައުލޫމާތު ހޯދަން "އަދަދު" ނޫހުން އެދުމުން މިނިސްޓްރީން ޖަވާބު ދިނީ އެއީ އެ މިނިސްޓްރީން ބަލަހައްޓާ މައުލޫމާތު ނޫން ކަމަށާއި، މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި އަދި ސޮއިނުކުރާ ކަމަށް ބުނެ އެވެ.

ނޮވެމްބަރު 26، ގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ

ރަސްމާލެ މަޝްރޫޢުގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ގައި މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން އެމްޑީޕީން ވަނީ ނިންމާފައި. އެ ޕާޓީން ބުނާގޮތުގައި މި މަޝްރޫޢަކީ ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންތައްތަކެއް ހުރި މަޝްރޫއެއް.

މުއިއްޒު އަންނަ މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ

ރައީސް މުޙައްމަދު މުޢިއްޒު އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބަންގްލަދޭޝްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox