ކަނޑުމަތީގައި ފުލުހުން ހިނގި އޮޕަރޭޝަނެއްގައި 12 ކިލޯގެ މަސްތުވާތަކެއްޗާ އެކު އިންޑިއާ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެ ތަކެތި އަތުލައިގަތީ ޑްރަގް އެންފޯސްމެންޓާއި އިންޓެލިޖެންސް ގުޅިގެން ކަނޑުމަތީގައި ރޭ ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ކަމަށެވެ. މި މައްސަލާގައި ހައްޔަރުކުރީ 37 އަހަރުގެ އިންޑިއާ ފިރިހެނެއް ކަމަށެވެ.
ހައްޔަރުކުރި އެ މީހާ އަކީ މީގެ ކުރިން ވެސް މަސްތުވާތަކެތީގެ މައްސަލައެއްގައި ދެ ފަހަރެއްގެ މަތިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހެއް ކަމަށް ފުލުހުން ބުންޏެވެ.
ނަމަވެސް އޭނާ ދޫވީ ކިހިނެއް ކަމެއް ފުލުހުން ހާމައެެއް ނުކުރެ އެވެ.
އެ މައްސަލަ ތަހުގީގު ކުރަމުންދާއިރު އެ އޮޕަރޭޝަނާ ގުޅޭ އިތުރު މައުލޫމަތެއް ފުލުހުން ހާމައެއް ނުކުރެ އެވެ.














