އަނެއްކާވެސް ނީލަން ފިހާރަތައް ކައިރި ސާފުކޮށްފި

ނީލަން ފިހާރަތައް ހުންނަ ސަރަހައްދު މަގުމަތި ސިޓީ ކައުންސިލާއި ފުލުހުން ސާފުކޮށްފައި: ތަކެތި ބެހެއްޓުން މަނާކަން އަންގަން މަގުގެ ދެ ފަޅީގައި ހުރީ ފުލުހުން ހުރީ ކޯނު ޖަހާ ރީނދޫ ޓޭޕް ދަމާފައި. -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ނީލަން ފިހާރަތައް ހުންނަ ސަރަހައްދު މަގުމަތި ސިޓީ ކައުންސިލާއި ފުލުހުން ސާފުކޮށްފައި: ތަކެތި ބެހެއްޓުން މަނާކަން އަންގަން މަގުގެ ދެ ފަޅީގައި ހުރީ ފުލުހުން ހުރީ ކޯނު ޖަހާ ރީނދޫ ޓޭޕް ދަމާފައި. -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

އެކި ފަހަރު މަތިން އުޅެގެން ވެސް މަގުމަތީގައި ތަކެތި ބެހެއްޓުން ނުހުއްޓުވިގެން އުޅޭ ނީލަން ފިހާރަތަކާ ދިމާލަށް މަގުމަތީގައި ހުރި ތަކެތި ނަގާ، މާލޭ ސިޓީ ކައުންސިލުން އެ ސަރަހައްދު ސާފުކޮށްފި އެވެ.

ނީލަން ފިހާރަތައް ހުންނަ ފަޅު މަތީ މަގުގައި ތަކެތި ބެހެއްޓުމުގެ މައްސަލައަކީ، ކުރީގެ އެއް ނަމްބަރު ކުނި ކޮށި އެ ސަރަހައްދުގައި ހުރި ޒަމާނުއްސުރެން ހައްލު ނުވެގެން އުޅޭ މައްސަލައެކެވެ.

މީގެ ކުރިން ވެސް އެކި ފަހަރު މަތިން މި ސަރަހައްދު މަގުމަތީގައި ބަހައްޓާފައި ހުރި އެއްޗެހި ނަގާ ސާފުކުރި އެވެ. އެހެން ނަމަވެސް ސާފުކުރާ ދުވަސްވަރު މެނުވީ ނީލަން ފިހާރަތައް ހުންނަ މަގުގެ ދެ ފަޅީގައި ލަކުޑި ފަތިތަކާއި ފަރުނީޗަރާއި ފާޑުފާޑުގެ ސާމާނު އަބަދު ވެސް ހުރެ އެވެ.

އެންމެ ފަހުން މި ސަރަހައްދުގައި ހުރި ތަކެތި ނެގުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ކުރީ 2020 ގެ އޭޕްރީލު މަހެވެ.

އޭރު އެކަން ކުރީ މަގުމަތީގައި ބަހައްޓާފައި ހުރި މުދަލުގެ ސަބަބުން ޓްރެފިކަށް ދަތިވާތީ އާއި އާންމުންގެ ޝަކުވާ ލިބެމުންދާތީ ކަމަށް ބުނެ އެވެ. އަދި، އެ ސަރަހައްދުގައި ކުނި ބެހެއްޓުމަކީ މަނާ ކަމެއް ކަން ހަނދުމަކޮށްދިނެވެ.

ފަޅުމަތީ މަގުގައި ނީލަން ފިހާރަތައް ހުންނަ ސަރަހައްދު: ސާފުކުރާ ދުވަސްވަރު މެނުވީ އަބަދުވެސް މަގުގެ ދެ ފަޅީގައި މުދާ ބަހައްޓާފައި ހުރޭ. -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު
ފަޅުމަތީ މަގުގައި ނީލަން ފިހާރަތައް ހުންނަ ސަރަހައްދު: ސާފުކުރާ ދުވަސްވަރު މެނުވީ އަބަދުވެސް މަގުގެ ދެ ފަޅީގައި މުދާ ބަހައްޓާފައި ހުރޭ. -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ފަޅުމަތީ މަގުގައި ނީލަން ފިހާރަތައް ހުންނަ ސަރަހައްދު: ސާފުކުރާ ދުވަސްވަރު މެނުވީ އަބަދުވެސް މަގުގެ ދެ ފަޅީގައި މުދާ ބަހައްޓާފައި ހުރޭ. -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

އެކަމަކު މިފަހަރު ވެސް މަގުތައް މަތިން 67 ޓަނުގެ ކުނި ނެގި ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ. ފުލުހުންނާއި ގުޅިގެން ސިޓީ ކައުންސިލުން މި މަސައްކަތް ފެށީ މި މަހުގެ 10 ވަނަ ދުވަހުގެ ހަވީރު 6:00 ގެ ކުރިން ތަކެތި ނަގަން ފުރުސަތު ދިނުމަށް ފަހުގަ އެވެ.

މިފަހަރު ވެސް ސިޓީ ކައުންސިލުން ވަނީ މަގުމަތީގައި ކުނި ބެހެއްޓުމަކީ މަނާ ކަމެއް ކަމަށް އިލްތިމާސްކޮށްފަ އެވެ. އަދި ބުނީ މަގުމަތީގައި ބަހައްޓާފައި ހުންނަ ތަކެތި ނެގުމަށް ފަހު ކުނީގެ ގޮތުގައި ނައްތާލާނެ ކަމަށެވެ.

އެތަނުގައި ހުރި ގޮޅިތަކަކީ މާލޭ މުނިސިޕަލްޓީ ދުވަސްވަރު ނީލަން ފިހާރަ ހިންގަން 2002 ހިސާބުގައި ދޫކޮށްފައި ހުރި ގޮޅިތަކެކެވެ. މިތަން ހުސްކުރުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން 2017 ގައި ފެށި ކަމަށް ނޫސްތަކުން ރިޕޯޓުކޮށްފައި ވެ އެވެ. ނަމަވެސް، އެކަމެއް ނުކުރެ އެވެ.

އެ ސަރަހައްދަކީ މީގެ ކުރިން އެކި ފަހަރު މަތިން ނުރައްކާތެރި ހާދިސާތައް ވެސް ހިނގާފައިވާ ސަރަހައްދެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox