މިރުފަތު، ފީފާ އަށް ބުނެދިނީ ރާއްޖޭގެ އަންހެން ފުޓްބޯޅައިގެ ބަދަލުވަމުން އައި ހާލަތު

ގައުމީ ޓީމުގެ ޕްރެކްޓިހުގެ ތެރެއިން މިރުފަތު.-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް-- އަދަދު ގްރެފިކްސް: މުހައްމަދު އިސާމް ސާމިރު

ގައުމީ ޓީމުގެ ޕްރެކްޓިހުގެ ތެރެއިން މިރުފަތު.-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް-- އަދަދު ގްރެފިކްސް: މުހައްމަދު އިސާމް ސާމިރު

ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ ފީފާ އިން ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހާ ދިމާކޮށް، އެ ފެޑެރޭޝަންގެ ރަސްމީ ވެބްސައިޓްގައި، ހިއްސާކޮށްފައިވާ އެއް ލިޔުމަކީ ދާދި ފަހުން މާލޭގައި ރާއްޖޭގެ ގައުމީ އަންހެން ޓީމާއި ސައުދީ އަރަބިއްޔާގެ އަންހެން ޓީމު އަދި ސީޝެލްސްގެ ޓީމު ކުޅުނު މެޗުތަކަކަށެވެ. ފީފާގެ މީޑިއާ އަށް ތިން ޓީމުގެ ކުޅުންތެރިން/ކޯޗުން ދީފައިވާ އިންޓަވިއު އަށް ބަލާއިރު، ރާއްޖޭގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އަދި މިހާރު ކޯޗިން ސްޓާފަކަށް ހުރި މަރިޔަމް މިރުފަތު ވަނީ މުހިންމު ވާހަކަތަކެއް ހިއްސާކޮށްފަ އެވެ.

ގައުމީ ޓީމަށް 10 އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން ކުޅެ، ޓީމުގެ ކެޕްޓަންކަމާއި ވައިސް ކެޕްޓަންގެ ޒިންމާ އަދާކުރި މިރުފަތު، ރިޓަޔާކުރީ 2017 ވަނަ އަހަރު އެވެ. މި ވަގުތު ގައުމީ އަންހެން ޓީމުގައި އާ ޖީލެއް ބިނާކުރުމުގެ މަސައްކަތުގައި މިރްފަތާއި ގައުމީ އަންހެން ޓީމުގައި ގިނަ އަހަރުތަކެއް ހޭދަކޮށް، މޮޅު ކުޅުމެއް ދެއްކި ފަދުވާ ޒާހިރު އަންނަނީ ހަރަކާތްތެރިވަމުންނެވެ.

ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ކޯޗިން ސްޓާފު، މިރްފަތު ޓީމުގެ ފަރިތަކުރުމެއްގެ ތެރެއިން.-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް

މިރުފަތު، ފީފާ ވެބްސައިޓަށް ދިން އިންޓަވިއުގައި ފުރަތަމަ ބުނެފައިވަނީ 2003 ވަނަ އަހަރު ގައުމީ އަންހެން ޓީމެއް އެކުލަވާލައިގެން ރާއްޖެ ފުރަތަމަ މެޗުގައި މިޔަންމާ އަތުން 17-0 އިން ބަލިވި ހަނދާންތަކުގެ ވާހަކަ އެވެ. ފުރަތަމަ ފިޔަވަޅު އެޅުނީ އެންމެ ރަނގަޅަށް ނޫން ކަމުގައި ވިޔަސް ގިނަ އަހަރުތަކެއްގެ މަސައްކަތުން 2012 ވަނަ އަހަރު ރާއްޖޭން އަންހެން ފުޓްބޯޅައިގައި ފުރަތަމަ މޮޅު ހޯދި ކަމަށެވެ. އެއީ ކުވޭތާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗެއްގަ އެވެ.

"އެ މޮޅަށް ފަހު މުޖުތަމައުގެ ގިނަ މީހުން (އަންހެން ފުޓްބޯޅައާ މެދު) ދެކޭގޮތް މަޑުމަޑުން ބަދަލުވާން ފެށި،" މިރުފަތު ބުންޏެވެ.

"ފުރަތަމަ ވެސް އޮތީ ރަނގަޅު ޓީމެއް. އެކަމަކު، 2012 ވަނަ އަހަރު މެޗުތަކަަކުން އެއްވަރުވެފައި، މޮޅުވެފައި، ބައެއް މެޗުތަކުން ބަލިވި. އެކަމަކު، އެއީ އެންމެ ފުރަތަމަ 17-0 އިން ބަލިވި ކަހަލަ ގޮތަކަށް ނޫން،"

ރާއްޖޭގެ އަންހެން ފުޓްބޯޅައިގެ ސީނިއާ ކުޅުންތެރިންތަކެއް ކުޅުނީ މިދިޔަ 12 ވަރަކަށް އަހަރު ތެރޭގަ އެވެ. އެ ކުޅުންތެރިން ވަނީ ކުވޭތާއި ގަތަރު، އަފްގާނިސްތާން، ޔޫއޭއީ، ސްރީލަންކާ، އިންޑޮނީޝިއާ އަދި ބޫޓާން އަތުން އެކި މުބާރާތްތަކުގައި މޮޅުވެފަ އެވެ. ރާއްޖޭގެ އަންހެން ޓީމުގެ އެންމެ ބޮޑު އެއް ނަތީޖާ އަކީ 2016 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި އިންޑިއާގެ އަންހެން ޓީމާ ލަނޑެއް ނުޖެހި އެއްވަރުވުމެވެ.

ކާމިޔާބީ އަށް ބަލާއިރު އަންހެން ޓީމުން ވަނީ 2018 ވަނަ އަހަރު ސިންގަޕޫރުގައި ބޭއްވި ކުއަޑްރަންގިއުލާ މުބާރާތުގެ ތިން ވަނަ އާއި 2019 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގެ ލޯ މެޑަލް ހޯދައިފަ އެވެ. ގައުމީ އަންހެން ޓީމުން މިދިޔަ އަހަރުތަކުގައި މި ހޯދި ކާމިޔާބީތަކަކީ ލޯކަލް ފުޓްބޯޅައިގައި މާގިނަ މުބާރާތްތަކެއް ލިބިގެން ހާސިލްކުރެވުނު ކަމެއް ނޫނެވެ. އަބަދުވެސް ދިމާވެފައިވާ މައްސަލަ އަކީ ލޯކަލް މުބާރާތްތައް މަދުވުމުގެ ގޮންޖެހުމެވެ.

ގައުމީ އަންހެން ޓީމުގެ ޕްރެކްޓިހެއްގެ ތެރެއިން (ކ.ވ)، ފަދުވާ، މިރްފަތު، ޝިޔާނާ އަދި ކޯޗު ބާބާ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އަންހެން ފުޓްބޯޅަ ރަނގަޅުކުރަން އެފްއޭއެމުން މިހާރު މަސައްކަތްތަކެއް ކުރަމުން އަންނައިރު، އަންހެން އެކެޑަމީއެއްގެ މަސައްކަތް ވަނީ ފަށައިފަ އެވެ. އަހަަރުތަކެއްގެ މެދުކެނޑުމަށް ފަހު އަންހެން ފުޓްބޯޅަ އަށް ހާއްސަ މުބާރާތެއް މި އަހަރު ވަނީ ފަށައިފަ އެވެ. އެއީ އެފްއޭއެމްގެ އިންވިޓޭޝަން ކަޕެކެވެ. ހަތަރު ސަރަހައްދެއްގައި ކުޅޭ އެ މުބާރާތުގެ އެއް މުބާރާތް ޅ. ނައިފަރުގައި ވަނީ ނިމިފަ އެވެ.

މިރުފަތުގެ ނަޒަރުގައި އަންހެން އެކެޑަމީއެއް ފެށުމާއި މުބާރާތްތައް ގިނަ ކުރުން މުހިންމެވެ.

"މި ވަގުތަށް ބަލާއިރު އެފްއޭއެމްގެ އަންހެން ފުޓްބޯޅަ އެކެޑަމީގައި 100 އަށް ވުރެ ގިނަ ކުދިން އެބަތިބި. އެ އެކެޑަމީގެ ސެޓަޕަކީ އަންހެން ފުޓްބޯޅައިގެ މުސްތަގުބަލަށް މުހިންމު ކަމެއް. އެކަމަކު ގަބޫލުކުރަން ޖެހޭ އަދިވެސް އަންހެން ފުޓްބޯޅައިގެ ލީގެއް ނެތްކަން،" މިރުފަތު ބުންޏެވެ.

މިރުފަތާއި ފަދުވާ އަކީ ގައުމީ އަންހެން ޓީމުގެ ކޯޗު ސާބިއާގެ ޑޭވޯ ބާބާގެ އިސް އެހީތެރިންނެވެ. މިހާރު އޮތް ގައުމީ އަންހެން ޓީމުގައި ގިނަ ޒުވާން އާ ކުޅުންތެރިން ތިބިއިރު، އެ ކުޅުންތެރިންނަށް ރަނގަޅު ގޮތް ބުނެދީ ކުރިއެރުން ހޯދައިދޭން މިރުފަތާއި ފަދުވާ އަށް އިސް ރޯލެއް އަދާކުރެވޭނެ އެވެ.

އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރު، އަހުމަދު ޝަރީފް (ޑުންގާ)، މީގެ ކުރިން "އަދަދު" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ ރާއްޖޭގެ ފުޓްބޯޅަ ތާރީހުގައި އަބަދުވެސް ފަދުވާ އާއި މިރުފަތުގެ ނަން އޮންނާނެ ކަމަށާއި އެ ދެ ކުޅުންތެރިންގެ އެހީ ގައުމީ ޓީމަށް މުހިއްމުވާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox