އެފްއޭއެމް އަށް މި އަހަރަށް 48 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފި

Mar 8, 2026, 6:04 AM
އެފްއޭއެމް އިން ރޭ ބޭއްވި ކޮންގްރެސްގެ ތެރެއިން.--- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ

އެފްއޭއެމް އިން ރޭ ބޭއްވި ކޮންގްރެސްގެ ތެރެއިން.--- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ދެ އަހަރަށް ފަހު، ބޭއްވި ފުރަތަމަ އަހަރީ އާންމު ޖަލްސާގައި، މި އަހަރަށް ލަފާކޮށް، 48.3 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފި އެވެ.

އެފްއޭއެމާ މިދިޔަ އަހަރުގެ ޖުލައި 26 ގައި ހަވާލުވެވަޑައިގަތް، އެސޯސިއޭޝަންގެ ރައީސް، އަހުމަދު ތޯރިގު (ޓޮމް)ގެ ލީޑަޝިޕުން ބޭއްވި ފުރަތަމަ އަހަރީ އާންމު ޖަލްސާ ކުރިއަށްދިޔައީ ރޭ ހެންވޭރު މީރުމާގެ އިވެންޓް ހޯލުގަ އެވެ.

އެ ގޮތުން، މި އަހަރަށް ފާސްކުރި ބަޖެޓުގައި، އާމްދަނީގެ ގޮތުގައި ލިބޭ ފައިސާގެ ތެރެއިން، އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ފީފާ އިންނެވެ. ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ ފީފާއިން، އެފްއޭއެމަށް މި އަހަރު 32.7 މިލިއަން ރުފިޔާ އެފްއޭއެމަށް ދޭނެ ކަމަށް ބަޖެޓުގައި ހިމަނާފައިވެ އެވެ.

މީގެ އިތުރުން، ސްޕޮންސާޝިޕްގެ ގޮތުގައި 8.7 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ބަލާފައިވާއިރު، ސްޕޯޓްސް މިނިސްޓްރީން، 1.8 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ހިމަނައިފަ އެވެ. އޮޕަރޭޓިން އެކްޓިވިޓީސްގެ އާމްދަނީގެ ގޮތުގައި، 4.8 މިލިއަން ހިމަނާފައިވާއިރު، ޖަޕާން އެފްއޭ މެދުވެރިކޮށް، 308،400 ރުފިޔާ ލިބޭނެ ކަމަށް ވަނީ ހިމަނައިފަ އެވެ.

ބައިވެރިވި ހުރިހާ ކްލަބެއްގެ ތާއީދާ އެކު، ފާސްކުރި ބަޖެޓުގެ ޖުމްލަ ހަރަދަކީ 48.3 ރުފިޔާ އެވެ. އަދި، ބަޖެޓްގައި ހިމަނާފައިވާ އަދަދުތަކަށް ބަލާއިރު، ހަރަދުތައް ކުރުމަށް ފަހު، މި އަހަރަށް ފާސްކުރީ، 72,741ރ. އަރަނި ބަޖެޓެކެވެ.

ބަޖެޓުގެ އެކިއެކި ތަފްސީލުތަކަށް ބަލާއިރު، އެފްއޭއެމުން މި އަހަރަށް އެންމެ ބޮޑު ހޭދައެއް ކުރާނީ މުބާރާތްތަކާއި އެކި ހަރަކާތްތަކަށެވެ. އެ ގޮތުން، މުބާރާތްތަކަށް 27.2 މިލިއަން ރުފިޔާ ހިމަނާފައިވާއިރު، އޭގެތެރެއިން، ދިވެހި ޕްރިމިއާ ލީގަށް 6.7 މިލިއަން ރުފިޔާގެ ހަރަދެއް ހިނގާނެ ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.

މީގެ އިތުރުުން، ގައުމީ ޓީމުތަކުގެ ހަރަދުތަކަށް 6.3 މިލިއަން ރުފިޔާ ހިނގާނެ ކަމަށް ކަނޑައަޅާފައިވާއިރު، އިދާރީ ހިންގުމާއި މުވައްޒަފުންގެ މުސާރަ އަށް 10 މިލިއަން ރުފިޔާ އަދި، އަންހެން ފުޓްބޯޅަ ކުރިއެރުވުމަށް އަންހެން ލީގަށް 1.5 މިލިއަން ރުފިޔާ ހަރަދު ކުރުމަށް ވެސް ވަނީ ރާވާފައިވެ އެވެ.

އެފްއޭއެމް އިން މި އަހަރު މުޅިން އަަލަށް ފަށަން ނިންމާފައިވާ ފުޓްސަލް މުބާރާތްތަަކަށް ވެސް ވަނީ ބަޖެޓް ކަނޑައަޅައިފަ އެވެ. އެ ގޮތުން، ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް އަށް 1.8 މިލިއަން ރުފިޔާ އާއި ފުޓްސަލް ލީގަށް 324،500 ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ.

ރޭގެ ކޮންގްރެސްގެ އެޖެންޑާގައި ބަޖެޓް ފާސްކުރުމުގެ އިތުރުން، 2025 ވަނަ އަހަރުގެ ހަރަކާތްތަކުގެ ރިޕޯޓާއި، މިދިޔަ އަހަރުގ އޮޑިޓްގެ އިތުރުން މާލީ ބަޔާންތައް ވެސް ވަނީ ފާސްކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

ވިކްޓަރީ އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ވިކްޓަރީން ލީގު ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފި. މި މެޗުގައި ވިކްޓަރީން ފުރަތަމަ ލީޑު ނެގި ނަމަވެސް، މާޒިޔާ އިން ފަހަތުން އަރައި ނަތީޖާ އަނބުރާލާފައި ވަނިކޮށް ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި ޕޮއިންޓެއް ކަށަވަރުކޮށްފައި

ދިއްދޫ އަތްދަށުން ނިއު ރޭޑިއަންޓް ބަަލިނުވެ ސަލާމަތްވީ ކިރިޔާ

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ދިއްދޫން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ނިއު އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި، ދިއްދޫން މި މެޗުގެ 13 މިނިޓް ތެރޭ ދެ ލަނޑު ޖެހި.

ރަފީނިއާ އަށް ބާސެލޯނާގެ ދެ މެޗު ގެއްލޭނެ

ބްރެޒިލް ގައުމީ ޓީމަށް ކުޅެނިކޮށް ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ބާސެލޯނާގެ ފޯވާޑް ރަފީނިއާ އަށް އެ ކްލަބުން ދެން ކުޅޭ ދެ މެޗު ގެއްލޭނެއެވެ. ކޯޗު ހަންސީ ފްލިކް ބުނީ އަނިޔާ ސީރިއަސް ނޫނަސް، އޭނާ ބޭނުންކުރާނީ އެއްކޮށް ފިޓްވުމުން ކަމަށެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ މިހާތަނަށް 8 މެޗުން 14 ލަނޑު ޖަހައިފައެވެ.

ތުރުކީ ކޯޗުކަމުން މޮންޓެލާ ވަކިކޮށްފި

އެންމެ ފަހުން، ކުޅުނު ހަތަރު މެޗުން ބަލިވުމާ ގުޅިގެން، ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އިޓަލީގެ ވިންޗެންޒޯ މޮންޓެލާ ވަކިކޮށްފި. މޮންޓެލާ ވަނީ 24 އަހަރަށް ފަހު ތުރުކީ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީ، އެ ޓީމަށް 40 މެޗުގައި އިރުޝާދުދީފައި. އޭނާ މަގާމުން ވަކިކުރިއިރު، ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޮތް

Newsletter

Get the latest news delivered straight to your inbox