ފަދުވާ އާއި މިރުފަތުގެ ބައިވެރިވުމާ އެކު ގައުމީ އަންހެން ޓީމުގެ ކޯޗިން ޓީމު އަންހެނުންނަށް ހާއްސަކުރަނީ

އޭދަފުށްޓާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން މިރުފަތު (ކ.2) އާއި ފަދުވާ (ވ.2) ޓީމުގެ ކުޅުންތެރިންނަށް ކިޔައިދެނީ.-- ފޮޓޯ: ރަޔާން ފޮޓޯ

އޭދަފުށްޓާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން މިރުފަތު (ކ.2) އާއި ފަދުވާ (ވ.2) ޓީމުގެ ކުޅުންތެރިންނަށް ކިޔައިދެނީ.-- ފޮޓޯ: ރަޔާން ފޮޓޯ

ގައުމީ އަންހެން ޓީމުގެ ކުރީގެ ދެ ކެޕްޓަނުން ކަމަށްވާ ފަދުވާ ޒާހިރާއި މަރިޔަމް މިރުފަތު ހިމެނޭ ގޮތަށް ގައުމީ އަންހެން ޓީމުގެ ކޯޗިން ޓީމު (އޮފިޝަލުން)ގެ ޖާގަތައް ވެސް އަންހެނުންނަށް ހާއްސަކުރަން ނިންމާފައިވާ ކަމަށް އެފްއޭއެމުން ބުނެފި އެވެ.

ދިހަ އަހަރަށް ވުރެ ގިނަ ދުވަހު ގައުމީ ޓީމަށް ކުޅެފައިވާ ފަދުވާ އާއި މިރުފަތުގެ ކެޕްޓަންކަމުގެ ދަށުން ގައުމީ ޓީމުން ކުޅުނު މުބާރާތްތަކާއި މެޗުތަކުގައި ވަނީ ގިނަ ކުރިއެރުންތަކެއް ހޯދައިފަ އެވެ. މި ދެ ކުޅުންތެރިންނަކީ ގައުމީ އަންހެން ޓީމުގެ ދެ ލެޖެންޑުންނެވެ.

އަންހެން ފުޓްބޯޅަ ޓީމުން 11 އަހަރަށް ފަހު އޭއެފްސީ ވިމެންސް އޭޝިއަން ކަޕް ކޮލިފައިންގައި ކުޅެން ތައްޔާރުވުމުގެ ގޮތުން މިހާރު ޕްރެކްޓިސްތައް ކުރަމުން އަންނައިރު، މި ދެ ކުޅުންތެރިން އަންނަނީ ޓީމަށް އެހީތެރިވުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ދާދި ފަހުން ގައުމީ އަންހެން ޓީމުން ބ.އޭދަފުށިން ހޮވާލެވުނު އަންހެން ޓީމު އަތުން 3-0 އިން މޮޅުވި މެޗުގައި ވެސް ޓީމު ރޭވުމުގައި ލީޑުކުރީ ފަދުވާ އާއި މިރުފަތު އެވެ.

ގައުމީ އަންހެން ޓީމުގައި މި ވަގުތު ހެޑް ކޯޗެއް ރަސްމީކޮށް ނެތްއިރު، ޓީމުގެ ޒިންމާއާ ހަވާލުވެ ހުރީ އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރު އަހުމަދު ޝަރީފް (ޑުންގާ) އެވެ.

"އަދަދު" އަށް ދެއްވި އިންޓަވިއުއެއްގައި ޑުންގާ ވިދާޅުވީ ފަދުވާ އާއި މިރުފަތުގެ އެހީތެރިކަން މި ވަގުތު ގައުމީ ޓީމަށް ލިބުމަކީ ކޮންމެ ގޮތެއް ވިޔަސް ޓީމަށް ލިބޭނެ ވަރަށް ބޮޑު ހިތްވަރަކަށް ވާނެ ކަމަށެވެ.

"އެއީ ގައުމީ ޓީމުގެ ކުރީގެ ދެ ކެޕްޓަނުން. އެންމެ ފުރަތަމަ ދުވަހުން ފެށިގެން ކަހަލަ ގޮތަކަށް އަންހެން ފުޓްބޯޅަ ޓީމުގައި މި ދެ ކުޅުންތެރިން ކުޅެމުން އައި. އެހެންވީމަ އެ ކުޅުންތެރިންނަށް ވަރަށް ބޮޑު އެހީތެރިކަމެއް ވެވޭނެ މި ޓީމަށް. ވަރަށް ހިތްހަމަޖެހޭ ކޯޗިންގައި ވެސް މި ދެ ކުޅުންތެރިން ގައުމީ ޓީމަށް އެހީވާން ތައްޔާރަށް ތިބީމަ،" ޑުންގާ ވިދާޅުވި އެވެ.

ރާއްޖޭގެ ފުޓްބޯޅަ ތާރީހުގައި އަބަދުވެސް އެ ދެ ކުޅުންތެރިން (ފަދުވާ އާއި މިރުފަތު)ގެ ނަން އޮންނާނެ. އެ ދެ ކުޅުންތެރިންގެ އެހީ ގައުމީ ޓީމަށް މުހިއްމުވާނެ - ޑުންގާ

ޑުންގާ ވިދާޅުވީ ގައުމީ އަންހެން ޓީމަށް ބިދޭސީ ކޯޗެއް ހަމަޖައްސަން ބަލާއިރު، ރަނގަޅު ކޯޗުންތަކެއްގެ ސީވީތަކެއް ލިބިފައިވާ ކަމަށާއި ޓީމާ ހަވާލުވާނެ ކޯޗެއް ނިންމާނީ ވަރަށް ރަނގަޅަށް ޓެކްނިކަލީ ބަލަން ޖެހޭ ކަންކަން ދިރާސާ ކުރުމަށް ފަހު ކަމަށެވެ.

އޭދަފުށީ މެޗުގެ ތެރެއިން ފަދުވާ ޓީމުގެ ވޯމްއަޕްގައި ހަރަކާތްތެރިވަނީ.-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް

ފާއިތުވި އަށް ވަރަކަށް އަހަރަށް ބަލާއިރު ގައުމީ އަންހެން ޓީމުގައި ގިނަ ކޯޗުންތަކެއް ވަނީ މަސައްކަތް ކޮށްފަ އެވެ. އެ ގޮތުން ޖަޕާނުގެ އަންހެން ކޯޗު ނައޯކޯ ކަވަމޯޓޯ އާއި ދިވެހި ކޯޗުން ކަމަށްވާ މުހައްމަދު އާތިފް (އާތީ) އާއި އިބްރާހީމް ހަލީމް (ޖަޑާ) އަދި އަހުމަދު ނާޝިދު (ނާދު) ވަނީ އަންހެން ޓީމުގައި ޖުމްލަކޮށް ބަލާއިރު ރަނގަޅު ބަދަލުތަކެއް އަންހެން ގައުމީ ޓީމަށް ގެެނެސްފަ އެވެ.

އެފްއޭއެމުން މިހާރު ގެންގުޅޭ ތަސައްވުރަކީ ގައުމީ ޓީމުގެ އޮފިޝަލުން އަންހެނުންނަށް ހާއްސަކުރުން ކަމަށް ޑުންގާ ވަނީ ފާހަގަކުރައްވައިފަ އެވެ.

"2022 ތެރޭގައި ނޫނީ ވަރަށް ކައިރި މުސްތަގުބަލެއްގައި އަޅުގަނޑުމެން މަސައްކަތް މި ކުރަނީ ގައުމީ (އަންހެން) ޓީމުގެ ކޯޗިންގެ އެކި ޑިޕާޓްމަންޓްތަކުގައި ވެސް ހަރަކާތްތެރިވާނީ އަންހެން ކޯޗުން އޮފިޝަލުންގެ ގޮތުގައި ކަނޑައަޅަން. ރަނގަޅު ލެވަލަކަށް ކޯޗިންގައި ވެސް އަންހެނުން ޕްރޮމޯޓްކުރުން މީގެ ބޭނުމަކީ. އެކަން އަޅުގަނޑުމެންނަށް ކުރެވޭނެ،" ޑުންގާ ވިދާޅުވި އެވެ.

މީގެ ކުރިން ގައުމީ އަންހެން ޓީމުގެ ކޯޗިން ޓީމުގެ އެކި މަގާމުތައް ފުރާފައިވަނީ ފިރިހެން ކޯޗުންނެވެ. އޭގެ ތެރޭގައި ހެޑް ކޯޗުގެ މަގާމުގެ އިތުރުން އެސިސްޓަންޓް ކޯޗުގެ މަގާމާއި ގޯލްކީޕަރު ކޯޗުގެ މަގާމު ހިމެނެ އެވެ.

ފޯކަސް އަކީ ޓީމެއް ބިނާކުރުން، ނަތީޖާ ނެރުން ވެސް މުހިއްމު

އަންނަ އަހަރު އިންޑިއާގައި ބާއްވާ އޭޝިއަން ވިމެންސް ޗެމްޕިއަންޝިޕްގެ ކޮލިފައިން މެޗުތަކުގައި ރާއްޖެ ވާދަކުރަން ޖެހުނީ ކޮލިފައިން ގްރޫޕް ބީގަ އެވެ. އަންނަ މަހު އެ ކޮލިފައިން ގްރޫޕްގެ މެޗުތައް ކުޅޭނީ ތަޖިކިސްތާނުގަ އެވެ. އެ ގްރޫޕްގައި ރާއްޖެ އާއި ތަޖިކިސްތާނުުގެ އިތުރުން ދެން އޮތީ ވިއެޓްނާމް އާއި އަފްގާނިސްތާން އެވެ.

ޑުންގާ ބުނީ ކޮންމެ ގޮތެއް ވިޔަސް އެ މެޗުތަކަކީ ރާއްޖެ އަށް ނަތީޖާ ނެރެން ބަލާއިރު، އުނދަގޫވާނެ މެޗުތަކެއް ކަމަށެވެ. އަންހެން ޓީމުގައި މިހާރު އަރަމުން އަންނަ ކުޅުންތެރިންނަށް މި މެޗުތަކުގެ އެހީގައި މުސްތަގުބަލަށް ގިނަ ކަންކަން ދަސްކުރެވޭނެ ކަމަށް ޑުންގާ ގަބޫލުކުރެ އެވެ. އަދި ކަންކަން ދަސްކުރުމެކޭ އެއްވަރަށް ނަތީޖާ ނެރުމަކީ ވެސް ބޭނުންވާ ކަމެއް ކަމަށާއި އެކަމަކު މި ވަގުތުގެ ހާލަތަށް ވިސްނުން ވެސް މުހިއްމު ކަމަށް ޑުންގާ ވިދާޅުވި އެވެ.

"އަހަރެމެންގެ އަންހެން ޓީމު އެންމެ ފަހުން 2019 ވަނަ އަހަރު ސައުތު އޭޝިއަން ގޭމްސްގައި ވާދަކުރިއިރާ އަޅާކިޔާއިރު މިހާރު މި އޮތް ޓީމު މި އޮތީ ވަރަށް ބޮޑަށް ބަދަލުވެފައި. ވަރަށް ގިނަ ޒުވާން ކުޅުންތެރިންނާ އެކު މި ޓީމު ކުރިއަރުވަން މި މަސައްކަތް ކުރަނީ،" ޑުންގާ ވިދާޅުވި އެވެ.

"އެހެންވީމަ މި ފަހަރު މި ކުޅޭ ކޮލިފައިން މެޗުތަކަކީ ހަގީގަތުުގައި ތަޖުރިބާ ދީގެން ޓީމެއް އެކުލަވާލަން ކުރެވޭ މަސައްކަތެއް. މީގެ މާނަ އަކީ ނަތީޖާ މުހިއްމެއް ނޫނޭ އެއް ނޫން. ނަތީޖާ ވެސް ނެރެން މަސައްކަތް ކުރާނީ. އެކަމަކު މި ވަގުތުގެ ހާލަތަށް ބަލައި ޓާގެޓްތަކެއް ކަނޑައެޅުން ވެސް މުހިއްމު،"

ކޮލިފައިން މެޗުތަކަށް ތަޖިކިސްތާނަށް ދިއުމުގެ ކުރިން ގައުމީ އަންހެން ޓީމު ޓްރެއިނިން ކޭމްޕަކަށް ޔޫއޭއީ އަށް ދާނެ އެވެ.

މިހާރު ހަމަޖެހިފައި އޮތް ގޮތުން ޔޫއޭއީގައި ދެ މެޗެއް ކުޅޭނެ އެވެ. ފުރުސަތު އޮވެއްޖެނަމަ ގައުމީ ޓީމުން މެޗުތަކަށް ތަޖިކިސްތާނަށް ދާނީ ޔޫއޭއީ މަގުންނެވެ. އެކަމަކު، ހާލަތު ބަދަލުވާ ގޮތުން މާލެ އައިސްފައި ކޮލިފައިން މެޗުތަކަށް ދާން ޖެހުމަކީ ވެސް ވުން އެކަށީގެންވާ ގޮތެކެވެ.

ރާއްޖޭން ވަނީ މީގެ ކުރިން 2006 އާއި 2010 ވަނަ އަހަރު ވިމެންސް އޭޝިއަން ކަޕް ކޮލިފައިންގައި ކުޅެފަ އެވެ. ރާއްޖޭން އެންމެ ފަހުން 2014 އާއި 2018 ވަނަ އަހަރުގެ މުބާރާތުގެ ކޮލިފައިން ބުރުގައި ކުޅެފައެއް ނުވެ އެވެ. ދެން ރާއްޖޭން ނުކުޅެނީ 2008 ވަނަ އަހަރުގެ ކޮލިފައިންގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޫޓާން އަތުން ބަންގްލަދޭޝަށް އުނދަގޫ މޮޅެއް

ސާފް ޗެމްޕިއަންޝިޕްގައި ބޫޓާން އަތުން 1-0 އިން މޮޅުވެ، މުބާރާތް ބާއްވާ ގައުމު ކަމަށްވާ ބަންގްލަދޭޝް އިން ސެމީ ފައިނަލުގެ ފުރުސަތު ބޮޑުކޮށްފިއެވެ. ގިނަ ފުރުސަތުތަކެއް ބޭކާރުވި މި މެޗުގައި ބަންގްލަދޭޝްގެ މުހިންމު ބައެއް ކުޅުންތެރިން ނެތް ނަމަވެސް، އެ ޓީމުން ވަނީ ބޫޓާންގެ ވަރުގަދަ ޑިފެންސާއި ކީޕަރުގެ ހުރަސްތަކުން ސަލާމަތްވެ އުނދަގޫ މޮޅެއް ހޯދާފައެވެ.

ޕާކިސްތާނުން ފަހު ވަގުތު ލަނޑުތައް ޖެހިޔަސް އިންޑިއާ އަށް މޮޅެއް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި 3-2 އިން ޕާކިސްތާން ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި. މި މޮޅާއެކު އިންޑިއާއަށް ސެމީ ފައިނަލުގެ ފުރުސަތު ބޮޑުވެފައިވާއިރު، މި ގްރޫޕްގައި ދެން ހިމެނޭ ރާއްޖެއާ ދެކޮޅަށް ޕާކިސްތާން ކުރިއަށް އޮތް މެޗުގައި ނުކުންނާނެ.

ރޮނާލްޑޯ، ޕޯޗުގަލް ގައުމީ ޓީމުން ރިޓަޔާކޮށްފި

ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ސޯޝަލް މީޑިއާ މެދުވެރިކޮށް ވަނީ އިއުލާނުކޮށްފައި އުމުރުން 41 އަހަރުގައި އޭނާ މި ނިންމުން ނިންމާފައިވަނީ ވީޑިއޯ މެސެޖެއް މެދުވެރިކޮށް

ސަރަހައްދުގެ ހުރިހާ ގައުމެއް ހަމަނުވެ ޖެހިޖެހިގެން ތިން ވަނަ ސާފް

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ ފީފާގެ ސަސްޕެންޝަނާ ހުރެ ނޭޕާލް ނުލައި، ސަރަހައްދުގެ ގައުމެއް މަދުކޮށް ބާއްވާ ޖެހިޖެހިގެން ތިންވަނަ މުބާރާތް. އެންމެ ފަހުން ހަތް ގައުމު ހަމަވެގެން މުބާރާތެއް ބާއްވާފައިވަނީ 2018 ވަނަ އަހަރު ކަމަށްވާއިރު، އޭގެ ފަހުން ބޭއްވި ކޮންމެ މުބާރާތަކުން ވެސް ސަސްޕެންޝަންގެ ސަބަބުން ކޮންމެވެސް ގައުމެއް ވަނީ ބާކީވެފައި

ކިމީ އެންޓޮނެލީ: ފޯމިއުލާ ވަންގެ އެންމެ ޒުވާން ޗެމްޕިއަން

އުމުރުން 20 އަހަރުގައި ފޯމިއުލާ ވަންގެ ޗެމްޕިއަންކަން ހޯދައި، ސެބެސްޓިއަން ވެޓެލްގެ ރެކޯޑު މުގުރާލުމަށްފަހު އިޓަލީގެ ކިމީ އެންޓޮނެލީ ތާރީހުން ޖާގަ ހޯދައިފިއެވެ. މާސިޑީސް ޓީމަށް ދުއްވާ އެންޓޮނެލީ މި ޝަރަފު ކަށަވަރުކުރީ މި ސީޒަނުގައި ނުވަ ރޭސް ކާމިޔާބުކޮށް، މެކްސިކޯ ގްރޯންޕްރީގެ ތިންވަނަ ހޯދައިގެންނެވެ. މިއީ 1953 ވަނަ އަހަރަށްފަހު އިޓަލީގެ ޑްރައިވަރަކު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ.

ރާއްޖޭން ލީޑުނެގި މެޗުގައި ކޮރެއާ އަށް މޮޅެއް

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި، މުހައްމަދު ސާދު ނިޒާރުގެ ލަނޑުން ފުރަތަމަ ލީޑުނެގި ނަމަވެސް، 5-1 އިން ދެކުނު ކޮރެއާ އަތުން ރާއްޖެ ބަލިވެއްޖެ. މި މެޗުގައި ކޮރެއާގެ ޝިން ހާ ތިން ލަނޑު ޖެހިއިރު، ރާއްޖޭން ދެން ކުޅޭ މެޗުގައި ބައްދަލުކުރާނީ ހޮންގް ކޮންގްއާ.

ކޯމޯ އަށް ރެކޯޑް މޮޅެއް، ރެއާލުން ކާމިޔާބު ހޯދީ ފަހު ވަގުތު

ޗެމްޕިއަންސް ލީގުގައި ލޯންސް އަތުން 9-1 އިން މޮޅުވެ ކޯމޯ އިން ތާރީޚީ ރެކޯޑްތަކެއް ހެދިއިރު، ރެއާލް މެޑްރިޑުން އޭއީކޭ އެތަންސް ބަލިކުރީ ފަހު ވަގުތު ޖެހި ލަނޑުން 3-2 އިންނެވެ. މި މޮޅާއެކު ރެއާލް މެޑްރިޑާއި ޕީއެސްޖީ ވަނީ ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓާފައެވެ.

Newsletter

Get the latest news delivered straight to your inbox