ޕެޓް ފުޅި ރީސައިކަލް ކުރަން ރާއްޖެއަށް ފުރުސަތެއް

ޕެޓް ރިސައިކަލްކުރާ އީކޯ ސްޕިންޑަލްސް އިން ރިސައިކަލް ކުރުމުގެ މަސައްކަތް ކުރަނީ--

ޕެޓް ރިސައިކަލްކުރާ އީކޯ ސްޕިންޑަލްސް އިން ރިސައިކަލް ކުރުމުގެ މަސައްކަތް ކުރަނީ--

ސްރީ ލަންކާގައި އެންމެ ފުޅާ ދާއިރާއެއްގައި ޕެޓް ފުޅި ރީސައިކަލް ކުރާ ކުންފުނި، އީކޯ ސްޕިންޑަލްސް ލިމިޓެޑުން ރާއްޖެ ހިމެނޭ ގޮތަށް މި ސަރަހައްދުގެ އެހެން މާކެޓްތަކަށް ރީސައިކަލް ކުރުމުގެ އޮޕަރޭޝަން ފުޅާކުރަން ޝައުގުވެރިކަން ފާޅުކޮށްފި އެވެ.

އީކޯ ސްޕިންޑަލްސް ލިމިޓެޑަކީ ބީޕީޕީއެލް ހޯލްޑިންސް ޕީއެލްސީގެ ފުރިހަމަ ހިއްސާ އޮންނަ ސަބްސިޑިއަރީ ކުންފުންޏެކެވެ. މިދިޔަ އަހަރުގެ ގްލޯބަލް ރިސައިކްލިން ފައުންޑޭޝަންސްގެ ޓޮޕް 10 ރިސައިކްލިން ހީރޯސްގެ ތެރޭގައި އީކޯ ސްޕިންޑަލްސް ލިމިޓެޑް ހިމެނެ އެވެ.

އެ ކުންފުންޏަކީ ސްރީ ލަންކާ އާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޕެޓް ޕްލާސްޓިކް ފުޅިން އުފެދޭ ކުނި އެއްކޮށް ރީސައިކަލްކުރުމުގައި ފާހަގަކޮށްލެވޭ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފިހިގަނޑު ފަދަ ތަކެތި އުފައްދާ ފަރާތްތަކަށް ބޭނުންވާ މޮނޮފިލަމެންޓް އަދި އަންނައުނު އުފައްދާ ދުނިޔޭގެ ބޮޑެތި ކުންފުނިތަކަށް ބޭނުންވާ ޕޮލިސްޓާ ޔާން ފަދަ ވެލިއު އެޑެޑް ޕްރޮޑަކްޓްތައް އުފެއްދުމުގައި މުހިންމު ދައުރެއް އަދާކުރާ ކުންފުންޏެކެވެ.

ޕޮލިއެތެލީން ޓެރެފްތަލޭޓް ނުވަތަ ޕެޓް ޕްލާސްޓިކަކީ އާންމުކޮށް ބުއިމަށް ބޭނުންކުރާ ފުޅި، ފޭރާން، ކާބޯތަކެތި ކޮންޓެއިނަރު ފަދަ ތަކެތި ހެދުމަށް ބޭނުންކުރާ އަދި ދުނިޔޭގައި އެންމެ ގިނައިން ރީސައިކަލް ކުރެވޭ ޕްލާސްޓިކްގެ ތެރޭގައި ހިމެނޭ އެއްޗެކެވެ.

ލަންކާގައި އީކޯ ސްޕިންޑްލްސް އިން ހިންގާ ތިން ފެކްޓަރީ އަކީ ދުނިޔޭގެ ފެންވަރުގެ އަދި ގިނަ އަދަދެއްގެ ޕެޓް ފުޅި އެއްފަހަރާ ރީސައިކަލް ކުރުމުގެ ގާބިލްކަން ލިބިފައިވާ ތިން ފެކްޓަރީ އެވެ. އޭގެ ތެރޭގައި، ޕެޓް ފުޅި ކުދިކުދި ކޮށް އޭގެން ސީދާ ރޮނދި އުފެއްދުމުގެ ގާބިލްކަން ލިބިފައިވާ މުޅި ދުނިޔޭގެ ވެސް ދެ ޕްލާންޓްގެ ތެރެއިން އެއް ޕްލާންޓް ހިމެނެ އެވެ.

އީކޯ ސްޕިންޑަލްސް ލިމިޓެޑުން މިހާރު ވެސް ވަނީ ގާތްގަނޑަކަށް 380 މިލިއަން ޕެޓް ފުޅި ރީސައިކަލް ކޮށްފަ އެވެ. ގާތްގަނޑަކަށް 60،000 ކިލޯގެ ޕެޓް ފުޅި ކޮންމެ މަހަކު ވެސް، އަންނައުނަށް ބަދަލުކުރެވޭނެ ފަދަ ފެންވަރު ރަނގަޅު ޔާންއަށް ބަދަލުކުރެ އެވެ.

ބީޕީޕީއެލް ހޯލްޑިންސް ޕީއެލްސީގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް އޮފިސަރު ޑރ. އަނުޝް އަމަރަސިންހަ، އޭނާގެ ހިޔާލުތައް ހިއްސާކުރައްވަމުން ވިދާޅުވީ ޕްލާސްޓިކް ރީސައިކަލް ކުރުމުގައި ދުނިޔޭގެ ލީޑަރަކަށް ވުމަށް އެދޭ ކުންފުންޏެއްގެ ހައިސިއްޔަތުން، ތިމާވެށި ދެމެހެއްޓުމަށް އެހީތެރިވެދިނުމުގެ ގޮތުން އަންނަނީ އަމަލުކުރެވޭނެ ދިގު މުއްދަތަކަށް ފައިދާކުރާނެ ފަދަ ހައްލުތަކެއް ހޯދައިދިނުމަށް މަސައްކަތްކުރަމުން ކަމަށެވެ.

ހަމަ އެފަދައިން ޕްލާސްޓިކް ފުޅިން އުފެދޭ ކުނީގެ މައްސަލައަށް ހައްލެއް ބޭނުންވާ ސަރަހައްދުގެ އެހެން ގައުމުތަކަށް ވެސް އަޅުގަނޑުމެންގެ އޮޕަރޭޝަންތައް ފުޅާކުރެވޭތޯ ބަލަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރާއްޖެ ވެސް ހިމެނޭ ގޮތަށް މި ސަރަހައްދުގެ ގިނަ ގައުމުތަކަކަކީ، ރީސައިކަލް ކުރުމަށް އަހައްމިއްޔަތުކަން ދޭ، ވަށާޖެހޭ އިގްތިސޯދީ ވިސްނުމެއް ގާއިމްކުރެވިއްޖެ ނަމަ އިގްތިސޯދީ ގޮތުންނާއި ތިމާވެށީގެ ގޮތުން ވެސް ފައިދާ ކުރާނެ ގައުމުތަކެކެވެ.

އީކޯ ސްޕިންޑަލްސް ލިމިޓެޑްގެ ރީސައިކަލް ޕްލާންޓްތަކުގެ ސަބަބުން އެ ކުންފުނީގެ އޮޕަރޭޝަންތައް ފުޅާކުރާ ގައުމުތަކުގެ އިގްތިސޯދީ ގޮތުން ބޮޑު ފައިދާއެއް ލިބުމުގެ އިތުރަށް، އެކަން ވެގެންދާނީ ޕްލާސްޓިކް ކުނީގެ މައްސަލަ ހައްލުކުރުމަށް އެހީތެރިވެދޭ ބޮޑު ރައުސުލްމާލަކަށެވެ.

ސްރީ ލަންކާއެކޭ އެއްފަދައިން، އީކޯ ސްޕިންޑަލްސް ލިމިޓެޑްގެ އޮޕަރޭޝަންތަކުން ރާއްޖެއަށް ވެސް ފައިދާކުރާނެ އެވެ. އެގޮތުން، ޕްލާސްޓިކް ރަނގަޅަށް ނައްތާލެވިއްޖެ ނަމަ އެއީ ރާއްޖޭގެ އިގްތިސޯދަށް ވަރަށް މުހިންމު ވަސީލަތެކެވެ.

އަދި އެއީ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކުރުމަށް ވެސް އެހާމެ މުހިންމު ވަސީލަތަކަށް ވެގެންދިއުމުގެ ފުރުސަތު އޮންނާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox