ތުރުކީ ދަތުރުފަދަ ސަޅި އިނާމުތަކަކާއެކު އޭސް ހާޑްވެއާ އާއި ކަލާ ބޭންކުގެ ރޯދަ ޕްރޮމޯޝަނެއް

އޭސް ހާޑްވެއާއާއި ކަލާ ބޭންކުން ވަނީ ރޯދައަށް ބޮޑެތި އިނާމުތަކަކާއެކު ޕްރޮމޯޝަނެއް ފަށާފަ.

އޭސް ހާޑްވެއާއާއި ކަލާ ބޭންކުން ވަނީ ރޯދައަށް ބޮޑެތި އިނާމުތަކަކާއެކު ޕްރޮމޯޝަނެއް ފަށާފަ.

ރޯދަ މަހަށް ހާއްސަކޮށް އޭސް ހާޑްވެއާ އާއި ކަލާ ބޭންކުން ބޮޑެތި އިނާމުތަކަކާއެކު ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އެ ޕްރޮމޯޝަނުގައި 300ރ. އިން މަތިން ވިޔަފާރިކުރާ މީހުންގެ މެދުގައި ނަގާ ގުރުއަތަކުން 50،000ރ. ގެ ފައިސާގެ އިނާމެއް، 100،000ރ. މުދާ ނުވަތަ ދެމީހަކަށް ތުރުކީއަށް ދެކޮޅު ޓިކެޓާއި ހަފްތާއެއްގެ ހުރުން ލިބޭނެ އެވެ. ނަސީބުވެރި ފަރާތަށް އެ ތިން އިނާމުންކުރެ ކޮންމެ އިނާމެއް ވެސް އިހްތިޔާރުކުރުމުގެ ފުރުސަތު ލިބޭނެ އެވެ.

އެ ޕްރޮމޯޝަނުގައި ގޭތެރެއަށް ބޭނުންވާ ގިނަ އަދަދެއްގެ މުދަލުން 80 ޕަސަންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށް އޭސް ހާޑްވެއާ އާއި ކަލާ ބޭންކުން ބުނެ އެވެ.

ރޯދަ ޕްރޮމޮޝަނާ ގުޅިގެން ސޯޝަލް މީޑިއާގައި ހާއްސަ މުބާރާތްތަކެއް ވެސް ކުރިއަށްދާނެ ކަމަށް އޭސް ހާޑްވެއާ އާއި ކަލާ ބޭންކުން ބުނެ އެވެ. އެ މުބަރާތްތަކުން ވެސް ހާއްސަ އިނާމުތަކެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

އެގޮތުން އޭސް ހާޑްވެއާގެ ފޭސްބުކް ޕޭޖުގައި ކުރިއަށްގެންދާ މުބާރާތުގެ ނަސީބުވެރި ދެ މީހަކަށް ރިސޯޓު ދަތުރެއް ލިބޭނެ އެވެ. އަދި ކަލާ ބޭންކުގެ ފޭސްބުކް ޕޭޖުގައި ކުރިއަށް ގެންދާ މުބާރާތުގައި ނަސީބުވެރި މީހަކަށް 10 ލީޓަރުގެ ކުލަ އާއި ކޮންސަލްތެންސީ ހިދުމަތް ވެސް ހިލޭ ލިބޭނެ ކަމަށް ކަލާ ބޭންކުން ބުނެ އެވެ.

އެ ޕްރޮމޯޝަންތައް ކުރިއަށް ގެންދާނީ އޭސް ހާޑްވެއާގެ މާލޭގައި ހުންނަ ތިން ފިހާރަ އާއި މާލެ އާއި ހުޅުމާލޭގައި ހުންނަ ކަލާ ބޭންކުގެ ފިހާރަތަކުގަ އެވެ. ޕްރޮމޯޝަންގެ މުއްދަތަކީ މާޗު މަހުން ފެށިގެން އޭޕްރިލް މަހަށެވެ.

އޭސް ހާޑްވެއާ އެންމެ ފުރަތަމަ ރާއްޖެއަށް ތައާރަފްކުރީ 2011 ވަނަ އަހަރު އެވެ. އެ ކުންފުންޏަކީ އެމެރިކާގެ އޭސް އިންޓަނޭޝަނަލް އާއި ރާއްޖޭގެ ކޯލޯޑް މޯލްޑިވްސް ގުޅިގެން ހިންގާ ވިޔަފާރިއެކެވެ. އޭސް ހާޑްވެއާއިން ރާއްޖޭގައި ހުޅުވި ފިހާރައަކީ އެ ކުންފުނިން ދެކުނު އޭޝިއާގައި ވެސް ހުޅުވި ފުރަތަމަ ފިހާރަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox