ބޮޑުފިނޮޅުގައި ހަމަނުޖެހުން ހިންގި ބައެއް ބިދޭސީން ހުކުމް ތަންފީޒުކޮށް ނިމިއްޖެ

ބޮޑުފިނޮޅުގައި ތިބި ބައެއް ބިދޭސީންގެ މައުލޫމާތު ކަށަވަރުކުރަން އިކޮނޮމިކް މިނިސްޓްރީގެ ޓީމެއް މަސައްކަތްކުރަނީ. ފޮޓޯ: ސިމްވާ/ޓްވިޓާ

ބޮޑުފިނޮޅުގައި ތިބި ބައެއް ބިދޭސީންގެ މައުލޫމާތު ކަށަވަރުކުރަން އިކޮނޮމިކް މިނިސްޓްރީގެ ޓީމެއް މަސައްކަތްކުރަނީ. ފޮޓޯ: ސިމްވާ/ޓްވިޓާ

ބ. އަތޮޅުގައި ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަމުންދިޔަ ބޮޑުފިނޮޅުގައި 2020 ވަނަ އަހަރު ހަމަނުޖެހުން ހިންގި 11 ބިދޭސީންގެ ތެރެއިން ހައްޔަރުކޮށް ދައުވާ އުފުލި ނުވަ ބިދޭސީން ހުކުމް ތަންފީޒުކޮށް ނިންމައިފި އެވެ.

އެ ބިދޭސީން ބަންދުގައި ތިބެ ހުކުމް ތަންފީޒުކޮށް ނިންމި ނަމަވެސް، ޕީޖީ އޮފީހުން ބުނީ އެމީހުން މުޖުތަމައުއަށް ދޫކޮށްފައި ނުވާކަމަށެވެ. އެއީ އެމީހުންނަކީ ގަވާއިދާ ހިލާފަށް ސައްހަ ލިޔެކިޔުންތަކާއި ނުލައި ރާއްޖޭގައި ތިބި ބަޔަކަށްވާތީވެ ކަމަށް ޕީޖީ އޮފީހުން ބުނެ އެވެ.

އެ އޮފީހުން އިތުރަށް ބުނީ ހުކުމް ތަންފީޒުކޮށް ނިމުނު ބިދޭސީން ވީހާވެސް އަވަހަށް ރާއްޖެއިން ޑީޕޯޓް ކުރުމަށް ފުލުހުންނާއި އިމްގްރޭޝަނާއި ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ބޮޑުފިނޮޅުން ހައްޔަރުކުރި ބިދޭސީންގެ މައްޗަށް ދައުވާކޮށްފައިވާ ގޮތް:

  • އެމްޑީ އަބްދުއްސައްތާރު - މުދަލަށް ގެއްލުން ދިނުން، ހުއްދަނޫން ގޮތުގައި މީހުން ހިފެހެއްޓުން، ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސްއެޅުން.
  • ތަހަރު - މުދަލަށް ގެއްލުން ދިނުން، ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސްއެޅުން.
  • އެމްޑީ ރަސަލް މިއާ - މުދަލަށް ގެއްލުން ދިނުން، ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސްއެޅުން، އަނިޔާއެއް ދިނުން.
  • ސޮހަގް - މުދަލަށް ގެއްލުން ދިނުން، ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސްއެޅުން.
  • ޑެލްވާރު ހޮސައިން - މުދަލަށް ގެއްލުން ދިނުން.
  • މުހައްމަދު ޖަމާލު ހޮސައިން - މުދަލަށް ގެއްލުން ދިނުން، ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސްއެޅުން.
  • ޕަލާޝް - ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސްއެޅުން.
  • ރަނާ ޝަކީބް - މުދަލަށް ގެއްލުން ދިނުން، ހުއްދަނޫން ގޮތުގައި މީހުން ހިފެހެއްޓުން، ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސްއެޅުން.
  • މުހައްމަދު ސަމްޓޯ މިއާ - މުދަލަށް ގެއްލުން ދިނުން، ހުއްދަނޫން ގޮތުގައި މީހުން ހިފެހެއްޓުން، ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސްއެޅުން.
  • ޖާހިރުލް - މުދަލަށް ގެއްލުން ދިނުން، ހުއްދަނޫން ގޮތުގައި މީހުން ހިފެހެއްޓުން، ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސްއެޅުން.
  • އަލް އަމީން - މުދަލަށް ގެއްލުން ދިނުން.

އެމީހުންގެ ތެރެއިން މުދަލަށް ގެއްލުން ދިނުމުގެ ދައުވާ އުފުލާފައިވާ 11 މީހުންގެ މައްޗަށް މިދިޔަ އާދިއްތަ ދުވަހު ކަނޑައެޅީ އެ އެންމެން ވެސް ބަންދުގައި އެއް އަހަރާއި ހަތް މަސް އަދި 24 ދުވަސް ހޭދަކޮށްފައިވާތީ އެމީހުންގެ މައްޗަށް ކުށުގެ އަދަބުގެ ގޮތުގައި ކަނޑައަޅާފައިވާ ޖަލު އަދަބުން އިތުރަށް ތަންފީޒުކުރަން ޖެހޭ އަދަބެއް ނެތް ކަމަށެވެ. އެ އެންމެން ވެސް ވަނީ މައްސަލައިގެ އިބްތިދާއީ މަރުހަލާގައި ކުށަށް އިއުތިރާފްވެފަ އެވެ.

ގާނޫނު ތަންފީޒުކުރާ އިދާރާއެއްގެ މުވައްޒަފަކަށް ގަސްދުގައި ހުރަސްއެޅި ކަމުގެ ދައުވާ އުފުލާފައިވާ ނުވަ މީހުންގެ މައްސަލައިގައި ވެސް ކޯޓުން ހަމަ އެ ދުވަހު ކަނޑައެޅީ އެމީހުންގެ މައްޗަށް ކޮށްފައިވާ ދައުވާގެ ޖަލު އަދަބުން އިތުރަށް ތަންފީޒުކުރަން ޖެހޭ މުއްދަތެއް ނެތް ކަމަށެވެ. އެއީ އެ އެންމެން ވެސް ކުށަށް އިއުތިރާފްވެ ބަންދުގައި ޖަލު އަދަބު ހޭދަކޮށް ތަންފީޒުކޮށްފައިވާތީ އެވެ.

ހުއްދަ ނޫން ގޮތެއްގައި މީހަކު ހިފެހެއްޓުމުގެ ދައުވާ އުފުލި ހަތަރު މީހުންގެ މައްސަލައިގައި ވެސް ކްރިމިނަލް ކޯޓުން ބުނީ ބަންދުގައި ހޭދަކުރި މުއްދަަތަށް ބަލައި އެމީހުން ކުށަށް އިއުތިރާފްވެފައިވާތީ ޖަލު އަދަބުން އިތުރަށް ތަންފީޒުކުރަން ޖެހޭ އަަދަބެއް ނެތްކަމަށެވެ. އެމީހުން ޖަލަށް ލާން ހުކުމްކުރީ އެއް މަހާއި 24 ދުވަހުގެ މުއްދަތަކަށެވެ.

އަނިޔާއެއް ދިނުމުގެ ދައުވާ އުފުލާފައިވާ އެމްޑީ ރަސަލް މިއާގެ މައްސަލައަކީ ބޮޑުފިނޮޅުގައި ހަމަނުޖެހުން ހިންގަން އުޅުމުން އެކަން ކޮންޓްރޯލްކުރަން އުޅުނު ފުލުސް އޮފިސަރެއްގެ ބޮލުގައި ލަކުޑި ބުރިއަކުން ޖަހައި މާރާމާރީ ހިންގި މައްސަލަ އެކެވެ.

އެ ހާދިސާ ހިނގީ ބޮޑުފިނޮޅުގައި ބަޔަކު ރަހީނުކޮށްގެން އުޅުނުކަމަށް ބުނާ މައްސަލައެއް ފުލުހުންނަށް ރިޕޯޓުކުރުމާއި ގުޅިގެން ފުލުހުން އެރަށަށް ގޮސް އެ ރަހީނުކޮށްފައި ތިބި މީހުން ރަށުން ފުރުވާލުމަށް މަސައްކަރްކުރަމުން ދަނިކޮށްކަމަށް ކޯޓުގެ ލިޔެކިޔުންތަކުން ދައްކަ އެވެ.

އެ މައްސަލައިގައި ރަސަލް މިއާ ވެސް ވަނީ ކުށަށް އިއުތިރާފްވެފަ އެވެ. އަދި އޭނާއަށް އެ މައްސަލައިގައި އައި ހަ މަހާއި ހަ ދުވަހުގެ ޖަލު ހުކުމް އޭނާ ތަންފީޒުކޮށްފައިވާކަމަށް ކޯޓުން ވަނީ ކަނޑައަޅާފަ އެވެ.

ބޮޑުފިނޮޅު މައްސަލައިގައި ހިމެނޭ ޒާހިރުލް އަދި ރަނާ ޝަކީބް އަދިވެސް ދަނީ އެމީހުންގެ މައްޗަށް އުފުލި ބައެއް ދައުވާތަކުގެ ހުކުމް ތަންފީޒުކުރަމުންނެވެ.

ބޮޑުފިނޮޅުގައި ވީ ކިހިނެތް؟

ޖުލައި 2، 2020 ވަނަ ދުވަހު ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަމުންދިޔަ ބ. ބޮޑުފިނޮޅުގައި ބިދޭސީންތަކެއް އެރަށުގައި މަސައްކަތްކުރާ ދިވެހިންތަކެއް ރަހީނުކޮށްގެން އުޅޭކަމުގެ ރިޕޯޓުތަކެއް ލިބިގެން ފުލުހުން އެރަށަށް އެ ދުވަހު ދިޔަ އެވެ. އެ ރަށުން ފުލުހުންނާއި ކުރިމަތިލީ ގިނަ އަދަދެއްގެ ބިދޭސީން ތަކެކެވެ.

އެމީހުން ދިޔައީ އެމީހުންނަށް ލިބެން ޖެހޭ އެތައް މަހެއް މުސާރައެއް ނުލިބު ހުރި ކަމުގެ ޝަކުވާތަކާއިއެކު އެ މީހުންގެ ކުންފުނީގެ އިސްވެރިންނާއި ދޭތެރޭ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.

އަދި މުސާރަ ލިބުމުން ނޫނީ ރަހީނުކޮށްފައި ތިބި ދިވެހިން ދޫކޮށްނުލާނެ ކަމަށް ވެސް ބިދޭސީން ބުނަމުންދިޔަ އެވެ. އެހިސާބުން ފުލުހުންނާއި ބިދޭސީންނާދެމެދު ކުރިމަތިލުންތަކެއް ހިނގައި، ފުލުހުން އެންމެ ފަހުން އެރަށުން ފޭބި އެވެ. ފުލުހެއްގެ ބޯ ފަޅައިގެން ދިޔައީ ވެސް އެ ވަގުތު ހިނގައިދިޔަ ހަމަނުޖެހުންތަކުގަ އެވެ. އެ ރަށުގައި ތިބި 200 އެއްހާ ބިދޭސީން ދިޔައީ އޭރު ރަށުގައި ހުރި މުދަލަށް ގެއްލުންދެމުންނެވެ.

އޭގެ ފަހުން ވެސް ފުލުހުން އެރަށަށް އަރަން މަސައްކަތް ކުރިނަމަވެސް އެކަން ނާކާމިޔާބުވި އެވެ. އަދި ބޮޑުފިނޮޅާ ޖެހިގެން އޮންނަ ބ. އަތޮޅުގެ ބައެއް ރަށްރަށުން ބައެއް ދިވެހިން ވެސް އެރަށަށް އަރަން މަސައްކަތްކުރި އެވެ. ނަމަވެސް ސަލާމަތީ ސަބަބުތަކާއި ހަމަނުޖެހުން އިތުރުވެދާނެތީ ފުލުހުން އެކަމަށް ހުއްދަ ދީފައެއް ނުވެ އެވެ.

އެންމެ ފަހުން ފުލުހުން އެ ރަށަށް އަރައި ހަމަނުޖެހުން މައިތިރި ކުރީ ޖެހިގެން އައި ހުކުރު ދުވަހުގެ ހެނދުނު އެވެ. ހަމަނުޖެހުން ކޮންޓްރޯލް ކުރީ މާލެއިން ގިނަ އަދަދެއްގެ ފުލުހުން އެރަށަށް އަރަ އެވެ. ނަމަވެސް ހަމަނުޖެހުން މައިތިރި ކުރުމުގައި އިތުރު އެއްވެސް މީހަކަށް އަނިޔާނުވާކަން ފާހަގަކުރެވެ އެވެ.

އެ މައްސަލައިގައި ޖުމްލަ 19 ބިދޭސީން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައިރު، އޭގެ ތެރޭގައި ހަމަނުޖެހުމުގެ އެންމެ އިސްކޮށް އުޅުނު މީހުން ހިމެނެ އެވެ. އެ އެންމެން ރާއްޖެ އެތެރެކޮށް މަސައްކަތް ކުރުވާފައިވަނީ ގަވާއިދާ ހިލާފަށް ކަމަށް ތަހުގީގުގެ ހޯދުންތަކުން ދައްކަ އެވެ.

އެމީހުން ރާއްޖެ އެތެރެކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާގެ ކުންފުންޏެއްކަމުގައިވާ އާރުއައިއެކްސް ކުންފުނީގެ ދަށުންނެވެ. އެ ކުންފުނިން ވަނީ ބިދޭސީންނަށް އެތައް މަހެއްގެ މުސާރަ ނުދީ އޮތް ކަމަށް ފަހުން ބުނެފަ އެވެ.

ނަމަވެސް އެއީ އެ މަޝްރޫއު އެމީހުންނަށް ހަވާލުކުރި ކޮންޓްރެކްޓަރުން ސީލް ކުންފުނިން އާރުއައިއެކްސް އަށް ދޭން ޖެހޭ ފައިސާތަކެއް ނުދިނުމުން ވީ ގޮތެއް ކަމަށް އެ ކުންފުނިން ބުނެ އެވެ. ނަމަވެސް އެކަން ސީލްއިން ވަނީ ދޮގުކޮށްފަ އެވެ.

އެ މައްސަލައިގައި ހިއުމަން ޓްރެފިކިންގެ ތުހުމަތާއެކު މެމްބަރު ރިޒާގެ މައްޗަށް ވަނީ ދައުވާ ވެސް ކޮށްފަ އެވެ. އެ މައްސަލަ އަދިވެސް އޮތީ ކޯޓު މަރުހަލާގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox