ދުއްވާފައިދިޔަ ސައިކަލެއްގެ މަޑިދަށުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަނެ މީހަކު ހައްޔަރުކޮށްފި އެވެ.
މަންޒަރުދުއް މީހަކު "އަދަދު"އަށް ބުނީ އެ ހާދިސާގައި އެންމެ ފުރަތަމަ ސައިކަލު، ފުލުހަކު ދުއްވަންއިން ކާރެއްގައި ޖެހި އެކްސިޑެޓްވީ ކަމަށެވެ.
މަންޒަރު ފެނުނު މީހާ ބުނާގޮތުން ސައިކަލުގެ މަޑިދަށުން ޖޫސްޕެޓީ ކޮތަޅުތަކެއްގައި ބަންދުކޮށްފައި ހުރި ކޮތަޅުތަކަކާއި، ޓޭޕްގައި ބަންދުކޮށްފައި ހުރި ބުލެޓްތަކެއް ހުއްޓެވެ.

މަސްތުވާތަކެއްޗާއެކު އަތުލައިގެންމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަނީ-- ފޮޓޯ: އަދަދު
"ޕޮލިސް އެވިޑެންސް ގެންދާ ކަރުދާސް ކޮތަޅުގެ 4 ނޫނީ 5 ކޮތަޅުގެ އެއްޗިސް ގެންދިޔަ އޭގެން ނަގައިގެން،" އޭނާ ބުންޏެވެ.

މި ހާދިސާގައި އެ ސައިކަލު ދުއްވަން އިންމީހާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. މި ހާދިސާ ހިނގާފައި ވަނީ މިރޭ 9:00 ހާއިރު މާފަންނު، މުއިވެޔޮ ގޯޅި ކަންމަތީގަ އެވެ.
އަތުލައިގެންފައި ވަނީ ކިހާ އަދަދެއްގެ މަސްތުވާތަކެތި ކަމެއް އަދި ސާފެއް ނުވެ އެވެ. މިކަމާ ގުޅޭގޮތުން ފުލުހުންގެ ބަހެއް އަދި ލިބޭގޮތް ނުވެފަ އެވެ.













