އިއްސެގެ މަރު: ގަތުލު ސާބިތު ކުރެވޭނެ ކަމުގެ ބޮޑު އުންމީދާ އެކު ހުކުމަށް

އިއްސެގެ މަރުގެ ދައުވާ ލިބޭ ސުމޮން --

އިއްސެގެ މަރުގެ ދައުވާ ލިބޭ ސުމޮން --

އ. އިހަވަންދޫ އައިސްޕްލާންޓް ތެރޭގައި އިސްމާއިލް އުމަރު (އިއްސެ) އަނިޔާވެރި ގޮތަކަށް މަރާލި މައްސަލަ ސާބިތުކުރެވޭނެ ކަމުގެ ބޮޑު އުންމީދަކާ އެކު، އެ މައްސަލައިގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި ނިންމާލައިފި އެވެ.

އައިސްޕްލާންޓްގެ މެކޭނިކެއްގެ ގޮތުގައި މަސައްކަތް ކުރި އުމުރުން 54 އަހަރުގެ އިއްސެ މަރާލާފައި އޮއްވާ ފެނުނީ 2017 ވަނަ އަހަރުގެ ޖޫން މަހުގެ 16 ވަނަ ދުވަހު އެވެ. އިއްސެ މަރާލިތާ އެއް ދުވަސް ފަހުން ކުޅުދުއްފުށީގައި ފިލައިގެން އުޅެނިކޮށް އެ ގަތުލުގެ ތުހުމަތުގައި ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ ސުމޮން ހައްޔަރު ކުރި އެވެ.

ސުމޮން ވަނީ ފުލުހުންގެ ތަހުގީގުގައި އަދި ޝަރީއަތުގެ މަޖިލީހުގައި ވެސް އިއްސެ މަރާލި ކަމަށް އިއުތިރާފުވެފަ އެވެ. ނަމަވެސް ޝަރީއަތުގެ އިއުތިރާފުން ރުޖޫއަވީ، ފުލުހުން ބިރު ދައްކައި އަނިޔާކޮށް، މަޖުބޫރުކުރިވި ކަމަށް ބުނެ އެވެ.

ހުލާސާ ބަޔާން އިއްވުމަށް މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނީ ކްރިއިމް ސީނުން ލިބުނު ފިންގާ ޕްރިންޓްތައް ސުމޮންއާ ގުޅުވާލެވޭތީއާ، އޭނާ ކުށަށް އިއުތިރާފްވެފައި ވާތީ، އެ ދައުވާ ސާބިތު ކުރެވޭނެ ކަމުގެ އުންމީދު ބޮޑު ކަމަށެވެ.

ސުމޮން މިއާ އޭނަގެ އިއުތިރާފުން ރުޖޫއަވީ ހުލާސާ ބަޔާން އިއްވަން ކައިރިވެފައިވަނިކޮށެވެ. ފުލުހުން އޭނާއަށް އަނިޔާކޮށް މަޖުބޫރުކުރުވުން އިއުތިރާފުވި ކަމަށް ސުމޮން ބުނުމުން، އެކަން ސާފުކުރުމަށް ހާޒިރުކުރި ފުލުހުންގެ ހެކިބަހުގައި ފުށުއެރުންތަކެއް ހުރިކަން ދިފާއުން ފާހަގަކުރި އެވެ. ނަމަވެސް އޭނާގެ މައްޗަށް ކުރާ ދައުވާ ނަފީ ކުރެވޭ ވަރުގެ ދިފާއުއެއް ނެނގިފައެއް ނުވެ އެވެ.

މިއަދުގެ އަޑުއެހުން ނިންމާލީ އެ މައްސަލަ މި މަހު ނިންމާނެ ކަމަށް ބުނެ އެވެ.

މި މައްސަލައިގައި ދެފަރާތުން ހުލާސާ ބަޔާން އިއްވާފައިވާއިރު، ދެން އޮންނާނީ މައްސަލަ ސާބިތުވޭތޯ ނުވަތަ ނޫންތޯ ކަނޑައެޅުމަށް ބާއްވާ އަޑުއެހުމެކެވެ. ދައުވާ ސާބިތުވެއްޖެނަމަ، ދެން އޮންނާނީ ވާރިސުންގެ ހެކިބަސް ނަގައި، ހުކުމް ކުރުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox