ހިމާޔަތްކޮށްފައިވާ ދިރޭތަކެތި ކަނޑައެޅުމުގައި ބަލާނެ މިންގަނޑެއް

ރާއްޖޭގެ ކުޅިއެއްގައި އިން ދޫންޏެއް-- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ރާއްޖޭގެ ކުޅިއެއްގައި އިން ދޫންޏެއް-- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ދިރޭތަކެތީގެ ތެރެއިން ހިމާޔަތް ކޮށްފައިވާ ތަކެތި ކަނޑައެޅުމުގައި ބަލާނެ ރަސްމީ މިންގަނޑު ގަވާއިދުގައި ހިމަނައި އާންމުކޮށްފި އެވެ.

އެ ގަވައިދަށް މިހާރު ގެނެސްފައިވާ އިސްލާހުގައި ބުނީ ނެތިދިޔުމުގެ ބިރު ހީވެފައިވާ ދިރޭތަކެތީގެ ތެރެއިން ރާއްޖޭގެ މާހައުލަށް ނޭޓިވް ދިރޭތަކެއްޗާއި، ރާއްޖެއަށް ހިޖުރަކުރާ ދިރޭތަކެތީގެ ތެރެއިން، ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭތަކެތި ކަނޑައަޅާނީ "ގައިޑްލައިންސް ފޯ ޔޫޒިން ދަ އައިޔޫސީއެން ރެޑް ލިސްޓް ކެޓަގަރީޒް އެންޑް ކްރައިޓީރިއާ" ގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.

ގުދުރަތީ ގޮތުގައި ނުވަތަ ތަބީއީ ގޮތުގައި ހިމާޔަތްކޮށް ރައްކާތެރިކުރާ ދިރޭތަކެއްޗާބެހޭ ގަވާއިދަށް ގެނެސްފައިވާ އިސްލާހުގައި ބުނާ ގޮތުން ހިމާޔަތްކޮށް ރައްކާތެރިކޮށްފައިވާ ދިރޭތަކެއްޗާމެދު އަމަލުކުރާނެ ގޮތުގެ އުސޫލުތަކާއި މެނޭޖްމަންޓް ޕްލޭނެއް އެ ގަވާއިދަށް އަމަލުކުރަން ފަށާތާ ހަ މަސްދުވަހުގެ ތެރޭގައި، އެޖެންސީގެ މަޝްވަރާއާއެކު އެކުލަވަލަން ޖެހެ އެވެ.

އަދި އެ މެނޭޖްމަންޓް ޕްލޭންތައް، މަދުވެގެން ފަސް އަހަރުން އެއް ފަހަރު އެޖެންސީން މުރާޖާ ކުރަން ވެސް ޖެހެ އެވެ.

ނެތިދިއުމުގެ ބިރު ހީވެފައިވާ ދިރުންތަކާއި އެ ތަކެއްޗަށް ކުރިމަތިވެފައިވާ ނުރައްކާތައް ދެނެގަނެ، އެ މިންގަނޑުތައް ބަހާލާފައި ވަނީ 14 ކެޓަގަރީއަކަށެވެ. އެއީ؛

  1. ނެތިގޮސްފައިވާ
  2. ގުދުރަތީ މާހައުލުން ނެތިގޮސްފައިވާ
  3. ނެތިދިއުމުގެ ނުރައްކާ ކުރިމަތިވެފައިވާ ކެޓަގަރީތައް
  4. ނާޒުކު ފައްތަރެއް/ ހާލަތެއްގައިވާ
  5. ނެތިދިއުމުގެ ބިރު ކުރިމަތިވެފައިވާ
  6. ނެތިދިއުމުގެ ނިރައްކަލަށް ހުށަހެޅިފައިވާ
  7. ނެތިދިއުމުގެ ނުރައްކާ ކުރިމަތިވެދާނެ
  8. ހާލަތު ރަނގަޅު
  9. އެކަށީގެންވާ ވަރަށް މައުލޫމާތު ނެތް
  10. އެއްވެސް ކެޓަގަރީއަކަށް ނުފެތޭ
  11. މީޒާންކޮށްފައި ނުވާ
  12. ނެތިދިއުމުގެ ނުރައްކާ
  13. އެކަށީގެންވާ ވަރަށް މައުލޫމާތު ލިބެންހުރި
  14. މީޒާންކޮށްފައިވާ

"ނޭޝަނަލް ރެޑްލިސްޓް" ހެދުމުގެ މަސައްކަތް އެންވަޔަރްމެންޓް މިނިސްޓްރީން މިހާރު ވަނީ ފަށައިފަ އެވެ. ގިނަ ގައުމުތަކުގައި "ރެޑް ލިސްޓް" އެކުލަވާލަނީ އިންޓަނޭޝަނަލް ޔޫނިއަން، އައިޔޫސީއެންގެ އެ އުސޫލުތަކާ އެއްގޮތަށެވެ.

ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭތަކެތި ހިމެނުމަށް ލިސްޓެއް ކަންޑައެޅުމުގެ މަސައްކަތް ކުރަމުން ދާއިރު، ދާދި ފަހުން ވަނީ ރާއްޖެ އެތެރެކުރި ދޫނިތަކެއް ފިޝަރީޒް މިނިސްޓްރީން މަރާލި މައްސަލައެއް ފެންމަތިވެފަ އެވެ.

މަރާލި 120 ދޫނީގެ ތެރޭގައި އިންޓަނޭޝަނަލް ޔޫނިއަން ފޯ ކޮންވަޒޭޝަން އޮފް ނޭޗާގެ ރެޑް ލިސްޓުގައި ނެތިދާނެ ކަމުގެ ބިރު ބޮޑު ލިސްޓުގައި ހިމެނޭ ސަދަން މިލީ އެމެޒޯން ނޫނީ އެމެޒޯނާ ފެރިސޯނާގެ ދޫނިތަކެއް ހިމެނެ އެވެ. އެކަމަކު އެތަނުގައި ހުރި ހުރިހާ ބާވަތެއްގެ ދޫންޏަކީ ކޮން ވައްތަރުތަކެއް ދޫނި ކަމެއް ސާފެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox