ޓްރީޓޮޕް ހޮސްޕިޓަލުގެ އަހަރީ ދުވަހާ ގުޅުވައިގެން އެ ހޮސްޕިޓަލިގެ ބައެއް ސާޖަރީތައް އަގުހެޔޮކޮށްފި އެވެ.
މިއީ ޓްރީޓޮޕް ހޮސްޕިޓަލުގެ ހަތަރު ވަނަ އަހަރީ ދުވަހެވެ.
ޓްރީޓޮޕް ހޮސްޕިޓަލުން އަހަރީ ދުވަހަށް ހާއްސަކޮށް އައިޑީސާޖަރީ ހިދުމަތްތަކުގެ އަގުތަކަށް ހެޔޮ ބަދަލު ގެނެސްފައި މިވަނީ އެންމެ މަތީ ފެންވަރުގެ ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް އެ ހޮސްޕިޓަލުން ކުރަމުންދާ މަސައްކަތުގެ ތެރެއިންނެވެ.
އެ ހޮސްޕިޓަލުން ބުނީ އަހަރީ ދުވަހާ ގުޅިގެން އައިޕީޑީސާޖަރީތަކުގެ އަގުތަކަށް ހެޔޮ ބަދަލު ގެނެސްފައިވާ ކަމަށެވެ. އަގުތައް ކުޑަކޮށްފައިވާ ހިދުމަތްތަކުގެ ތެރޭގައި:
- އާއްމު އޮޕަރޭޝަންތައް
- ހާއްސަ ނުވަތަ ޖެނަރަލް ސާޖަރީތައް
- ނާރުގެ ސާޖަރީ (ނިއުރޯ ސާޖަރީ)
- އެތެރެ ހަށީގެ ބޭސް (އިންޓާނަލް މެޑިސިން)
- އަންހެނުންގެ ހާއްސަ (އޮބްސްޓެޓްރިކްސް އަދި ގައިނަކޮލޮޖީ)
- ކަށީގެ ބަލިތަކަށް ހާއްސަ (އޮރްތޯޕީޑިކްސް)
ޓްރީޓޮޕް ހޮސްފިޓަލުން އަންނަނީ ރާއްޖޭގެ ހުރިހާ އިންޝުއަރެންސް ކުންފުނިތަކުގެ އިތުރުން އިންޓަނޭޝަނަލް އިންޝުއަރެންސް ކުންފުނިތަކުގެ ކޭޝްލެސް ސިއްހީ ފަރުވާގެ ހިދުމަތް ފޯރުކޮށްދެމުންނެވެ.

މީގެއިތުރުން ހޮސްޕިޓަލަށް އަންނަ މެހެމާނުންނަށް ހިދުމަތް ހޯދުމަތް ފަސޭހަ ކޮށްދިނުމުގެ ގޮތުން އެންސްޕާ އަދި އާސަންދައިގެ އެހީގައި ހޮސްޕިޓަލުގެ ހިދުމަތްތައް ކަވާ ކޮށްދިނުމުގެ އިންތިޒާމު ވަނީ ހަމަޖައްސައިފަ އެވެ.
ޓްރީޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގައި ހުރި މަލްޓި-ސްޕެޝިއަލިޓީ ހިދުމަތްތައްދޭ ޒަމާނީ ފެންވަރަށް ސިއްހީ ހިދުމަތް ފޯރުކޮށްދެމުން އަންނަ އެއް ހޮސްޕިޓަލެވެ. އެގޮތުން މިހާރު ވެސް އެ ހޮސްޕިޓަލުން އަންނަނީ އެންމެފަހުގެ ވަސީލަތްތަކާއެކު އާ ހިދުމަތްތައް ތައާރަފުކުރަމުންނެވެ.














