ތެލުގެ ކޮލިޓީ ކަށަވަރު ކުރާ ލެބޯޓްރީއެއް އެސްޓީއޯއިން ހުޅުވައިފި

ޖިއޯ ކެމްގެ ބޭފުޅަކު ތެޔޮ ޓެސްޓުކުރާ މެޝިންތަކުގެ މައުލޫމާތު ދެނީ: އެސްޓީއޯގެ ހަރަދުގައި އެޅި ނަމަވެސް މި ލެބޯޓްރީ ހިންގާނީ ޔޫއޭއީގެ ޖިއޯ ކެމް ކުންފުނިން -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ޖިއޯ ކެމްގެ ބޭފުޅަކު ތެޔޮ ޓެސްޓުކުރާ މެޝިންތަކުގެ މައުލޫމާތު ދެނީ: އެސްޓީއޯގެ ހަރަދުގައި އެޅި ނަމަވެސް މި ލެބޯޓްރީ ހިންގާނީ ޔޫއޭއީގެ ޖިއޯ ކެމް ކުންފުނިން -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ރާއްޖެއަށް އެތެރެކުރާ ތެލުގެ ކޮލިޓީ ޓެސްޓުކޮށް, ކަށަވަރުކުރާ ފިއުލް ޓެސްޓިން ލެބޯޓްރީއެއް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން މިއަދު ހުޅުވައިފި އެވެ.

އެސްޓީއޯ ޓްރޭޑް ސެންޓަރުގައި ހުޅުވި އެ ލެބޯޓްރީއަކީ ބާޒާރުން ލިބެން ހުރި ތެލުގެ ބާވަތްތަކުގެ ކޮލިޓީ ދެނެގަތުމަށާއި ދަށް ކޮލިޓީ ތެލުގެ މައްސަލަ ހައްލުކުރަން، އެސްޓީއޯއިން ހަރަދުކޮށްގެން އެޅި ލެބޯޓްރީއެކެވެ. އެ ލެބޯޓްރީ މެނޭޖުކޮށް ހިންގާނީ ޖިއޯ ކެމް މިޑްލް އީސްޓް ކުންފުނިންނެވެ.

ޔޫއޭއީގެ ޑުބާއިގައި މަރުކަޒުވެފައިވާ ޖިއޯ ކެމްއަކީ 1999 އިން ފެށިގެން ފުޅާދާއިރާއެއްގައި ތެލުގެ އުފެއްދުންތަކާއި ކެމިކަލް އިންސްޕެކްޓު ކުރުމާއި ޓެސްޓު ކުރުމުގެ ހިދުމަތް ދެމުންދާ ކުންފުންޏެކެވެ. މިހާރު ވެސް 17 ގައުމެއްގައި ޖިއޯ ކެމުން ދަނީ ފިއުލް ޓެސްޓިން ހިދުމަތް ދެމުންނެވެ.

އެސްޓީއޯ ޖިއޯ ކެމް ލެބޯޓްރީން ޖެޓް ފިއުލްގެ އިތުރުން ޕެޓްރޯލާއި ޑީސަލުގެ ކޮލިޓީ އެޝުއަރަންސް ޓެސްޓުތައް ހެދެ އެވެ.

އެސްޓީއޯއިން ބުނި ގޮތުގައި ބައިނަލްއަގުވާމީ ފެންވަރުގެ މި ލެބޯޓްރީން ދޫކުރާ ސެޓިފިކެޓަކީ ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިގަންނަ ސެޓިފިކޭޝަނެކެވެ. އަދި ލެބުން ހިދުމަތް ހޯދާ މީހުންނަށް ފަސޭހައިން އަވަހަށް ނަތީޖާ ލިބޭނެ ކަމަށާއި ގިނަ ހަރަދުތަކެއް ވެސް ސަލާމަތްކުރެވޭނެ ކަމަށް ބުންޏެވެ.

މިހާރު ރާއްޖޭގައި ތެޔޮ ޓެސްޓު ކުރެވޭނެ ގޮތެއް ނެތް އިރު، ޓެސްޓު ކުރަން ބޭނުންވެއްޖެ ހާލަތެއްގައި ޖެހެނީ އެހެން ގައުމަކަށް ފޮނުވާށެވެ. މިސާލަކަށް ޖެޓް ފިއުލަކީ ވަކި މިންގަނޑުތަކަކަށް ނުފެތޭ ހާލަތުގައި ބޭނުން ނުކުރެވޭ އެއްޗަކަށް ވީތީ، ޓެސްޓު ކުރަން މަޖުބޫރެވެ. މިކަން ކުރަން ޖެހެނީ ބޭރަށް ފޮނުވައިގެންނެވެ.

އެކަމަކު އެސްޓީއޯގެ ލެބޯޓްރީން ޓެސްޓު ކުރަން ފެށުމުން، މިހާރު ޖެޓް ފިއުލް ޓެސްޓު ކުރަން ދާ ހަރަދުން ބޮޑު ބަޔެއް ސަލާމަތް ކުރެވޭނެ އެވެ.

މި ލެބޯޓްރީ ހުޅުއްވައިދެއްވުމަށް ފަހު އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވީ އެސްޓީއޯ ލެބޯޓްރީން ހެޔޮ އަގުގައި އަވަހަށް ނަތީޖާ ލިބޭނެ ކަމަށެވެ. އެހެންކަމުން މިއީ ބޮޑު ފަސޭހައަކަށް ވެގެން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޓެސްޓުތަކުގެ އަގު ބޭރު ތަންތަނަށް ވުރެ ހެޔޮވާނެ. އެކި ޓެސްޓުތައް އުޅޭނީ އެކި އަގުގައި. ލެބޯޓަރީގެ ސަބަބުން ރައްޔިތުންނަށް ވަރަށް ފައިދާ ވާނެ،" އަމްރު ވިދާޅުވި އެވެ.

ޖިއޯ ކެމް ފިއުލް ޓެސްޓިން ލެބޯޓްރީގައި ބޭނުންކުރާ މެޝިނެއް. -- ފޮޓޯ: އެސްޓީއޯ
ޖިއޯ ކެމް ފިއުލް ޓެސްޓިން ލެބޯޓްރީގައި ބޭނުންކުރާ މެޝިނެއް. -- ފޮޓޯ: އެސްޓީއޯ

ޖިއޯ ކެމް ފިއުލް ޓެސްޓިން ލެބޯޓްރީގައި ބޭނުންކުރާ މެޝިނެއް. -- ފޮޓޯ: އެސްޓީއޯ

ޖިއޯ ކެމްގެ ލެބޯޓްރީގައި މަސައްކަތް ކުރާނީ އެ ކުންފުނީގެ ސަޓިފައިޑް ކެމިސްޓުންނެވެ. އެކަމަކު މުސްތަގުބަލުގައި މި ލެބޯޓްރީގައި މަސައްކަތް ކުރާނެ ދިވެހިން ބިނާކުރަން އެ ކުންފުނީގެ ވިސްނުން އެބަހުއްޓެވެ. އެސްޓީއޯއިން ވެސް ވަނީ މީހުން ބިނާކުރަން އެއްބާރުލުން ދޭނެ ކަމަށް ބުނެފަ އެވެ.

މި ލެބޯޓްރީއަކީ އައިއެސްއޯ/އައިއީސީ މިންގަނޑަށް ފެތޭ ލެބޯޓްރީއެކެވެ. މިހެންކަމުން މި ލެބޯޓްރީން ދޫކުރަން ޓެސްޓުތައް ދުނިޔޭގެ ކޮންމެ ތަނަކުން ވެސް ބަލައިގަންނާނެ ކަމަށް އެސްޓީއޯއިން ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޒެޑެކްސްގެ ރީބްރޭންޑިންއަށް ކާމިޔާބު އަހަރެއް

ޒެޑެކްސް ރީބްރޭންޑްކުރި ފަހުން ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި، 200 އަށްވުރެ ގިނަ ދަރިވަރުންނަށް ރާއްޖެއިން ބޭރުން މަތީ ތައުލީމުގެ ފުރުސަތުތައް މުޅިން ހިލޭ ހޯދައިދީފައި. މި ކާމިޔާބީ ފާހަގަކުރުމަށް ޒެޑެކްސްއިން ހާއްސަ ގިވްއަވޭއެއް ކުރިއަށްގެންދާއިރު، ކުރިއަށް އޮތް އަހަރުތަކުގައި ދަރިވަރުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދޭނެ ކަމަށް ބުނޭ.

އައިކެއާ އިން އިސްރަށްވެހިންގެ ލޮލުގެ ސްކްރީނިންއެއް

ބައިނަލްއަޤްވާމީ ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމަށް ވިލިމާލެ ޕޮލިހުން ބޭއްވި "إސްރަށްވެހިންގެ އުފާ" ހަރަކާތުގައި، އައިކެއާ ހޮސްޕިޓަލުން ވަނީ އިސްރަށްވެހިންގެ ލޮލުގެ ސްކްރީނިންގއެއް ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތުގެ މަގްސަދަކީ ދުވަސްވީ މީހުންގެ ލޮލުގެ ސިއްހަތަށް ހޭލުންތެރިކަން އިތުރުކުރުމާއި، ގަވާއިދުން ލޯ ޗެކްކުރުމުގެ މުހިންމުކަން އަންގައިދިނުމެވެ.

އެމްއެޗްއޭގެ އީ-ކޮމާސް ވެބްސައިޓް އިފްތިތާހުކޮށްފި

އެމްއެޗްއޭގެ އީ-ކޮމާސް ވެބްސައިޓް އިފުތިތާހުކޮށް، ވިޔަފާރިތަކަށް ހޯލްސޭލްކޮށް މުދަލަށް އޯޑަރު ދިނުމާއި ލައިވް ސްޓޮކް ބަލައިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ. މި ވެބްސައިޓް މެދުވެރިކޮށް އޯޑަރުކުރާ މުދާ މާލެ އާއި ހުޅުމާލެއަށް ހިލޭ ޑެލިވަރީ ކޮށްދިނުމުގެ އިތުރުން، އަތޮޅުތެރޭގެ ބޯޓުފަހަރަށް ވެސް ޑެލިވަރީކޮށްދޭ.

ޓީޖީއެސްޓީ އުސޫލު ބަދަލުކުރާތީ މަޓާޓޯއިން މަރުހަބާކިޔައިފި

ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓީޖީއެސްޓީ ނަގާ ގޮތަށް އޮތް އުސޫލު ބަދަލުކުރަން ސަރުކާރުން ނިންމުމުން މަޓާޓޯއިން މަރުހަބާ ކިޔައިފި. މި ބަދަލަކީ ޓޫރިޒަމް ދާއިރާގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، ރާއްޖެއަކީ ބައިނަލްއަގުވާމީ މާކެޓުގައި ވާދަވެރި މަންޒިލެއްގެ ގޮތުގައި ބޭއްވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެ ޖަމިއްޔާއިން ދެކޭ.

ހުރިހާ ދިވެހިންގެ ރިސޯޓުތައް ވާނީ ބޮޑު ބަދަލަކަށް: ޗަމްޕާ އަފީފު

ސަރުކާރުން އިޢުލާނުކޮށްފައިވާ "ހުރިހާ ދިވެހިން ހިއްސާވާ 10 ރިސޯޓު" މަޝްރޫއަކީ އާންމު ރައްޔިތުންނަށް ޓޫރިޒަމްގެ މަންފާ ސީދާ ގޮތެއްގައި ލިބިގެންދާނެ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއިރު، ސަރުކާރުން މިހާރު ދަނީ މި ރިސޯޓުތައް ތަރައްޤީކުރާނެ ރަށްތައް ކަނޑައެޅުމުގެ މަސައްކަތް ކުރަމުން.

ގުދުރަތީ ދިރުންތަކާއި ސަގާފަތަށް ހާއްސަ ފުރަތަމަ މަޖައްލާ ނެރެފި

މި މަޖައްލާގެ އެންމެ ފާހަގަކޮށްލެވޭ އެއް ސިފައަކީ، މިއީ ރާއްޖޭގައި މިހާތަނަށް އެންމެ މީހަކު ހުރިހާ އާޓިކަލްތަކެއް ލިޔެ ޝާއިއުކޮށްގެން ނެރޭ ފުރަތަމަ މަޖައްލާއަށް ވުމެވެ. މަޖައްލާގެ ފައުންޑަރު އަދި ލިޔުންތެރިޔާ ޔާސިރު ސާލިހަކީ ރާއްޖޭގެ ރަށްތަކާ ގުޅޭ މައުލޫމާތު ފޯރުކޮށްދޭ ވެބްސައިޓެއް ކަމަށްވާ މޯލްޑިވްސް މައި އައިލެންޑްސްގެ ވެސް ބާނީ އެވެ.

ޓީޗަރުންނަށް ޕްރިމިއަމް ޓަޗުން ޑިސްކައުންޓް

މި އަހަރުގެ ޓީޗަރުންގެ ދުވަހާ ގުޅުވައިގެން ޕްރިމިއަމް ޓަޗުން ވިއްކާ ސެންޓާއި ކޮސްމެޓިކްސް ފަދަ ތަކެތިން ޓީޗަރުންނަށް ޚާއްސަ ޑިސްކައުންޓެއް ދިނުމަށް ވަނީ ނިންމާފައެވެ. މި މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި އޮފާގެ ދަށުން، ޓީޗަރުންގެ ކާޑު ދެއްކުމުން މާލެ އަދި ހުޅުމާލޭގެ ފިހާރަތަކުން ޑިސްކައުންޓް ލިބޭނެއެވެ.

Newsletter

Get the latest news delivered straight to your inbox