އީމާން ނިޔާވެއްޖެ ކަމަށް ޑޮކްޓަރުން ކަނޑައަޅައިފި: އޭޑީކޭ

އީމާން: އޭނާ ނިޔާވެއްޖެ ކަމަށް މިއަދު ހެނދުނު ވަނީ ކަނޑައަޅާފައި

އީމާން: އޭނާ ނިޔާވެއްޖެ ކަމަށް މިއަދު ހެނދުނު ވަނީ ކަނޑައަޅާފައި

ހުޅުމާލޭގައި ހިނގައިދިޔަ ނުރައްކާތެރި އެކްސިޑެންޓެއްގައި ސީރިއަސް އަނިޔާތަކެއްވި މާލެ ސިޓީ ކައުންސިލްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރު އައިމިނަތު އީމާން ނިޔާވި ކަމަށް އޭޑީކޭ ހޮސްޕިޓަލުން މިއަދު ހެނދުނު ނިންމައިފި އެވެ.

އެ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަފާލް އަހުމަދު "އަދަދު"އަށް ވިދާޅުވި ގޮތުގައި އީމާން ނިޔާވި ކަމަށް ނިންމާފައި ވަނީ މިއަދު ހެނދުނު 7:42ގަ އެވެ.

އިއްޔެ ދެ ފަހަރެއްގެ މަތިން އީމާން ނިޔާވެއްޖެ ކަމަށް މީޑިއާ އަދި ސޯޝަލް މީޑިއާގައި ހަބަރު ދައުރުވެފައިވެ އެވެ. މީޑިޔާތަކުން އެގޮތަށް ރިޕޯޓް ކުރީ މާލެ ސިޓީ ކައުންސިލްގެ މީޑިއާ ޑިރެކްޓަރު، މަރިޔަމް ޝިއުނާ އެފަދައިން މައުލޫމާތު ހިއްސާކުރުމުންނެވެ.

ނަމަވެސް, ފަހުން އޭޑީކޭއިން ވަނީ އޭނާ ނިޔާވި ކަމަށް ކަނޑަނާޅާ ކަމަށް ބުނެ، އެ ހަބަރުތައް ދޮގުކޮށްފަ އެވެ. އެއާ އެކު ސިޓީކައުންސިލުން ވެސް ވަނީ މައުލޫމާތުގެ ސައްހަކަން ޔަގީންނުކޮށް މީޑިއާތަކާ ހިއްސާކުރެވުނު ކަމަށްޓަކައި މާފަށް އެދިފަ އެވެ.

ހޮސްޕިޓަލުން އޭރު އެހެން ބުނީ އީމާންއާމެދު ޑޮކްޓަރުން އުއްމީދު ކަނޑާލައި ވެންޓިލޭޓަރުން ނަގަން ނިންމާފައިވަނިކޮށް, ޑޮކްޓަރުންނަށް އޭނާގެ ފަރާތުން އުއްމީދެއް ފެނުމާ ގުޅިގެންނެވެ. ނަމަވެސް, ވެންޓިލޭޓަރުގައި ފަރުވާ ދެމުން ދިޔަ އީމާންއަށް އެކްސިޑެންޓުން ލިބުނު ޒަހަމްތަކުން އަރައިނުގަނެވި, މިއަދު ހެނދުނު އޭނާ ނިޔާވެއްޖެ ކަމަށް އެންމެފަހުން ޑޮކްޓަރުން ކަނޑައެޅީ އެވެ.

އީމާން އެކްސިޑެންޓްވީ ހުޅުމާލޭގައި ކުލަ ނުލައި ހުރި ބަންޕަރެއް މަތިން ބާރު ސްޕީޑުގައި ސައިކަލް ދުއްވާފައި ދަނިކޮށް ކަހާލުމުގެ ސަބަބުންނެވެ. އިއްޔެ ހަވީރު ހިނގި އެ އެކްސިޑެންޓުގައި އީމާންގެ ބޮލަށް ބޮޑެތި އަނިޔާތަކެއްވެ، ސިކުނޑިއަށް ލޭ އެޅިފައިވާ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ މާލެ ސިޓީ ކައުންސިލްގެ އޮފިޝަލުން ވަނީ މީގެ ކުރިން ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox