ޗެމްޕިއަން ކުއީންސް އަތުން ސައިކްލޯން މޮޅުވެއްޖެ

Feb 24, 2022, 6:11 AM
ޗެމްޕިއަން ކުއީންސް އަތުން ސައިކްލޯން މޮޅުވެއްޖެ

ގައުމީ ބާސްކެޓްބޯޅަ ލީގުގައި ޗެމްޕިއަން ކުއީންސް ބާސްކެޓްބޯޅަ ކުލަބާއި ސައިކްލޯން ބާސްކެޓްބޯޅަ ކުލަބު ވާދަކުރި މެޗު ފޯރިގަދަ ކުޅުމަކަށް ފަހު ސައިކްލޯން ކާމިޔާބުކޮށްފި އެވެ.

ފަނަރަ ވަނަ ގައުމީ ބާސްކެޓްބޯޅަ ލީގުގައި މި އަހަރު ހަ ޓީމަކުން ވާދަކުރެ އެވެ. އެއީ ކުއީންސް، ސައިކްލޯން، އެލީޓް ސްޕޯޓްސް ކުލަބު، ލަޔަނެސް ސްޕޯޓްްސް ކުލަބު، ބެންޗް ސްޕޯޓްސް ކުލަބު އަދި ކީންސް ސްޕޯޓްސް ކުލަބެވެ.

އަންހެން ޑިވިޝަންގައި މިހާތަނަށް ކުޅުނު އެންމެ ފޯރިގަދަ އަދި ވާދަވެރި މެޗު ޗެމްޕިއަން ކުއީންސްއާ ވާދަކޮށް ސައިކްލޯނުން ވަނީ 64-62 ޕޮއިންޓުން ކާމިޔާބުކޮށްފަ އެވެ. ކުއީންސް އަކީ އެންމެ ފަހުން 2019 ވަނަ ބޭއްވި ގައުމީ ލީގާއި ގައުމީ ބާސްކެޓްބޯޅަ މުބާރާތުގެވެސް ޗެމްޕިއަނެވެ. މި ދެ މުބާރާތް ވެސް ކުއީންސް ކާމިޔާބުކުރީ އެއްވެސް މެޗަކުން ބަލިނުވެ އެވެ.

Advertisement

މެޗުގެ ފުރަތަމަ ތިން ކުއާޓާ ނިމުނުއިރު ކުއީންސް އޮތީ 11 ޕޮއިންޓްގެ ލީޑެއްގަ އެވެ. ފަހު ކުއާާޓާގައި އެޓީމަށް 12 ޕޮއިންޓްގެ ލީޑެއް ވެސް ލިބުނެވެ. ނަމަވެސް ބިދޭސީ ކުޅުންތެރިޔާ އަނާ ބޮރޮންޔަކް، ޝައިލާން އަފްޒަލް އަދި ފާތިމަތު އިޔާދާގެ މޮޅު ކުޅުމާއިއެކު ސައިކްލޯނުން ފަހު ކުއާޓާގައި އެކަނި 21 ޕޮއިންޓް ހޯދި އެވެ. ކުއީންސް އަށް މި ކުއާޓާގައި އެއްކުރެވުނީ އެންމެ އަށް ޕޮއިންޓެވެ. އެ ޓީމުން މި ކުއާޓާގައި ސްކޯކުރަން ލިބުނު ގިނަ ފުރުސަތުތަކެއް ބޭކާރުކޮށްލި އެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ލިބުނީ ކުއީންސްގެ އާމިނަތު ޝިއުރާ އަބްދުލްބާރީ އަށެވެ. އޭނާ 27 ޕޮއިންޓް ހޯދައިދީ 25 ރީބައުންޑް ނަގައި 5 އެސިސްޓް ކުރިއެވެ. ސައިކްލޯނަށް ބަލާއިރު، އަނާ ވަނީ އެ ޓީމަށް 30 ޕޮއިންޓް ހޯދައިދީ 12 ރިބައުންޑް ނަގައިދީފަ އެވެ.

މުބާރާތުގެ އަންހެން ޑިވިޝަންގައި ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ބެންޗުން ވަނީ ކީންސްގެ މައްޗަށް 124 ޕޮއިންޓް 21 ޕޮއިންޓުން ކުރި ހޯދައިފަ އެވެ. މެޗުގައި ބެންޗުގެ އިފާ އާތިފް އެޓީމަށް 52 ޕޮއިންޓް ހޯދައިދިންއިރު، އާމިނަތު އިސްރާއު ބެންޗަށް 48 ޕޮއިންޓް ހޯދައިދިނެވެ. ކީންސްއަށް އެންމެ ރަނގަޅު ކުޅުމެއް ދައްކައިދިނީ އެޓީމަށް 12 ޕޮއިންޓް ހޯދައިދިން އައިޝަތު އުމޭރާއެވެ.

އަންހެން ޑިވިޝަންގައި އެލީޓުން ވެސް ވަނީ އެ ޓީމު ކުޅުނު ދެވަނަ މެޗު ކާމިޔާބުކޮށްފަ އެވެ. ލަޔަނެސްއާ ވާދަކޮށް އެ ޓީމުން މި މެޗު ކާމިޔާބުކުރީ 75-49 ޕޮއިންޓުންނެވެ. މެޗުގައި އެލީޓްގެ އައިޝަތު އިނާޝާ އެޓީމަށް 18 ޕޮއިންޓް ހޯދައިދިންއިރު، ލީމް އަލީ ޝާހިދު އެޓީމަށް 15 ޕޮއިންޓް ހޯދައިދިނެވެ. ލަޔަނެސް އަށް އެންމެ ރަނގަޅު ކުޅުމެއް ދައްކައިދިނީ 14 ޕޮއިންޓް ހޯދައިދިން އައިޝަތު ޔާނިއާ އެވެ.

މުބާރާތުގައި މިއަދު ކުޅޭނީ ފިރިހެން ފިރިހެން ބައިގެ ތިން މެޗެވެ. ހަވީރު ކުޅޭނީ ދެ ވަނަ ޑިވިޝަންގެ ނައިޓްސް ބީސީ އާއި ވައިޕާސް ބީސީ އެވެ. މިރޭ ކުޅޭނީ ފުރަތަމަ ޑިވިޝަންގެ ދެ މެޗެވެ. ފުރަތަމަ މެޗުގައި ރެޕްޓާސް ބީސީ ނުކުންނާނީ ސްޓިންގާސް ބީސީއާ ދެކޮޅަށެވެ. އަދި ފަހު މެޗުގައި ބައުސް ނުކުންނާނީ ޗެމްޕިއަން ކިންގްސް ބީސީއާ ދެކޮޅަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިއްދޫ ކައިރިން އީގަލްސް އަށް ލިބުނީ ޕޮއިންޓެއް

ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫއާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ތާވަލުގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު އީގަލްސް އަށް ވަނީ ގެއްލިފައި. މި ނަތީޖާއާއެކު އީގަލްސް ތާވަލުގެ ދެވަނައިގައި އޮތީ އެއްވަނައިގައިވާ ވިކްޓަރީއާ އެއް އަދަދަކަށް ޕޮއިންޓް ލިބި، ލަނޑުގެ ތަފާތުން ފަހަތަށް ޖެހިގެން

ފީފާގެ ރައީސަކަށް ޔުއެފާގެ ކެންޑިޑޭޓަކީ ވެންގާ؟

ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އިން ނެރޭ ކެންޑިޑޭޓަކީ މަޝްހޫރު ކޯޗު އާސެން ވެންގާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި. އަންނަ އަހަރު ބާއްވާ އިންތިހާބަށް ވެންގާ ނެރުމާ ގުޅޭގޮތުން ޔުއެފާގެ އިސް އޮފިޝަލުން މަޝްވަރާ ކުރަމުންދާއިރު، އިންފަންޓީނޯ ވަނީ ހަތަރު ވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާނުކުރައްވާފައި

ފީފާ ކައުންސިލް ބައްދަލުވުމުގައި ނޭޕާލަށް ލުޔެއް ނެތް

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލަށް ކުރި ސަސްޕެންޝަން، އެންމެ ފަހުން ބޭއްވި ފީފާ ކައުންސިލް ބައްދަލުވުމުގައި ވެސް އުވާލާފައެއް ނުވޭ. މި ސަސްޕެންޝަނާ ގުޅިގެން، އަންނަ މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ނޭޕާލަށް ވަނީ ގެއްލިފައި

ރިސޯޓް ސުޕަ ލީގުގައި އޮޅުވެލި އަށް ބަރޮސް އަތުން ތަފާތު މޮޅެއް

ރިސޯޓް ސުޕަ ލީގުގައި ބަރޮސް އަތުން 7-2 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ، ސަން ސިޔާމް އޮޅުވެލިން ތަފާތު ބޮޑު ކާމިޔާބީއެއް ހޯދައިފި. މި މުބާރާތުގެ ކުރިއަށް ހުރި މެޗުތަކަށްފަހު އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކުގެ މެދުގައި ސެމީ ފައިނަލާއި ފައިނަލް މެޗުތައް މި މަހުގެ ފަހުކޮޅު ކުޅުމަށް ވަނީ ތާވަލުކުރެވިފައި

ޔުނައިޓެޑްގެ ވެރިންނަށް ފާޑުކިޔުމުން މާޓިނޭޒް ހޫނު ފެނަށް

މެންޗެސްޓާ ޔުނައިޓެޑްގެ މެނޭޖްމަންޓަށް ފާޑުކިޔައި އިންޓަވިއު ދިނުމާ ގުޅިގެން، ލިސަންޑްރޯ މާޓިނޭޒްއަށް ފިޔަވަޅު އަޅަން ނިންމައި އޭނާ ކްލަބުން ދޫކޮށްލުމުގެ ވިސްނުން ގެންގުޅެން ފަށައިފި. މާޓިނޭޒް ފަހުން އެކަމަށް މައާފަށް އެދުނު ނަމަވެސް، ކްލަބްގެ ކޯޗުން ބަދަލުކުރުމާއި ސްކޮޑުގެ ފެންވަރާ މެދު އޭނާ ދެއްކި ވާހަކަތަކުގެ ސަބަބުން ހާލަތު ވަނީ ގޯސްވެފައި

މައާފަށް އެދުމުން ވެސް އިންފަންޓީނޯ އަށް ތާއީދެއް ނެތް!

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ހެދުނު ގޯސްތަކަށް މައާފަށް އެދިވަޑައިގެންނެވި ނަމަވެސް، އޭނާ ފީފާ ލީޑުކުރުމަށް ކައުންސިލްގެ ގިނަ މެމްބަރުންގެ ތާއީދެއް ނެތް. މީގެ މައިގަނޑު ސަބަބަކީ މަޝްވަރާނުކޮށް ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލަން އުޅުމާއި، ސިޔާސީ ނުފޫޒުން ކުޅުންތެރިއެއްގެ ސަސްޕެންޝަނަށް ލުއިދިނުން

ދިއްދޫ އާއި ގައްދޫ އަށް އެފްއޭއެމް ދާއިމީ މެމްބަރުކަން ދީފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ހއ. ދިއްދޫ އަދި ގދ. ގައްދޫ ފުޓްބޯޅަ ޓީމަށް އެފްއޭއެމްގެ ދާއިމީ މެމްބަރުކަން ދިނުމަށް އެ އެސޯސިއޭޝަނުގެ ކޮންގްރެސްއިން އިއްތިފާގުން ފާސްކޮށްފި. މިއީ ރާއްޖޭގެ ފުޓްބޯޅަ ލާމަރުކަޒީކޮށް އަތޮޅުތަކުގެ ޓީމުތަކަށް ފުރުސަތު ފަހިކޮށްދިނުމަށް އެޅުނު ފިޔަވަޅެއް ކަމަށް

Newsletter

Get the latest news delivered straight to your inbox