މަސްތުވާތަކެއްޗާ ގުޅޭ މައުލޫމާތު އެއްތަނަކުން ލިބޭ ޑޭޝްބޯޑެއް ފުލުހުން އިފްތިތާހުކޮށްފި

ފުލުހުންގެ އިންޓަގްރޭޓެޑް ޑްރަގް އެންފޯސްމަންޓް ޑޭޝްބޯޑް: އެ ޑޭޝްބޮޑް ލޯންޗުކޮށްފައި ވަނީ މިއަދު-- ފޮޓޯ: އާއިމް ޒަމީރު / އަދަދު

ފުލުހުންގެ އިންޓަގްރޭޓެޑް ޑްރަގް އެންފޯސްމަންޓް ޑޭޝްބޯޑް: އެ ޑޭޝްބޮޑް ލޯންޗުކޮށްފައި ވަނީ މިއަދު-- ފޮޓޯ: އާއިމް ޒަމީރު / އަދަދު

މަސްތުވާތަކެއްޗާ ގުޅޭ ހުރިހާ މައުލޫމާތެއް އެއްތަނަކުން ލިބޭ ފުލުހުންގެ އިންޓަގްރޭޓެޑް ޑްރަގް އެންފޯސްމަންޓް ޑޭޝްބޯޑް މިއަދު ލޯންޗުކޮށްފި އެވެ.

އިންޓްގްރޭޓެޑް ޑޭޝްބޯޑަކީ މަސްތުވާތަކެތީގެ މައްސަލަތަކާ ގުޅޭ ތަފާސްހިސާބާއި އެ މައްސަލަތަކާ ގުޅޭ ތަފާތު އިތުރު މައުލޫމާތާއި ޑޭޓާތައް އެއްތާކުން ފަސޭހައިން ފެންނާނެހެން ތައްޔާރުކޮށްފައިވާ ސިސްޓަމެކެވެ.

އެ ޕޯޓަލަކީ މި އަހަރު ފެށުނީއްސުރެ ބޭނުން ކުރަމުންދާ ޕޯޓަލެކެވެ. ނަމަވެސް އެ ޕޯޓަލް ރަސްމީކޮށް ބޭނުން ކުރަން ފަށާފައި ވަނީ މިއަދު ނޫސްވެރިންނާއެކު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. އެ ޕޯޓަލް އިފްތިތާހުކޮށްދެއްވާފައި ވަނީ ޕޮލިސް ކޮމިޝަނާ މުހައްމަދު ހަމީދެވެ.

އޭގެ މައިގަނޑު މަގުސަދަކީ ފުލުހުންގެ މުއައްސަސާއިން ކުރެވޭ މަސައްކަތްތަކުގެ އަސްލު މައުލޫމާތު އާންމުންނަށް ފޯރުކޮށްދިނުމަށް ގާއިމް ކުރެވުނު ޕޯޓަލެއް ކަމަށް ފުލުހުން ބުންޏެވެ.

"އެގޮތުން އުންމީދަކީ ކުރިއަށް އޮތް ތަނުގައި އަތޮޅު ކޮމާންޑާ ލެވެލްގައި ފެށިގެން ހުރިހާ ޑިޒިޝަނެއް ނެގުމަށްޓަަކައި އެ ބޭފުޅަކު އެ ކްލިކް ކޮށްލައްވާ އަތޮޅެއް ނޫނީ ރަށަކާ ގުޅޭގޮތުން ހުރިހާ މައުލޫމާތެއް ލިބޭނެ ޑޭޝްބޯޑެއް،" ފުލުހުން ބުންޏެވެ.

އެ ޕޯޓަލް ލޯންޗު ކޮށްދެއްވުމަށްފަހު ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ އެ ޕޯޓަލުގެ ސަބަބުން، މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގާ އޮޕަރޭޝަންތައް މިހާރަށް ވުރެ ހަރުދަނާވެ، އެކަންކަމާގުޅޭ ސިޔާސަތުތައް ވެސް އިތުރަށް ވަރުގަދަކުރަން ފުރުސަތު ލިބޭނެ ކަމަށެވެ.

"މި ޕޯޓަލުން އަޅުގަނޑުމެންނަށް އެއްކުރެވޭ ޑޭޓާއިން އިތުރަށް ފުރިހަ މަކަމެއް ގެނެވިގެންދާނެ. އަޅުގަނޑުމެން އުއްމީދުކުރަނީ މި ޑޭޓާ އަޅުގަނޑުމެން ނެޝެނަލީ އިންޓަގްރޭޓްކުރެވޭ ވަރުގެ ޑޭޓާބޭސްއަކަށް ހެދުން،" ހަމީދު ވިދާޅުވި އެވެ.

މިއަދު ލޯންޗްކުރި އިންޓެގްރޭޓެޑް ޑޭޝްބޯޑުގެ ސަބަބުން، ވަކިވަކި ރަށްރަށާއި އަތޮޅުތަކުގައި މަސްތުވާތަކެތީގެ ހާލަތު އޮތް މިންވަރު އެވިޑެންސް ބޭސްޓް ޑޭޓާ މެދުވެރިކޮށް ފަސޭހައިން ބަލާލެވޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox