ޑްރަގް ކެފޭތަކަށް ކޮންމެ ދުވަހަކު 1118 ދިވެހިން ދޭ

ނޫސްވެރިންނަށް ދައްކާލުމަށް ފުލުހުން ތައްޔާރުކޮށްފައިވާ މަސްތުވާ ކެފޭއެއްގެ ސާމްޕަލެއް: އެފަދަ 46 ތަން މާލޭގައި ހިންގާ. -- ފޮޓޯ: އާއިމް ޒަމީރު / އަދަދު

ނޫސްވެރިންނަށް ދައްކާލުމަށް ފުލުހުން ތައްޔާރުކޮށްފައިވާ މަސްތުވާ ކެފޭއެއްގެ ސާމްޕަލެއް: އެފަދަ 46 ތަން މާލޭގައި ހިންގާ. -- ފޮޓޯ: އާއިމް ޒަމީރު / އަދަދު

މާލޭގައި ހިންގާ ޑްރަގް ކެފޭތަކުން އާންމުކޮށް 1118 ދިވެހިން ހިދުމަތް ހޯދަންދާ ކަމަށް ފުލުހުން ބުނެފި އެވެ.

މާލޭގައި މަސްތުވުމަށް ހާއްސަ ސާޅީހަށް ވުރެ ގިނަ ކެފޭ އޮޕަރޭޓް ކުރަމުން ދާއިރު މި އޮޕަރޭޝަންގައި އެކަނި މިހާތަނަށް ހުރިހާ ތަނެއް ވަނީ ބަންދުކޮށްފަ އެވެ. އެއީ ޖުމްލަ 46 ތަނެވެ. އެންމެ ފަހު ހަތަރު ތަން ބަންދު ކުރީ ރޭގެ ވަގުތެއްގަ އެވެ. އެ ތަންތަން ހިންގާ ގެތަކުގެ ނަންތަކާއެކު ފުލުހުން މިއަދު ވަނީ ނޫސްވެރިންނަށް ހާމަކޮށްފަ އެވެ.

ނޫސްވެރިންނާއެކު މިއަދު ބޭއްވި ހާއްސަ ބައްދަލުވުމެއްގައި ފުލުހުން ބުނީ މަސްތުވާން ކެފޭތަކަށްދާ މީހުންގެ ތެރެއިން 305 މީހުންނަކީ ޑުރަގް ފަރުވާއިން ވަކި ކޮށްފައިވާ މީހުން ކަަމަށެވެ. އަދި ޑްރަގް ކެފޭތަކަށްދާ މީހުންގެ ތެރެއިން 217 މީހަކީ ރިހިބިލިޓޭޝަން ފަރުވާ ދިނުމަށް ކޯޓްތަކުން އަމުރު ކޮށްފައިވާ މީހުން ކަމަށެވެ.

އޭގެ ތެރެއިން 141 މީހަކީ ދެވަނަ ހުކުމެއް ކޮށްފައިވާ މީހުން ކަމަށް ވާއިރު މައްސަލަ އަނބުރާ ފޮނުވާލާފައިވާ 101 މީހަކުވެސް މީގެ ތެރޭގައި ހިމެނެ އެވެ.

މަސްތުވާ ކެފޭތަކުން އާއްމުކޮށް ހިދުމަތް ހޯދާ 139 ބިދޭސީއަކު ވެސް އުޅޭއިރު ގިނައީ ބަންގްލަދޭޝް މީހުންނެވެ. ޖުމްލަ 134 ބަންގްލަދޭޝް މީހުން އެ ތަންތަނުން ކޮންމެ ދުވަހަކު ހިދުމަތް ހޯދާއިރު ދެން އެ ތަންތަނަށް ދަނީ އިންޑިއާ ތިން މީހަކާއި ލަންކާގެ ދެ މީހެކެވެ.

އާންމުކޮށް މަސްތުވާންދާ ތިން ގެ އެއް:

  1. މ. ސައްމާމުއާގެ
  2. މއ. ސެވަންއެންޑްހައުސް
  3. މ. ދެރަހަ

ކޮންމެ ދުވަހަކު ގަވައިދުން މަސްތުވާ ކެފޭތަކަށްދާ 1118 ދިވެހިންގެ ތެރޭގައި އެންމެ ގިނައީ މާލެ އަށް ނިސްބަތްވާ މީހުންނެވެ. އެ މީހުންގެ ތެރޭގައި 50 އަހަރުން މަތީގެ 56 މީހަކު ހިމެނެ އެވެ. އޭގެ ތެރޭގައި 57 އަންހެނުންވެސް ހިމެނެއިރު 14 ކުޑަކުދިންވެސް ހިމެނެ އެވެ.

2015 ވަނަ އަހަރުން ފެށިގެން މިދިޔަ އަހަރުގެ ނިޔަލަށް މަސްތުވާތްކެތީގެ ބޮޑެތި މައްސަލަތަކުގައި ޖުމްލަ 146 ބިދޭސީއަކު ހިމެނެ އެވެ. އެ މުއްދަތުގައި ބަނގުރާ ވިއްކާ ވިޔަފާރި ކުރުމުގައި 525 ބިދޭސީން ހިމެނޭ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox