ބާސްކެޓްބޯލް އެސޯސިއޭޝަންގެ ޕާޓްނަރަކަށް "އަދަދު" ހަމަޖައްސައިފި

Feb 17, 2022, 1:46 AM
ބާސްކެޓްބޯލް އެސޯސިއޭޝަންގެ ރައީސް އެޑަމް (ވ) އާއި އަދަދު ނޫހުގެ އެސޯސިއޭޓް އެޑިޓަރު/ސްޕޯޓްސް އައްޒާމް.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ބާސްކެޓްބޯލް އެސޯސިއޭޝަންގެ ރައީސް އެޑަމް (ވ) އާއި އަދަދު ނޫހުގެ އެސޯސިއޭޓް އެޑިޓަރު/ސްޕޯޓްސް އައްޒާމް.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ)ގެ އޮންލައިން ޕާޓްނަރަކަށް "އަދަދު" ހަމަޖައްސައިފި އެވެ.

"އަދަދު"އާ އެކު ބާސްކެޓްބޯލް އެސޯސިއޭޝަނުން އެއްބަސްވުމުގައި ގާއިމްކުރިއިރު، އެސޯސިއޭޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރީ، އެމްބީއޭގެ ރައީސް އަހްމަދު އާދަމް (އެޑަމް) އެވެ. އަދި "އަދަދު"ގެ ފަރާތުން ސޮއިކުރީ އެސޯސިއޭޓް އެޑިޓަރު (ސްޕޯޓްސް)، އައްޒާމް އަލިފުޅު އެވެ.

ރާއްޖޭގައި އެންމެ ޒަމާނީ ވަސީލަތްތައް ތައާރަފްކޮށްގެން މުބާރާްތައް ހިންގާ އެސޯސިއޭޝަނެއްގެ ގޮތުގައި ފާހަގަކުރެވޭ އެމްބީއޭއާ އެކު "އަދަދު" އިން ހެދި ކޮންޓްރެކްޓާ އެކު، ބާސްކެޓްބޯޅަ ޕްރޮމޯޓްކުރުމުގެ ގިނަކަންކަން ކުރުމަށް ވަނީ އެއްބަސްވެފަ އެވެ.

އޭގެ ތެރޭގައި ކުޅުންތެރިން ޕްރޮމޯޓްކުރުމާއި ބާސްކެޓްބޯޅަ އެސޯސިއޭޝަން ހިންގުމުގައި ކުރަމުން އަންނަ ކަންތައްތަކާއި ޑިވެލޮޕްމަންޓާ ގުޅޭ މައުލޫމާތުތައް ތަފްސީލްކޮށް "އަދަދު" އިން ގެނެސްދޭނެ އެވެ. އަދި އޭގެ އިތުރުން އެމްބީއޭ އިން ރާވާހިންގާ މުބާރާތްތަކުގެ މައުލޫމާތު ގަވާއިދުން، "އަދަދު" ނޫހުން ގެނެސްދޭނެ އެވެ.

މީގެ އިތުރުން ވެސް މި އެއްބަސްވުމުގެ ތެރެއިން ބާސްކެޓްބޯޅަ ކްލަބްތަކުގެ ޕްރޮމޯޓް ކުރުމަށް، އެމްބީއޭ އާއި "އަދަދު" ގުޅިގެން ކްލަބްތަކަށް ފުރުސަތުތަކެއް ފަހިކޮށްދޭން ވަނީ މަޝްވަރާކުރެވިފަ އެވެ.

މިދިޔަ އަހަރު އޭޕްރީލް މަހު ވުޖޫދުވި "އަދަދު" ނޫހަކީ ރާއްޖޭގެ އެންމެ ބޮޑު ކުޅިވަރު އެސޯސިއޭޝަން ކަމަށްވާ ފުޓްބޯލް އެސޯސިއޭޝަން (އެފްއޭއެމް)ގެ ވެސް ޕާޓްނަރެކެވެ. އަދި މި އަހަރު ރާއްޖޭގައި ބޭއްވި އުރީދޫ ސާފް ޗެމްޕިއަންޝިޕްގެ އޮންލައިން އަދި ޕީއާރް ޕާޓްނަރަކީ ވެސް "އަދަދު" އެވެ. އަދި "އަދަދު" އަކީ ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް)ގެ ވެސް ޕާޓްނަރެކެވެ.

އަދި ބެޑްމިންޓަން ޑިވެލޮޕްމަންޓް ޕާޓްނަރެއްގެ ގޮތުގައި "އަދަދު" އިން ވަނީ ރިވައިވަލް ސްޕޯޓްސް ކްލަބާ އެކު ވެސް އެއްބަސްވުމެއް ގާއިމްކޮށްފަ އެެވެ. މީގެ އިތުރުން މުޅި ރާއްޖެ އަށް ހުޅުވާލައިގެން ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން ބާއްވާ ގޯލްޑަން ފުޓްސަލް މުބާރާތުގެ ޕީއާރް ޕާޓްނަރަކީ ވެސް "އަދަދު" އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިއްދޫ ކައިރިން އީގަލްސް އަށް ލިބުނީ ޕޮއިންޓެއް

ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫއާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ތާވަލުގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު އީގަލްސް އަށް ވަނީ ގެއްލިފައި. މި ނަތީޖާއާއެކު އީގަލްސް ތާވަލުގެ ދެވަނައިގައި އޮތީ އެއްވަނައިގައިވާ ވިކްޓަރީއާ އެއް އަދަދަކަށް ޕޮއިންޓް ލިބި، ލަނޑުގެ ތަފާތުން ފަހަތަށް ޖެހިގެން

ފީފާގެ ރައީސަކަށް ޔުއެފާގެ ކެންޑިޑޭޓަކީ ވެންގާ؟

ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އިން ނެރޭ ކެންޑިޑޭޓަކީ މަޝްހޫރު ކޯޗު އާސެން ވެންގާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި. އަންނަ އަހަރު ބާއްވާ އިންތިހާބަށް ވެންގާ ނެރުމާ ގުޅޭގޮތުން ޔުއެފާގެ އިސް އޮފިޝަލުން މަޝްވަރާ ކުރަމުންދާއިރު، އިންފަންޓީނޯ ވަނީ ހަތަރު ވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާނުކުރައްވާފައި

ފީފާ ކައުންސިލް ބައްދަލުވުމުގައި ނޭޕާލަށް ލުޔެއް ނެތް

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލަށް ކުރި ސަސްޕެންޝަން، އެންމެ ފަހުން ބޭއްވި ފީފާ ކައުންސިލް ބައްދަލުވުމުގައި ވެސް އުވާލާފައެއް ނުވޭ. މި ސަސްޕެންޝަނާ ގުޅިގެން، އަންނަ މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ނޭޕާލަށް ވަނީ ގެއްލިފައި

ރިސޯޓް ސުޕަ ލީގުގައި އޮޅުވެލި އަށް ބަރޮސް އަތުން ތަފާތު މޮޅެއް

ރިސޯޓް ސުޕަ ލީގުގައި ބަރޮސް އަތުން 7-2 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ، ސަން ސިޔާމް އޮޅުވެލިން ތަފާތު ބޮޑު ކާމިޔާބީއެއް ހޯދައިފި. މި މުބާރާތުގެ ކުރިއަށް ހުރި މެޗުތަކަށްފަހު އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކުގެ މެދުގައި ސެމީ ފައިނަލާއި ފައިނަލް މެޗުތައް މި މަހުގެ ފަހުކޮޅު ކުޅުމަށް ވަނީ ތާވަލުކުރެވިފައި

ޔުނައިޓެޑްގެ ވެރިންނަށް ފާޑުކިޔުމުން މާޓިނޭޒް ހޫނު ފެނަށް

މެންޗެސްޓާ ޔުނައިޓެޑްގެ މެނޭޖްމަންޓަށް ފާޑުކިޔައި އިންޓަވިއު ދިނުމާ ގުޅިގެން، ލިސަންޑްރޯ މާޓިނޭޒްއަށް ފިޔަވަޅު އަޅަން ނިންމައި އޭނާ ކްލަބުން ދޫކޮށްލުމުގެ ވިސްނުން ގެންގުޅެން ފަށައިފި. މާޓިނޭޒް ފަހުން އެކަމަށް މައާފަށް އެދުނު ނަމަވެސް، ކްލަބްގެ ކޯޗުން ބަދަލުކުރުމާއި ސްކޮޑުގެ ފެންވަރާ މެދު އޭނާ ދެއްކި ވާހަކަތަކުގެ ސަބަބުން ހާލަތު ވަނީ ގޯސްވެފައި

މައާފަށް އެދުމުން ވެސް އިންފަންޓީނޯ އަށް ތާއީދެއް ނެތް!

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ހެދުނު ގޯސްތަކަށް މައާފަށް އެދިވަޑައިގެންނެވި ނަމަވެސް، އޭނާ ފީފާ ލީޑުކުރުމަށް ކައުންސިލްގެ ގިނަ މެމްބަރުންގެ ތާއީދެއް ނެތް. މީގެ މައިގަނޑު ސަބަބަކީ މަޝްވަރާނުކޮށް ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލަން އުޅުމާއި، ސިޔާސީ ނުފޫޒުން ކުޅުންތެރިއެއްގެ ސަސްޕެންޝަނަށް ލުއިދިނުން

ދިއްދޫ އާއި ގައްދޫ އަށް އެފްއޭއެމް ދާއިމީ މެމްބަރުކަން ދީފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ހއ. ދިއްދޫ އަދި ގދ. ގައްދޫ ފުޓްބޯޅަ ޓީމަށް އެފްއޭއެމްގެ ދާއިމީ މެމްބަރުކަން ދިނުމަށް އެ އެސޯސިއޭޝަނުގެ ކޮންގްރެސްއިން އިއްތިފާގުން ފާސްކޮށްފި. މިއީ ރާއްޖޭގެ ފުޓްބޯޅަ ލާމަރުކަޒީކޮށް އަތޮޅުތަކުގެ ޓީމުތަކަށް ފުރުސަތު ފަހިކޮށްދިނުމަށް އެޅުނު ފިޔަވަޅެއް ކަމަށް

Newsletter

Get the latest news delivered straight to your inbox