އެސްޓީއޯ ތެޔޮ ލެބުން ވިޔަފާރިތަކާއި ކަސްޓަމަރުންނަށް ބާރުވެރިކަން

އެސްޓީއޯއިން ހަރަދުކޮށްގެން ހަދާފައިވާ ޖިއޯ-ކެމް މިޑްލް އީސްޓް ލެބޯޓްރީ: މި ލެބު ހިންގާ ޖިއޯ-ކެމް އަކީ ފިއުލް އަދި ކެމިކަލް ޓެސްޓިން ދާއިރާގައި ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ކުންފުންޏެއް. -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

އެސްޓީއޯއިން ހަރަދުކޮށްގެން ހަދާފައިވާ ޖިއޯ-ކެމް މިޑްލް އީސްޓް ލެބޯޓްރީ: މި ލެބު ހިންގާ ޖިއޯ-ކެމް އަކީ ފިއުލް އަދި ކެމިކަލް ޓެސްޓިން ދާއިރާގައި ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ކުންފުންޏެއް. -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

"މިއީ މުޅި ހަކަތައިގެ ސިނާއަތަށް ލިބުނު ކުރިއެރުމެއް,"

އެސްޓީއޯ އިން ހަރަދުކޮށްގެން ހުޅުވި ޖީއީއޯ-ކެމް ފިއުލް ޓެސްޓިން ލެބޯޓްރީއާ ގުޅިގެން އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވި އެވެ.

ފުރަތަމަ ލެބުގެ ކުރު ތައާރަފެކެވެ.

ޑުބާއީގެ ޖީއީއޯ-ކެމް ކުންފުނިން ހިންގާ ގޮތަށް އެސްޓީއޯއިން ހުޅުވީ މި ލެބޯޓްރީއަކީ ތެލުގެ ކޮލިޓީ ދެނެގަނެވޭނެ ނިޒާމެއް ގާއިމުކުރުމުގެ މަގުސަދުގައި ކުރި މަސައްކަތެކެވެ.

މި ލެބު ހިންގާ ކުންފުންޏަކީ މައުދަނާއި ކެމިކަލް ޓެސްޓިންގައި ފުންނާބު އުސް ކުންފުންޏެކެވެ. އެސްޓީއޯ އިން ލެބް ހިންގުމުގެ ބަދަލުގައި ފަންނީ ތަޖުރިބާ ހުރި ބަޔަކާ މިކަން ހަވާލުކުރީ، ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިގަންނަ ލެބަކަށް މި ލެބް ހެދުމުގެ ބޭނުމުގަ އެވެ.

އެކަމަށް ދުބާއީގެ ޖީއީއޯ ކެމް އަށް ވުރެ ވަކި ގާބިލު ބަޔަކު ނެތެވެ. އެ ކުންފުންޏަކީ މިކަމުގެ 21 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވާ، ބައިނަލްއަގުވާމީ ފެންވަރުގެ ހިދުމަތްދޭ ކުންފުންޏެކެވެ. މިހާރު ވެސް އެ ކުންފުނީގެ ޓެސްޓިން ހިދުމަތްތައް 17 ގައުމަކުން ލިބޭ އިރު، ތަރައްގީވެފައިވާ އިގުތިސޯދުތަކުގައި ވެސް ޖީއީއޯ ކެމުން ދަނީ ވިޔަފާރި ކުރަމުންނެވެ.

"ޖީއީއޯ ކެމް މިޑްލްއީސްޓް ކުންފުނިން އޮޕަރޭޓް ކުރާ ގޮތައް އެސްޓީއޯއިން ހުޅުވި މިލެބޯޓްރީގެ ސަބަބުން ރާއްޖެ އެތެރެކުރެވޭ ތެޔޮ ވަގުތުން ޓެސްޓުކުރުމަށް މަގުފަހިވެ، މިހާރު ރާއްޖެއިން ބޭރަށް ސާމްޕަލް ފޮނުވައިގެން ޓެސްޓުކުރާ ފަރާތްތަކަށް ބޮޑު ލުޔެއް ލިބިގެން ދާނެ"

އެންމެ ކޮލިޓީ މޮޅު މެޝިންތައް ހުންނަ މި ލެބޯޓްރީން ރާއްޖެއަށް އެތެރެކުރާ މައިގަނޑު ތިން ބާވަތުގެ ތެޔޮ، ޑީސަލާއި ޕެޓްރޯލާއި އޭވިއޭޝަން ފިއުލް ޓެސްޓު ކުރެވޭނެ އެވެ.

އެސްޓީއޯ ޖީއީއޯ ކެމް މިޑްލް އީސްޓް ލެބޯޓްރީގައި ބޭނުންކުރާ ބައެއް މެޝިންތައް: މިއީ އެންމެ ކޮލިޓީ "ސްޓޭޓް އޮފް އާޓް" މެޝިންތަކެއް. -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު
އެސްޓީއޯ ޖީއީއޯ ކެމް މިޑްލް އީސްޓް ލެބޯޓްރީގައި ބޭނުންކުރާ ބައެއް މެޝިންތައް: މިއީ އެންމެ ކޮލިޓީ "ސްޓޭޓް އޮފް އާޓް" މެޝިންތަކެއް. -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

އެސްޓީއޯ ޖީއީއޯ ކެމް މިޑްލް އީސްޓް ލެބޯޓްރީގައި ބޭނުންކުރާ ބައެއް މެޝިންތައް: މިއީ އެންމެ ކޮލިޓީ "ސްޓޭޓް އޮފް އާޓް" މެޝިންތަކެއް. -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ޖީއީއޯ ކެމްއާ ލެބު ހިންގަން ހަވާލުކުރި އަނެއް ސަބަބަކީ ޓެސްޓުތަކުގެ އިންޑިޕެންޑެންސީ އަދި ކްރެޑިބިލިޓީ ހިފެހެއްޓުމެވެ. ސެޓިފިކެޓު ވެސް ދޫކުރާނީ ސީދީ ޖީއީއޯ ކެމް މިޑްލް އީސްޓުންނެވެ. މިތަނުން ދޫކުރާ ސެޓިފިކެޓަކީ އައިއެސްއީ އަދި އައިސީސީ 17025:2017 އެކްރިޑޭޝަން ލިބިފައިވާ ސެޓިފިކެޓުތަކެއް ކަމުން، ދުނިޔޭގެ ކޮންމެ ތާކުން ވެސް މި ސެޓިފިކެޓުތައް ބަލައިގަންނާނެ އެވެ.

ދެން މި ލެބުން ކުރާނެ ފައިދާތަކުގެ ވާހަކަ އެވެ.

އަމްރު ވިދާޅުވި ފަދައިން މިއީ ހަގީގަތުގައި ވެސް ފައިދާތަކެއް ކުރާނެ ލެބެއްތޯ ދެނެގަންނަން ސުވާލުކުރީ މި ލެބު ބޭނުންކުރާނެ ވިޔަފާރިތަކާ އެވެ. ފުރަތަމަ ވާހަކަ ދެއްކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ އެމްއޭސީއެލްއާ އެވެ. ސަބަބަކީ ލެބު ހުޅުވުމަށް ފަހު އޭވިއޭޝަން ސިނާއަތުގެ ވާހަކަ އެންމެ ބޮޑަށް ދެކެވުނީމަ އެވެ.

"އޭވިއޭޝަން ދާއިރާގައި ބޭނުންކުރާ ޖެޓް ފިއުލް ޝިޕްމަންޓް ރާއްޖެ ގެންނަ ކޮންމެ ފަހަރަކު ރީ-ޓެސްޓުކުރުމަށްޓަކައި، ރާއްޖެއިން ބޭރަށް ސާމްޕަލްތައް ފޮނުވުން ނިމުމަކަށް ގެނެވޭނެ"

މިކަމާ ގުޅިގެން ސުވާލުކުރުމުން އެމްއޭސީއެލްގެ ކޮމިއުނިކޭޝަން އޮފިސަރު ޝައްމާން ޝަރީފް "އަދަދު" ނޫހަށް ވިދާޅުވީ އެމްއޭސީއެލްއަށް މިކަމުން ދެގޮތަކަށް ފައިދާ ކުރާނެ ކަމަށެވެ. އެއީ ހަރަދާއި ވަގުތު ސަލާމަތްކުރެވުމެވެ.

ބައިނަލްއަގުވާމީ ވައިގެ ދަތުރުފަތުރުގެ ގަވާއިދުތައް އޮންނަ ގޮތުން، ފްލައިޓަކަށް ތެޔޮ އެޅުމުގެ ކުރިން ޓޭންކުގައި ހުރި ތެޔޮ ޓެސްޓުކުރަން ޖެހެ އެވެ. މިއީ ފްލައިޓުތަކަށް އަޅާ ތެލުގެ ކޮލިޓީ ކަށަވަރުކޮށް، އެއާލައިން ސިނާއަތުގެ ރައްކާތެރިކަން ދަމަހައްޓަން ގެންގުޅޭ އުސޫލެކެވެ. މިހެންކަމުން، ފްލައިޓުތަކަށް ތެޔޮ އެޅުމުގެ ކުރިން އެ ޓެސްޓު ކުރަން އެއާޕޯޓު ހިންގާ ބަޔަކަށް މަޖުބޫރެވެ.

ރާއްޖޭގައި ލެބު ހުޅުވުމާ ހަމައަށް އެމްއޭސީއެލުން މިކަން ކުރަމުން ދިޔަ ގޮތަކީ ތެޔޮ ޝިޕްމަންޓުތަކުގެ ސާމްޕަލްތައް ރާއްޖޭން ބޭރަށް ފޮނުވައިގެންނެވެ. ފޮނުވަނީ ޑުބާއީގައި ހުންނަ ޖީއީއޯ ކެމްގެ ލެބަށެވެ. ކޮންމެ ދިހަ ދުވަހަކުން އެމްއޭސީއެލަށް ތެޔޮ ޝިޕްމަންޓެއް ލިބޭއިރު، ކޮންމެ ފަހަރަކު މި ސާމްޕަލްތައް ބޭރަށް ފޮނުވުމަކީ ބޮޑު ހަރަދެއް ހިނގާ ކަމަކެވެ.

"މި ސާމްޕަލްތައް ފޮނުވަން ޖެހެނީ ޑޭންޖަރަސް ގުޑްސްގެ ގޮތުގައި. ގިނަ އެއާލައިންތަކުން ނުވެސް ފޮނުވޭ. އެކަމަކު އެއްވެސް ޓޭންކަކުން ފްލައިޓަކަށް ތެޔޮ އެޅޭނީ ޓެސްޓުގެ ނަތީޖާ ލިބިގެން"

ސީދާ އަދަދެއް ހާމަނުކޮށް އެމްއޭސީއެލުން ބުނީ ބޭރަށް ނުފޮނުވާ ރާއްޖޭގައި ސާމްޕަލްތައް ޓެސްޓު ކުރެވޭނެ މަގުފަހިވެފައި ވުމުން ލޮޖިސްޓިކްސް ހަރަދު އެއްކޮށް ސަލާމަތްކުރެވޭނެ ކަމަށެވެ.

އެސްޓީއޯ ޖީއީއޯ ކެމް ފިއުލް ޓެސްޓިން ލެބޯޓްރީ މެޝިންތަކެއް: މި ލެބުގައި ހުންނަނީ ޖީއީއޯ ކެމްގެ އެހެން ލެބޯޓްރީތަކުގައި ވެސް ބޭނުންކުރާ މެޝިނު. -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު
އެސްޓީއޯ ޖީއީއޯ ކެމް ފިއުލް ޓެސްޓިން ލެބޯޓްރީ މެޝިންތަކެއް: މި ލެބުގައި ހުންނަނީ ޖީއީއޯ ކެމްގެ އެހެން ލެބޯޓްރީތަކުގައި ވެސް ބޭނުންކުރާ މެޝިނު. -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

އެސްޓީއޯ ޖީއީއޯ ކެމް ފިއުލް ޓެސްޓިން ލެބޯޓްރީ މެޝިންތަކެއް: މި ލެބުގައި ހުންނަނީ ޖީއީއޯ ކެމްގެ އެހެން ލެބޯޓްރީތަކުގައި ވެސް ބޭނުންކުރާ މެޝިނު. -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

މިއިން ކޮންމެ ސާމްޕަލެއް ބޭރަށް ފޮނުވަން ޖެހުމުން ނިކުންނަ އަނެއް މައްސަލައަކީ ވަގުތު ބޭކާރުވުމެވެ. ޓެސްޓު ހަތަރު ގަޑިއިރެއްހާ އިރުގެ ތެރޭގައި ނިމުނު ނަމަވެސް، ސާމްޕަލް ފޮނުވަން ޖެހޭތީ މިކަން އެންމެ އަވަހަށް ވެސް ވަނީ ދެ ދުވަހުން ޝައްމާން ފާހަގަކުރެއްވި އެވެ.

"ފޯ ޓު ފައިވް ހަވާސް ތެރޭ ޕްރޮސެސްވާ ޓެސްޓުގެ ނަތީޖާ އެންމެ އާޖަންޓުކޮށްވެސް ލިބެނީ ދެ ދުވަސް ފަހުން"

އެކަމަކު ސީދާ މާލެއިން ޓެސްޓު ކުރެވެން އޮތުމާ އެކު، މިހާރު ގިނަވެގެން އަށް ގަޑިއިރުގެ ތެރޭގައި މުޅި ޕްރޮސެސް އެއްކޮށް ނިމޭނެ އެވެ. މިއީ އެމްއޭސީއެލަށް ބޮޑު ފަސޭހައެއް ކަމަށް ޝައްމާން ވިދާޅުވި އެވެ.

އޭގެ އިތުރުން އެއާޕޯޓުގެ ކެޕޭސިޓީ އިތުރުކޮށް ފިއުލް ފާމް އަޕްގްރޭޑު ކުރުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައި، މި ލެބުގެ ސަބަބުން ހިދުމަތް ދޭން ހުރި ބައެއް ގޮންޖެހުންތައް ނައްތާލެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ދެން މިކަމުގައި ވާހަކަ ދެއްކީ އެސްޓީއޯ ނަގާފައި ތެލުގެ ވިޔަފާރި އެންމެ ފުޅާކޮށް ކުރާ އެއް ކުންފުނީގެ މަސްއޫލުވެރިޔަކާ އެވެ. ނަން ނުޖަހާ ގޮތަށް އޭނާ ވެސް ވިދާޅުވީ މި ލެބަށް ހަކަތައިގެ ވިޔަފާރިތަކާއި ކަސްޓަމަރުން ވެސް މަރުހަބާ ކިޔާ ކަމަށެވެ.

"ލެބޯޓްރީސްތައް ހުރުމަކީ އެއީ ތެޔޮ ގަންނަ އެންމެނަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް. ކުރިން ބަރޯސާވާން ޖެހެނީ ލޯޑް ޕޯޓް ޑޮކިޔުމަންޓަށް. މިކޮޅުން ޓެސްޓު ކުރެވެންޏާ ކަސްޓަމަރުންނަށް އޮންނާނެ އެޅޭ ތެލާ މެދުގައި ޔަގީންކަން"

ކޮލިޓީ ކަށަވަރުކުރުން މުހިންމު ވަނީ ކީއްވެގެން ކަން ކިޔައި ދެއްވަމުން އޭނާ ވިދާޅުވީ ކަސްޓަމަރުންގެ އިތުބާރު ދަމަހައްޓަން ޓެސްޓު ކުރެވޭނެ ގޮތެއް ކޮންމެހެން ވެސް ބޭނުން ކަމަށެވެ. އަދި ތެލުގެ ކޮލިޓީއާ މެދު ސުވާލު އުފެދޭ ހާލަތެއްގައި ވެސް މިއީ މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ރާއްޖޭގައި ތެޔޮ މި ގަންނަ ބޭފުޅުން، މިސާލަކަށް މަސް ދޯންޏެއް ކަމުގައި ވިޔަސް ލޯންޗެއް ވިޔަސް ކާގޯ ދޯންޏެއް ކަމުގައި ވިޔަސް ޖަނަރޭޓަރަކަސް ރިސޯޓަކަސް އެޅޭ ތެލާ މެދު ޔަގީންކަމެއް ނޯވޭ. މިހާރު އޮންނާނެ އެޅޭ ތެލުގެ ގްރޭޑު ކަށަވަރު ކުރެވޭނެ ގޮތެއް"

ކަމުގެ ބޭނުންތެރި ކަމަށާއި މީގެ ސަބަބުން ލިބޭނެ ފަސޭހަތަކަށް ބަލާއިރު، އަމްރު ވިދާޅުވި ފަދައިން އޭނާ ވެސް ވިދާޅުވި ގޮތުގައި މިއީ ހަކަތައިގެ ދާއިރާއަށް ލިބިގެން ދިޔަ ބޮޑު ކުރިއެރުމެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޒެޑެކްސްގެ ރީބްރޭންޑިންއަށް ކާމިޔާބު އަހަރެއް

ޒެޑެކްސް ރީބްރޭންޑްކުރި ފަހުން ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި، 200 އަށްވުރެ ގިނަ ދަރިވަރުންނަށް ރާއްޖެއިން ބޭރުން މަތީ ތައުލީމުގެ ފުރުސަތުތައް މުޅިން ހިލޭ ހޯދައިދީފައި. މި ކާމިޔާބީ ފާހަގަކުރުމަށް ޒެޑެކްސްއިން ހާއްސަ ގިވްއަވޭއެއް ކުރިއަށްގެންދާއިރު، ކުރިއަށް އޮތް އަހަރުތަކުގައި ދަރިވަރުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދޭނެ ކަމަށް ބުނޭ.

އައިކެއާ އިން އިސްރަށްވެހިންގެ ލޮލުގެ ސްކްރީނިންއެއް

ބައިނަލްއަޤްވާމީ ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމަށް ވިލިމާލެ ޕޮލިހުން ބޭއްވި "إސްރަށްވެހިންގެ އުފާ" ހަރަކާތުގައި، އައިކެއާ ހޮސްޕިޓަލުން ވަނީ އިސްރަށްވެހިންގެ ލޮލުގެ ސްކްރީނިންގއެއް ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތުގެ މަގްސަދަކީ ދުވަސްވީ މީހުންގެ ލޮލުގެ ސިއްހަތަށް ހޭލުންތެރިކަން އިތުރުކުރުމާއި، ގަވާއިދުން ލޯ ޗެކްކުރުމުގެ މުހިންމުކަން އަންގައިދިނުމެވެ.

އެމްއެޗްއޭގެ އީ-ކޮމާސް ވެބްސައިޓް އިފްތިތާހުކޮށްފި

އެމްއެޗްއޭގެ އީ-ކޮމާސް ވެބްސައިޓް އިފުތިތާހުކޮށް، ވިޔަފާރިތަކަށް ހޯލްސޭލްކޮށް މުދަލަށް އޯޑަރު ދިނުމާއި ލައިވް ސްޓޮކް ބަލައިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ. މި ވެބްސައިޓް މެދުވެރިކޮށް އޯޑަރުކުރާ މުދާ މާލެ އާއި ހުޅުމާލެއަށް ހިލޭ ޑެލިވަރީ ކޮށްދިނުމުގެ އިތުރުން، އަތޮޅުތެރޭގެ ބޯޓުފަހަރަށް ވެސް ޑެލިވަރީކޮށްދޭ.

ޓީޖީއެސްޓީ އުސޫލު ބަދަލުކުރާތީ މަޓާޓޯއިން މަރުހަބާކިޔައިފި

ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޓީޖީއެސްޓީ ނަގާ ގޮތަށް އޮތް އުސޫލު ބަދަލުކުރަން ސަރުކާރުން ނިންމުމުން މަޓާޓޯއިން މަރުހަބާ ކިޔައިފި. މި ބަދަލަކީ ޓޫރިޒަމް ދާއިރާގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، ރާއްޖެއަކީ ބައިނަލްއަގުވާމީ މާކެޓުގައި ވާދަވެރި މަންޒިލެއްގެ ގޮތުގައި ބޭއްވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެ ޖަމިއްޔާއިން ދެކޭ.

ހުރިހާ ދިވެހިންގެ ރިސޯޓުތައް ވާނީ ބޮޑު ބަދަލަކަށް: ޗަމްޕާ އަފީފު

ސަރުކާރުން އިޢުލާނުކޮށްފައިވާ "ހުރިހާ ދިވެހިން ހިއްސާވާ 10 ރިސޯޓު" މަޝްރޫއަކީ އާންމު ރައްޔިތުންނަށް ޓޫރިޒަމްގެ މަންފާ ސީދާ ގޮތެއްގައި ލިބިގެންދާނެ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއިރު، ސަރުކާރުން މިހާރު ދަނީ މި ރިސޯޓުތައް ތަރައްޤީކުރާނެ ރަށްތައް ކަނޑައެޅުމުގެ މަސައްކަތް ކުރަމުން.

ގުދުރަތީ ދިރުންތަކާއި ސަގާފަތަށް ހާއްސަ ފުރަތަމަ މަޖައްލާ ނެރެފި

މި މަޖައްލާގެ އެންމެ ފާހަގަކޮށްލެވޭ އެއް ސިފައަކީ، މިއީ ރާއްޖޭގައި މިހާތަނަށް އެންމެ މީހަކު ހުރިހާ އާޓިކަލްތަކެއް ލިޔެ ޝާއިއުކޮށްގެން ނެރޭ ފުރަތަމަ މަޖައްލާއަށް ވުމެވެ. މަޖައްލާގެ ފައުންޑަރު އަދި ލިޔުންތެރިޔާ ޔާސިރު ސާލިހަކީ ރާއްޖޭގެ ރަށްތަކާ ގުޅޭ މައުލޫމާތު ފޯރުކޮށްދޭ ވެބްސައިޓެއް ކަމަށްވާ މޯލްޑިވްސް މައި އައިލެންޑްސްގެ ވެސް ބާނީ އެވެ.

ޓީޗަރުންނަށް ޕްރިމިއަމް ޓަޗުން ޑިސްކައުންޓް

މި އަހަރުގެ ޓީޗަރުންގެ ދުވަހާ ގުޅުވައިގެން ޕްރިމިއަމް ޓަޗުން ވިއްކާ ސެންޓާއި ކޮސްމެޓިކްސް ފަދަ ތަކެތިން ޓީޗަރުންނަށް ޚާއްސަ ޑިސްކައުންޓެއް ދިނުމަށް ވަނީ ނިންމާފައެވެ. މި މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި އޮފާގެ ދަށުން، ޓީޗަރުންގެ ކާޑު ދެއްކުމުން މާލެ އަދި ހުޅުމާލޭގެ ފިހާރަތަކުން ޑިސްކައުންޓް ލިބޭނެއެވެ.

Newsletter

Get the latest news delivered straight to your inbox