އުމްރާވެރިންގެ ހައްގުތައް ކަށަވަރު ކުރުމަށް އާ އުސޫލެއް ހަދައިފި

މައްކާގެ ގެފުޅު ކައިރީގައި ބަޔަކުު އަޅުކަން ކުރަނީ: އާ އުސޫލުގެ ދަށުން އުމްރާވެރިންގެ ހައްގުތައް ވަރަށް ބޮޑަށް ހިމާޔަތް ކުރެވޭނެ -- ފޮޓޯ: އޭއެފްޕީ

މައްކާގެ ގެފުޅު ކައިރީގައި ބަޔަކުު އަޅުކަން ކުރަނީ: އާ އުސޫލުގެ ދަށުން އުމްރާވެރިންގެ ހައްގުތައް ވަރަށް ބޮޑަށް ހިމާޔަތް ކުރެވޭނެ -- ފޮޓޯ: އޭއެފްޕީ

ރާއްޖެއިން އުމްރާއަށް މީހުން ގެންދާ ފަރާތްތަކާއި އުމްރާވެރީންގެ ހައްގުތައް ހިމާޔަތްކޮށްދިނުމަށް ގިނަ ކަންތައްތަކެއް ހިމެނޭ އުސޫލެއް އިސްލާމިކް މިނިސްޓްރީން އެކުލަވާލައި، އާންމުކޮށްފި އެވެ.

އެފަދަ އުސޫލެއް އެކުލަވާލުމުގެ ބޭނުމަކީ އުމްރާއަށް ދާން ބޭނުންވާ ދިވެހިންގެ ފައިސާ ރައްކާތެރިކަމާއެކު ބެލެހެއްޓޭނެ ގޮތްތަކާއި ފެންވަރު ރަނގަޅު ހިދުމަތެއް ލިބޭނެފަދަ އިންތިޒާމެއް ހަމަޖައްސައިދިނުން ކަމަށް މިނިސްޓްރީން ބުނެ އެވެ.

އުމްރާއަށް ގެންދިއުމުގެ އުސޫލުގެ ދަށުން ރާއްޖޭގައި އުމްރާގެ ހިދުމަތް ދޭ ކުންފުނިތަކުގެ ހިދުމަތާގުޅޭ ކަންކަން ރެގިއުލޭޓްކޮށް ބެލެހެއްޓުމަށް މަގުފަހިގެންދާނެ ކަމަށް ގަވާއިދުގައި ބުނެފައިވެ އެވެ.

އެގޮތުން، އާ ގަވާއިދުވާ ގޮތުން މީގެ ފަހުން އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ދޫކުރާނީ ދެ އަހަރު ދުވަހުގެ މުއްދަތަށް 100 ޕަސަންޓް ދިވެހިންގެ ހިއްސާ އޮންނަ ކުންފުނިތަކަށެވެ.

އުމްރާއަށް ގެންދިއުމުގެ ހުއްދައަށް އެދޭ ކުންފުނީގެ ޑިރެކްޓަރުންނަކީ ޖިނާއީ ކުށެއްގައި ހުކުމެއް ތަންފީޒު ކުރަމުންދާ މީހެއް ކަމުގައި ވެގެންނުވާނެ އެވެ. ނުވަތަ އެމީހަކީ ހުއްދައަށް އެދި ހުށަހަޅާ ތާރީހުން ފެށިގެން ވޭތުވެދިޔަ ފަސް އަހަރުދުވަހުގެ މުއްދަތުގައި އޭނާގެ މައްޗަށް ޖިނާއީ ހުކުމެއް ސާބިތުވެފައިވާ މީހެއް ކަމުގައި ވެގެންނުވާނެ ކަމަށް އުސޫލުގައި ބުނެ އެވެ.

އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ލިބޭ ކުންފުނިތަކުން، ހުއްދަ ލިބޭތާ ގިނަވެގެން 15 ދުވަހުގެ ތެރޭގައި ވަކި މިންގަނޑަކަށް ފެތޭ ގޮތަށް، އުމްރާއަށް ދިޔުމަށް އެދޭ ފަރާތްތަކަށް ހިދުމަތްދޭ އޮފީހެއް ގާއިމުކުރަންޖެހެ އެވެ.

އޭގެ އިތުރުން، އުމްރާއަށް މީހުން ގެންދިއުމަށް ހުއްދަ ދޭ ފަރާތްތަކުގެ ދަފުތަރެއް މިނިސްޓްރީގައި އޮންނަންވާނެ ކަމަށް އުސޫލުގައި ބަޔާންކޮށްފައިވާއިރު، އެ ދަފްތަރަށް އަންނަ ބަދަލުތައް ދުވަހުން ދުވަހަށް އަދާހަމަކުރަންޖެހޭނެ ކަމަށް ވެސް ބަޔާންކޮށްފައިވެ އެވެ.

މީގެ އިތުރުން، ކުންފުންޏާއި އުމްރާއަށް ދާ ފަރާތާ ދެމެދު ވެވޭ އެއްބަސްވުމެއްގައި ސޮއިކުރަން އެ އުސޫލުގައި ލާޒިމުކޮށްފައިވާއިރު، އެ އެއްބަސްވުމުގައި، އުމްރާ ދަތުރުގެ ޖުމުލަ އަގާއި ކުންފުނިން ފޯރުކޮށްދޭނެ އެންމެހައި ހިދުމަތްތައް ހިމަނައިފައި އޮންނަންޖެހެ އެވެ.

އެ އުސޫލުގައި އުމްރާއަށް ގެންދިއުމަށް ފައިސާ ޖަމާކުރުމަށް ކުންފުނީގެ ވަކި ހާއްސަ ބޭންކް އެކައުންޓެއް ހުޅުވަން ލާޒިމުކޮށްފައިވާއިރު އެ ނޫން އެކައުންޓަކަށް ފައިސާ ޖަމާކުރުމާއި، ފައިސާ ދެއްކިކަމުގެ ރަސީދު ނުދީ ފައިސާ ބަލައިގަތުމަކީ މަނާކަމެެކެވެ.

އަދި އުމްރާއަށް ގޮސް ތިބޭ ދުވަސްވަރު، އެ ކުންފުންޏެއްގެ އުމްރާ ޕެކޭޖުގައިވާ ގޮތުގެ މަތީން އުމްރާވެރީންނަށް ހުރުމާއި ކެއިންބުއިމާއި އެއްގަމުގެ ދަތުރުތައް އެއްބަސްވުމުގައިވާ ގޮތުގެ މަތިން ހަމަޖައްސައިދޭންވާނެ ކަމަށް ބަޔާންކޮށްފައިވެ އެވެ.

އެގޮތުން، ކުންފުނީގެ ބެލުމުގެ ދަށުން އުމްރާއަށް ގެންދާ މީހުންގެ ދަތުރު ހަމަޖެހިފައިވާ ގޮތުގެ ތަފްސީލާއި ދަތުރު ރޭވިފައިވާ ގޮތް އުމްރާއަށް ފުރުމުގެ 20 ދުވަސް ކުރިން މިނިސްޓްރީއަށް އަންގަންޖެހެ އެވެ. އަދި އުމްރާއަށް ފުރުމުގެ ފަސް ދުވަހުގެ ކުރިން، އުމްރާއަށް ފުރާ މީހުންގެ ހުރިހާ ތަފްސީލަކާއި، ޓިކެޓާއި، މައްކާއާއި މަދީނާގެ ހުރުމާއި ކެއުން ހަމަޖެހިފައިވާކަމުގެ ލިޔުމެއް މިނިސްޓްރީއަށް ހުށަހަޅަންޖެހެ އެވެ.

މި އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އަމަލު ނުކޮށްފިނަމަ ދެވޭ އަދަބުތަކުގެ ތެރޭގައި ޖޫރިމަނާކުރުމާއި ހުއްދަ ބާތިލުކުރުމުގެ އިތުރުން މައްސަލައިގެ ބާވަތާއި ކުޑަބޮޑުމިނަށް ބަލައި، އެމައްސަލައަކީ ޖިނާއީ މައްސަލައެއް ނަމަ، ފުލުހުންނަށް ހުށަހެޅޭނެ އެވެ. އަދި އެ މައްސަލައަކީ މަދަނީ މައްސަލައެއް ނަމަ، އެޓާނީ ޖެނަރަލްގެ އޮފީހަށް ފޮނުވޭނެ ކަމަށް އުސޫލުގައި ބުނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox