އިލްމުވެރިންނަށާއި އިމާމުންނަށް ދީން އުނގަންނައިދޭން މުސްލިމް ވާލްޑް ލީގުން އެހީތެރިވަނީ

މުސްލިމް ވާލްޑް ލީގުގެ ސެކެޓްރީ ޖެނެރަލް މުހައްމަދު ބިން އަބްދުލްކަރީމް އަލް އީސާ: ރާއްޖެ ވަޑައިގެން އުޅުއްވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދައުވަތަކަށް. -- ފޮޓޯ: ފޮރިން މިނިސްޓްރީ

މުސްލިމް ވާލްޑް ލީގުގެ ސެކެޓްރީ ޖެނެރަލް މުހައްމަދު ބިން އަބްދުލްކަރީމް އަލް އީސާ: ރާއްޖެ ވަޑައިގެން އުޅުއްވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދައުވަތަކަށް. -- ފޮޓޯ: ފޮރިން މިނިސްޓްރީ

ދީނީ އިލްމުވެރިންނާއި އިމާމުންނަށް އިސްލާމު ދީނުގެ އަސްލު ގޮވާލުމާ އެއްގޮތަށް ދީން އުނގަންނައިދޭށާއި ހަރުކަށި ފިކުރާ ދެކޮޅަށް ރާއްޖޭން ކުރާ މަސައްކަތަށް މުސްލިމް ވާލްޑް ލީގު (ރާބިތަތުލް އާލަމިލް އިސްލާމިއްޔާ)ގެ އެހީތެރިކަން ލިބޭނެކަމަށް އެ ޖަމާއަތުގެ ސެކެޓްރީ ޖެނެރަލް މުހައްމަދު ބިން އަބްދުލްކަރީމް އަލް އީސާ މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދައުވަތަކަށް މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ މުސްލިމް ވާލްޑް ލީގުގެ ސެކެޓްރީ އަލް އީސާ މިހެން ވިދާޅުވީ ހާރިޖިއްޔާއާއެކީ ބޭއްވި ބައްދަލުވުމަކަށް ފަހު ދެއްކެވި ވާހަކަފުޅުގަ އެވެ. މި ބައްދަލުވުމުގައި ރާއްޖޭން އެންމެ އިސްކޮށް ހުންނެވީ މި ވަގުތު ފޮރިން މިނިސްޓްރީ ހިންގެވުމާ ހަވާލުވެ ހުންނެވި އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލު އެވެ.

މި މަޝްވަރާ ބައްދަލުވުންތަކުގައި ރާއްޖެ އާއި މުސްލިމް ވާލްޑް ލީގު ގުޅިގެން މަސައްކަތް ކުރެވޭނެ އެކި ދާއިރާތަކަށް ފުޅާދާއިރާއެއްގައި މަޝްވަރާ ކުރެވުނު ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

Advertisement

އެގޮތުން މަޝްވަރާ ކުރެވުނު ދާއިރާތަކުގެ ތެރޭގައި ޓެރަރިޒަމާއި ހައްދުފަހަނަ އެޅުމާ ދެކޮޅަށް މަސައްކަތް ކުރުމާއި އިސްލާމް ދީނަން ނަފްރަތުކުރުން އިތުރުވުން ހިމެނެ އެވެ. އަދި އަންހެނުން ބާރުވެރިކުރުވުމާއި އަންހެނުންނަށް ހަމަހަމަކަން ހޯދައިދިނުމާއި އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވަން ކުރެވިދާނެ ކަންކަމުގެ މަޝްވަރާ ކުރެވުނެވެ.

އޭގެ އިތުރުން ނުހުޅުވި ގިނަ ދުވަސްތަކެއް ވެފައިވާ ސަލްމާން މިސްކިތް ހުޅުވުން އަވަސް ކުރުމުގެ އިތުރުން ދީނީ އިލްމުވެރިންނާއި އިމާމުންގެ ފެންވަރު ރަނގަޅުކޮށް ތަރުބިއްޔަތުކުރަން ތަމްރީން ޕްރޮގްރާމުތައް ހިންގުމާ ގުޅޭގޮތުން މަޝްވަރާ ކުރެވުނެވެ. އަދި އިސްލާމީ އުއްމަތަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑެތި ގޮންޖެހުންތައް، ވަކިން ހާއްސަކޮށް ފަލަސްތީނު މައްސަލަ އާއި ރޮހިންގާ މުސްލިމުންގެ މައްސަލަ، ހައްލެއް ހޯދޭނޭ ގޮތްތަކާ މެދު ވާހަކަ ދެކެވުނެވެ.

މި ބައްދަލުވުމަށްފަހު ސްޓޭޓް މިނިސްޓަރު ހަލީލު މީޑިއާތަކަށް ވިދާޅުވީ، މުސްލިމް ވާލްޑް ލީގާއި ރާއްޖޭން ގެންގުޅޭ އެއް ހަމަތަކެއް ކަމަށާއި ސެކެޓްރީ ޖެނެރަލް އިއްސާގެ ދަތުރުން ރަމްޒުކޮށްދެނީ ދެފަރާތުގެ ގާތްގުޅުން ކަމަށެވެ. އަދި މަޝްވަރާކުރެވުނު ކަންކަމުން ނެރެވުނު ނަތީޖާއާ މެދު ހިތްހަމެޖެހިވަޑައިގެން ހުންނެވި ކަމަށް ފާހަގަކުރައްވަމުން ހަލީލް ވިދާޅުވީ މި ގުޅުން އިތުރަށް ބަދަހިވާނެ ކަމާ މެދު ޝައްކު ނުކުރައްވާ ކަމަށެވެ.

މުސްލިމް ވާލްޑް ލީގުގެ ސެކެޓްރީ ޖެނެރަލް އަލް އިއްސާއަށް ތައުރީފުކުރައްވަމުން ހަލީލް ވިދާޅުވީ އެ މަނިކުފާނުގެ ޒައާމަތުގައި މެދުމިނުގެ އިސްލާމް ކުރިއެރުވުމަށާއި އިސްލާމް ދީނާ މެދު ނަފްރަތުކުރުން ހުއްޓުވަން ތައުރީފު ހައްގު މަސައްކަތްތަކެއް ކުރައްވައިފި ކަމަށެވެ. އަދި މުސްތަގުބަލުގައި ވެސް ރާއްޖޭން އެ މަނިކުފާނަށާއި މުސްލިމް ވާލްޑް ލީގަށް އެއްބާރުލުން ދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެރުވި އެވެ.

އަލް އީސާގެ މަސައްކަތްޕުޅު އަގުވަޒަންކުރެއްވުމުގެ ގޮތުން ރައީސް ސޯލިހު ވަނީ އެ މަނިކުފާނަށް ނިޝާން ކަލާފާނުގެ އިއްޒަތް އަރުވާފަ އެވެ. މި އިއްޒަތް އަލް އީސާއަށް އެރުވީ އިސްލާމީ ވަހުދަތު ދެމެހެއްޓުމަށާއި ދުނިޔޭގައި އަމާންކަމާއި ސުލްހަ ގާއިމުކުރުމަށް، އެ މަނިކުފާނުގެ ދެއްވާ އަހަންމިއްޔަތުކަމުގެ އަގު ވަޒަންކުރުމުގެ ގޮތުންނެވެ.

"މިއީ މެދުމިނުގެ އިސްލާމް ދީން އުނގަންނައިދޭން ކުރައްވަމުން ގެންދަވާ މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ދިން ޝަރަފެއް. މީގެން އަންގައިދެނީ ދިވެހިން އެ މަނިކުފާނަށް ކުރާ ގަދަރުގެ ބޮޑު ކަން" ހަލީލް ވިދާޅުވި އެވެ.

މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ފޮރިން މިނިސްޓްރީގެ އިތުރުން އަލް އީސާ ވަނީ އިސްލާމިކް މިނިސްޓަރު ޑރ. އަލީ ޒާރިހާއި ޑިފެންސް މިނިސްޓަރު މާރިޔާ ދީދީއާ ވެސް ބައްދަލުކުރައްވާފަ އެވެ.

މި ބައްދަލުވުންތަކާއި ގުޅިގެން އަލް އީސާ ވިދާޅުވީ އެ މަނިކުފާނު ވެސް ހުންނެވީ މަޝްވަރާތަކާ މެދު ހިތްހަމަޖެހިވަޑައިގެން ކަމަށެވެ. އަދި ކުރައްވަމުން ގެންދަވާ މަސައްކަތް ބަލައިގަން ރާއްޖޭން އެރުވި ޝަރަފުން ވަރަށް އުފާވެއްޖެ ކަމަށާއި ކުރާ މަސައްކަތަައިގެން ކުރިޔަށް ދާން އިތުރު ބާރެއް ލިބިއްޖެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

އޭގެ އިތުރުން މި ދައުވަތު ދެއްވި ކަމަށްޓަކައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ޝުކުރުއަދާކުރައްވަމުން އިސްލާމް ދީނުގެ އަސްލާ އެއްގޮތަށް ދީން ކުރިއަރުވަން މި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ތައުރީފުކުރެއްވި އެވެ.

ސެކެޓްރީ ޖެނެރަލް އަލް އީސާ ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅު ނިންމަވާލުމުގެ ކުރިން މާދަމާ އާންމުންނަށް ހުޅުވާލައިގެން ލެކްޗަރެއް އޮންނާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox