އޮސްޓްރޭލިއާ ފަތުރުވެރިންނަށް ހުޅުވާލާނީ ފެބްރުއަރީ 21 ގައި

އޮސްޓްރޭލިއާގެ ސިޑްނީ. -- ފޮޓޯ: ބިޒްނަސް ޓްރެވެލާ

އޮސްޓްރޭލިއާގެ ސިޑްނީ. -- ފޮޓޯ: ބިޒްނަސް ޓްރެވެލާ

ސިޑްނީ، އޮސްޓްރޭލިއާ (ފެބްރުއަރީ 7) - ފަތުރުވެރިންނަށް އޮސްޓްރޭލިއާގެ ބޯޑަރުތައް ހުޅުވާލާނީ ފެބްރުއަރީ 21 ވަނަ ދުވަހުގައި ކަމަށް ބޮޑު ވަޒީރު ސްކޮޓް މޮރިސަން އިއުލާނު ކުރައްވައިފި އެވެ.

"އޮސްޓްރޭލިއާގެ ބޯޑަރުތައް ބަންދު ކުރަން އަޅުގަނޑުމެން ނިންމިތާ ގާތްގަނޑަކަށް ދެ އަހަރުވީ،" ގައުމީ ސަލާމަތާ ގުޅޭ ކެބިނެޓް ބައްދަލުވުމަކަށް ފަހު މޮރިސަން ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ވިސާ އޮތް ހުރިހާ އެންމެންނަށް "މި އަހަރުގެ ފެބްރުއަރީ 21 ވަނަ ދުވަހު" އޮސްޓްރޭލިއާގެ ބޯޑަރުތައް ހުޅުވާލާނެ އެވެ. ނަމަވެސް އޮސްޓްރޭލިއާއަށް އެތެރެވެވޭނީ ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ މީހުންނަށް އެކަންޏެވެ.

ކޮވިޑް ބަލިމަޑުކަމާ ގުޅިގެން އޮސްޓްރޭލިއާއިން ބޯޑަރުތައް ބަންދުކުރީ މާޗް 2020 ވަނަ އަހަރު އެވެ. އޭގެ ފަހުން އޮސްޓްރޭލިއާ ރައްޔިތުންނަށް ގައުމުން ބޭރަށް ދިޔުމަށް ވެސް ދަތިތަކެއް ކުރިމަތިވި އެވެ.

ހަރުކަށި ބޯޑަރު ސިޔާސަތުގެ ސަބަބުން އޮސްޓްރޭލިއާގެ ރައްޔިތުންނަށް އެނބުރި ގައުމަށް ނުދެވި އެހެން ގައުމުތަކުގައި ތާށިވެފައި ވެސް އެބަ ތިއްބެވެ. އޭގެ އިތުރުން މަލްޓި ބިލިއަން ޑޮލަރުގެ ފަތުރުވެރިކަމުގެ ސިނާއަތް ވެސް އޮތީ ހުއްޓިފަ އެވެ.

އޮސްޓްރޭލިއަން ޗެމްބާ އޮފް ކޮމާސް އެންޑް އިންޑަސްޓްރީން އަންދާޒާ ކުރާ ގޮތުގައި ބޯޑަރު ބަންދުކޮށްފައި ހުންނަ ކޮންމެ މަހަކު 2.6 ބިލިއަން ޑޮލަރުގެ ގެއްލުމެއް ލިބެ އެވެ.

އެހެންވެ، އޮސްޓްރޭލިއާގެ ރައްޔިތުންނަށް ބޯޑަރާ ގުޅޭ ލުއިތައް ދިނުމަށް ފަހު، ދިގު މުއްދަތަށް އޮސްޓްރޭލިއާގެ ދިރިއުޅޭ އެހެން ގައުމުތަކުގެ މީހުންނާއި ދަރިވަރުންނަށް ވެސް ދާދި ފަހުން ލުއި ދޭން ފެށި އެވެ.

ފަތުރުވެރިންނަށް ބޯޑަރު ހުޅުވާލަން ނިންމުމާ އެކު، ބޯޑަރާ ގުޅިގެން އެޅި ހުރިހާ ފިޔަވަޅުތަކެއް ގާތްގަނޑަކަށް އުވިގެން ދާނެ އެވެ. އޮސްޓްރޭލިއާއިން ވަނީ "ޒީރޯ ކޮވިޑް"ގެ ސިޔާސަތު ދޫކޮށްލައި، ވެކްސިން ޖެހުމަށް ބާރު އަޅައި، ކޮވިޑް ކޭސްތައް ޓްރޭސް ކުރުން ވެސް ހުއްޓާލާފަ އެވެ.

މިހާރު ފަތުރުވެރިންނަށް ބަންދުކޮށްފައި ހުރީ ވަރަށް މަދު ގައުމުތަކެކެވެ. އޭގެ ތެރޭގައި ޖަޕާން، ޗައިނާ، ނިއުޒީލޭންޑް އަދި ޕެސިފިކް ކަނޑުގެ ބައެއް ޖަޒީރާ ގައުމުތައް ފާހަގަކުރެވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox