175 މިލިއަން ރުފިޔާ ހަރަދުކޮށްގެން ތިން ރަށެއްގައި ހޮސްޕިޓަލު އަޅަނީ

އިހަވަންދޫގައި ގާއިމްކުރުމަށް ނިންމާފައިވާ ހޮސްޕިޓަލް އިމާރާތުގެ ފަރުމާއެއް --

އިހަވަންދޫގައި ގާއިމްކުރުމަށް ނިންމާފައިވާ ހޮސްޕިޓަލް އިމާރާތުގެ ފަރުމާއެއް --

ގާތްގަނޑަކަށް 175 މިލިއަން ރުފިޔާ ހަރަދުކޮށްގެން ތިން ރަށެއްގައި ހޮސްޕިޓަލުގެ އާ އިމާރާތްތަކެއް އެޅުމަށް ފައިނޭންސް މިނިސްޓްރީގެ ފަރާތުން އިއްޔެ ބީލަމަށް ހުޅުވާލައިފި އެވެ.

ހއ. އިހަވަންދޫ އާއި ނ. ކެނދިކުޅުދޫ އާއި ޅ. ހިންނަވަރުގައި ހޮސްޕިޓަލު އެޅުމަށް އިއްޔެ ބީލަމަށް ހުޅުވާލިއިރު، ސަރުކާރުން ބުނީ އެ ޕްރޮޖެކްޓުތަކަށް ފައިނޭންސް ކުރަންޖެހޭނީ ޕްރޮޖެކްޓުތައް ކާމިޔާބު ކުރާ ފަރާތްތަކުން ކަމަށެވެ.

އެކަމާ ގުޅިގެން ފިނޭންސުން ކޮށްފައިވާ އިއުލާނުގައިވާ ގޮތުން މިއަދުން ފެށިގެން އަންނަ ފެބްރުއަރީ 24، އާ ހަމަޔަށް ބީލަމުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. ބީލަން ހުޅުވާނީ ފެބުރުއަރީ 28، ގަ އެވެ.

މި ބީލަމުގައި ބައިވެރިވުމަށް ބިޑު ސެކިއުރިޓީގެ ގޮތުގައި 690،000ރ. ދައްކަން ޖެހެ އެވެ. މި އަދަދު ދިވެހި ރުފިޔާއިން ނުވަތަ ޔޫއެސް ޑޮލަރުން ދެއްކޭނެ ކަމަށާއި އަދި އޭގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީހުން ފެށިގެން 148 ދުވަސް ކަމަށް އިއުލާނުގައިވެ އެވެ.

އިހަވަންދޫގައި ސަރުކާރުން އަޅާ ހޮސްޕިޓަލަށް ޖުމްލަ 71،114،130 މިލިއަން ރުފިޔާ ކުރިޔަށް އޮތް ތިން އަހަރު ތެރޭ ހޭދަވާނޭ ކަމަށް ލަފާކޮށްފައިވެ އެވެ. ކެނދިކުޅުދޫގައި އަޅާ ހޮސްޕިޓަލަށް ޖުމްލަ 52،113،132 މިލިއަން ރުފިޔާ ކުރިޔަށް އޮތް ތިން އަހަރު ތެރޭ ހަރަދުވާނެ ކަމަށް ލަފާކޮށްފައިވާއިރު ހިންނަވަރުގެ ހޮސްޕިޓަލަށް 52،113،132 ރުފިޔާ ކުރިޔަށް އޮތް ތިން އަހަރު ހޭދަވާނެ ކަމަށް މި އަހަރުގެ ބަޖެޓުގައި ވަނީ ލަފާކޮށްފަ އެވެ.

މި ރަށްތަކުގެ އާބާދީއަށް ބަލާލާއިރު، އެންމެ އާބާދީ ބޮޑު ރަށަކީ 5،000 އެއްހާ މީހުން ދިރިއުޅޭ ޅ. ހިންނަވަރެެވެ. އިހަވަންދޫގައި 3،000 އާއި 3،500 އާ ދެމެދުގެ އާބާދީއެއް އޮންނަ އިރު ކެނދިކުޅުދޫގައި 1،500 އާއި 2،000 ދެމެދު އަދަދެއްގެ މީހުންގެ އާބާދީއެއް އޮވެ އެވެ.

އެ ރަށްތަކުގެ ތެރެއިން އިހަވަންދޫއަކީ އުލިގަން، ހޯރަފުށި، ތުރާކުނު އަދި މޮޅަދޫ ހިމެނޭހެން ހއ. އަތޮޅާ ގުދުރަތީގޮތުން ވަކިން އޮންނަ އިހަވަންދިއްޕޮޅުގެ ރަށެކެވެ.

އިހަވަންދިއްޕޮޅަށް ނިސްބަތްވާ ގިނަ ރައްޔިތުންތަކެއްގެ ޝަކުވާ އަބަދު ވެސް ސިއްހީ ފަރުވާ ހޯދުމަށްޓަކައި އަތޮޅުން ނިކުމެގެން ދިއްދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ކުރަން ޖެހޭ ދިގު ރާސްތާ ކަނޑު ދަތުރާ ހެދި އޮވެ އެވެ.

އިހަވަންދޫގައި އަޅާ ހޮސްޕިޓަލުގެ ފައިދާ އިހަވަންދިއްޕޮޅުގެ ފަސް ރަށުގައި ދިރިއުޅޭ ގާތްގަނޑަކަށް 6،000 އެއްހާ މީހުންނަށް ކުރާނެ ކަމަށް ބެލެވެ އެވެ. ކެނދިކުޅުދޫގައި އަޅާ ހޮސްޕިޓަލާއެކުގައި ވެސް އެރަށާއި ކައިރީގައި ދެން ހުރި ރަށްތައް ކަމުގައިވާ ހެނބަދޫ، މާޅެންދޫ، ކުޑަފަރީ އަދި ލަންދޫގައި ދިރިއުޅޭ 4،900 އެއްހާ މީހުންނަށް ފައިދާކުރާނޭ ކަމަށް ބެލެވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އީގަލް ހިލްސް އިން ސީރިޔާގައި ޓޫރިޒަމް ޕްރޮޖެކްޓެއް ހިންގަނީ

ސީރިޔާގެ ދިމިޝްގުގައި މިއަދު ވަނީ އެ ދެ ޕްރޮޖެކްޓު ހިންގުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފަ އެވެ. އެ ރަސްމިއްޔާތުގައި އީގަލް ހިލްސްގެ މުހައްމަދު އަލައްބާރު އަދި ސީރިޔާގެ ރައީސް އަހުމަދު އަލް-ޝަރާ ބައިވެރިވެވަޑައިގަތެވެ.

ވަގު ޓީޓީ ހަދައިގެން 109 އަހަރަށް ޖަލަށްލީ ޝިފާއު ގޭބަންދަށް

ވަގު ޓީޓީ ބޭނުންކޮށްގެން މަކަރާއި ހީލަތުން މުދާ އެތެރެކުރި މައްސަލައިގައި 109 އަހަރަށް ޖަލަށްލާފައިވާ ހަސަން ޝިފާއު، ސިއްހީ ސަބަބުތަކަށްޓަކައި ވަގުތީގޮތުން ގޭބަންދަށް ވަނީ ބަދަލުކޮށްފައި. އޭނާގެ މައްޗަށް 23 ދައުވާއެއް ސާބިތުވެ، ޖަލު ހުކުމުގެ އިތުރުން ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާކުރި.

ޕެރޯލް ބޯޑުން މެންބަރުން ވަކިކޮށް އެތަން ހުއްޓުމަކަށް ގެނެސްފި

މަސްތުވާތަކެތީގެ ތުހުމަތު ކުރެވޭ އަބުޗާ ގާނޫނާ ހިލާފަށް މިނިވަންކުރަން ނިންމުމާ ގުޅިގެން، ޕެރޯލް ބޯޑުގެ ހަ މެންބަރަކު މަގާމުން ވަކިކުރަން މުއިއްޒު ނިންމަވައިފި. ނަމަވެސް، އެ ބޭފުޅުން އެކަން ކުރީ ގަސްދުގައި ނޫން ކަމަށް ފެންނާތީ، ވަކިކުރި މެންބަރުންގެ ނަންތައް ހާމަނުކުރަން ސަރުކާރުން ވަނީ ނިންމާފައި.

ޕެރޯލް ބޯޑުގެ ނިންމުން ބަދަލުކުރުމުން އަބުޗާ އަނެއްކާ ބަންދަށް

މަސްތުވާތަކެތީގެ މައްސަލައެއްގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ އަބްދުﷲ އިބްރާހިމް (އަބުޗާ) ޕެރޯލްގެ ދަށުން ދޫކޮށްލަން ނިންމި ނިންމުން، ސަރުކާރުގެ އެންގުމަކަށް ޕެރޯލް ބޯޑުން ބަދަލުކޮށް އޭނާ އަލުން ވަނީ ބަންދުކޮށްފައި. މިނިސްޓަރު އިހުސާން ވިދާޅުވީ އޭނާ ހުކުމުގެ ބައި ތަންފީޒުކުރާނެ ކަމަށް.

މަޝްރޫއުތައް އަވަސްކުރުމަށް ކެބިނެޓުގެ ބައްދަލުވުމެއް ބާއްވައިފި

ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމަށް ކެބިނެޓުގެ ޚާއްސަ ބައްދަލުވުމެއް ވަނީ ބާއްވާފައި. މި ބައްދަލުވުމުގައި މަޑުޖެހިފައިވާ މަޝްރޫއުތައް ބާރުދުވެލީގައި ކުރިއަށްގެންގޮސް، ކަނޑައެޅިފައިވާ މުއްދަތަށް މަސައްކަތްތައް ނިންމުމަށް މުއިއްޒު އިރުޝާދުދެއްވި.

އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ

ހުޅުމާލެ ފޭސް ދޭއްގެ އަމާން އުދަރެސް ޓަވަރު އަށެއްގެ 15 ވަނަ ފަންގިފިލާއިން ފިރިހެނަކު ވެއްޓި މަރުވެއްޖެއެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާއިރު، މަރުވި މީހާގެ ހަށިގަނޑަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ޑިފެންސާއި ފޮރިންގެ ބައްދަލުވުމެއް މޮންޓާނާ ނޭޝަނަލް ގާޑްސްއާއެކު

ރާއްޖޭގެ އަސްކަރީ ގާބިލުކަން އިތުރުކުރުމަށާއި ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އެހީތެރިވުމާ ގުޅޭގޮތުން، ޑިފެންސް އަދި ފޮރިން މިނިސްޓްރީން އެމެރިކާގެ މޮންޓާނާ ނޭޝަނަލް ގާޑްސްއާ ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ. މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ދެ ގައުމުގެ ދެމެދުގައި އޮތް އަސްކަރީ ގުޅުން ބަދަހިކުރުމަށާއި، ގުޅިގެން ތަމްރީނުތައް ކުރިއަށްގެންދިއުމުގެ ފުރުސަތުތައް ފުޅާކުރުމުގެ މައްޗަށެވެ.

Newsletter

Get the latest news delivered straight to your inbox