ޔާމީނުގެ މައްސަލަ ހިމެނޭހެން، ޖިނާއީ މައްސަލަތައް ކުރިއަށް ނުދާތީ ޖުޑިޝަރީ ކޮމިޓީން މުއައްސަސާތަކާ ސުވާލުކުރަނީ

ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ މެމްބަރުން މިއަދު ބައްދަލުކުރައްވަނީ. ޖިނާއީ މައްސަލަތައް ކުރިއަށް ނުދަނީ ކީއްވެތޯ ބަލަން މުއައްސަސާތަކާ ސުވާލުކުރަން މިއަދު ފާސްކުރި. ފޮޓޯ: މަޖިލީހުގެ އިދާރާ

ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ މެމްބަރުން މިއަދު ބައްދަލުކުރައްވަނީ. ޖިނާއީ މައްސަލަތައް ކުރިއަށް ނުދަނީ ކީއްވެތޯ ބަލަން މުއައްސަސާތަކާ ސުވާލުކުރަން މިއަދު ފާސްކުރި. ފޮޓޯ: މަޖިލީހުގެ އިދާރާ

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ދައުވާކޮށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ހިމެނޭ ގޮތުން، ޖިނާއީ މައްސަލަތައް ކޯޓްތަކުގެ ތާވަލާ އެއްގޮތަށް ކުރިއަށް ނުދާކަމުގެ ކަންބޮޑުވުން ފާޅުކޮށް، ކަމާ ބެހޭ މުއައްސަސާތަކާ ސުވާލުކުރަން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

މަޖިލިސް ޗުއްޓީގައި އޮއްވައި، ޖުޑިޝަރީ ކޮމިޓީން މިއަދު ބައްދަލުވުމެއް ބޭއްވީ އެ ކޮމިޓީގެ މުގައްރިރު އަދި މާފަންނު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވި ގޮތުގައި، ކޯޓްތަކުގެ ތާވަލާ އެއްގޮތަށް ޖިނާއީ މައްސަލަތައް ކުރިއަށް ނުދާ ކަމުގެ ޝަކުވާ ވަރަށް ގިނަ ފަރާތްތަކުން އުފުލަމުން ދާތީ އެވެ. ކޮމިޓީގެ މެމްބަރުން ވެސް އެ ޝަކުވާ އޭނާއަށް ހުށަހަޅުއްވާފައިވާ ކަމަށް އިންތި ވިދާޅުވި އެވެ.

"މެމްބަރުންގެ އެދިވަޑައިގަތުމަކަށް އަޅުގަނޑު މިއަދު މި ބައްދަލުވުން މި ބޭއްވީ،" ބައްދަލުވުން ފައްޓަވަމުން އޭނާ ވިދާޅުވި އެވެ.

ޖިނާއީ މައްސަލަތައް ތާވާލާ އެއްގޮތަށް ކުރިއަށް ނުދާ މައްސަލައިގައި މުއައްސަސާތަކުގެ ބޭފުޅުން ހާޒިރުކޮށް ސުވާލުުކުރަން ހުށަހެޅުއްވީ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފެވެ. އެ ހުށަހެޅުއްވުމަށް ތާއީދުކުރެއްވީ ހެންވޭރު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހީމް މުއިއްޒެވެ.

ކޮމިޓީން ސުވާލުކުރާ މުއައްސަސާތައް

  1. ފުލުހުންގެ އިދާރާ
  2. ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް
  3. ޕޮލިސް ބޯޑް
  4. ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)
  5. ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)

ހަސަން ލަތީފު ވިދާޅުވި ގޮތުގައި ކޮމިޓީން ފުލުހުންނާ ސުވާލުކުރަން އޭނާ އެދިވަޑައިގެންނެވީ މައްސަލައެއް އުފެދޭ ހިސާބުން އަމަލުކުރަން އޮންނަ އުސޫލުތަކަށް ފުލުހުން އަމަލު ކުރަމުންދޭތޯ ބެލުމަށާއި އެގޮތަށް އަމަލު ނުކުރެވޭ ނަމަ ނުކުރެވޭ ސަބަބުތައް އޮޅުން ފިލުވުމަށެވެ. ޕީޖީ އޮފީހުގެ ބޭފުޅުންނާ ސުވާލުކުރަން އެދިވަޑައިގެންނެވީ އޭނާ ވިދާޅުވި ގޮތުގައި، މައްސަލަތަކުގައި ދައުވާކުރަން ފޮނުވުމުގައި އެ އޮފީހަށް ދަތިވަނީ ކޮން ކަމެއްތޯ ބެލުމަށެވެ.

ތިންވަނަ މުއައްސަސާއެއްގެ ގޮތުގައި ޕޮލިސް ބޯޑްގެ މެމްބަރުންނާ ސުވާލުކުރަން އެދިވަޑައިގެންނެވީ އެ ބޯޑްގެ މަސައްކަތަށް ދަތިވާ ކަންތައްތަކެއް ހުންނަ ކަމަށް މެމްބަރުންގެ ފަރާތުން އަޑުއިވިވަޑައިގެންފައި ވާތީ އެވެ. އެ ބޯޑްގެ ކަންތައްތައް ބެލެހެއްޓުމަކީ އާއްމު އުސޫލުގައި މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) ގެ ކަމެކެވެ. އެކަމަކު ހަސަން ވިދާޅުވީ ބަލަމުން އަންނަ ވަކި މައްސަލައެއްގައި ސުވާލުކުރުމުގެ އިހުތިޔާރު ޖުޑިޝަރީ ކޮމިޓީއަށް ވެސް އޮންނާނެ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޑީޖޭއޭ އާއި ޖޭއެސްސީއާ ސުވާލުކުރަން ޖެހެނީ ޖިނާއީ އިޖުރާއަތުގެ ގާނޫނާ އެއްގޮތަށް ކޯޓުން އަމަލު ކުރަމުންދޭތޯ ބެލުމަށެވެ.

"އަޅުގަނޑު ކައިރީގައި ވެސް އަދި އަޅުގަނޑު ހިތުން ތިޔަ ހުރިހާ ރައްޔިތުންގެ ކައިރީގައި ވެސް ރައްޔިތުން ދައްކަމުންދާ ވާހަކައެއް އެއީ ރައީސް [އަބްދުﷲ] ޔާމީނުގެ ޝަރީއަތާ ގުޅޭ ގޮތުން، އަޅުގަނޑު މި ދަންނަވާ ވާހަކައަކީ ކްރިމިނަލް ކޯޓަށް މިހާރު ހުށަހަޅާފައި އޮތް ޝަރީއަތާ ގުޅޭ ގޮތުން [މައުލޫމާތު ސާފުކުރަން]،" ހަސަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ މައްސަލަ ގޮސްފައި އޮތީ ކޮން ހިސާބަކަށް ތޯ އާއި އެ މައްސަލައާ ގުޅޭ ކަންކަމުގައި، ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވާ އުސޫލުތަކާ އެއްގޮތަށް ކޯޓުން އަމަލުކުރަމުންދޭތޯ ބަަލަން ވެސް މީހުން އޭނާ އަރިހު އެދޭ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox