ޔޫތު ޗެމްޕިއަންޝިޕް: ގްރީން ސްޓްރީޓްސް އަތުން މާޒިޔާ އަށް ފަސޭހަ މޮޅެއް

ޔޫތު ޗެމްޕިއަންޝިޕް: ގްރީން ސްޓްރީޓްސް އަތުން މާޒިޔާ އަށް ފަސޭހަ މޮޅެއް

ޔޫތު ޗެމްޕިއަންޝިޕް މި އުމުރުފުރާގެ (19 އަހަރުން ދަށުގެ) އެންމެ ފަހުގެ ޗެމްޕިއަން ކުލަބް ގްރީން ސްޓްރީޓްސް އަތުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން 3-0 އިން ފަސޭހަ މޮޅެއް ހޯދައިފި އެވެ.

މި ނަތީޖާއާ އެކު ޔޫތު މާޒިޔާ ވަނީ ފަސް ޓީމު ވާދަކުރާ ގްރޫޕް އޭގެ އެއްވަނަ އަށް ޖެހިލާފަ އެވެ. އެއީ ތިން ޕޮއިންޓާއި ފައިދާ ތިން ގޯލާ އެކީގަ އެވެ. ދެ ވަނައިގައި އޮތީ އިއްޔެ ސުޕަ ޔުނައިޓެޑް ސްޕޯޓްސް އަތުން މޮޅުވި ކުލަބު އީގަލްސް އެވެ. އީގަލްސް އަށް ލިބިފައިވަނީ ތިން ޕޮއިންޓާއި ފައިދާ އެއް ގޯލެވެ.

މެޗުގެ ފުރަތަމަ ހާފު ފަށައިގަން ގޯލެއް ޖެހުމަށް ފުރަތަމަ ފުރުސަތު ލިބުނީ މާޒިޔާ އަށެވެ. މާޒިޔާގެ އިޝްފާގް ވާނީ ތިރިތިން ދިން ބޯޅަ ފޯވާޑް މުޙައްމަދު އުވެއިސް ފޮނުވާލުމުން ގްރީން ސްޓްރީޓްސްގެ ކީޕަރު އަލީ އަބާން މުހައްމަދު ވަނީ ދިފާއުކޮށްފަ އެވެ.

އޭގެ ފަހުން މެޗުގެ އަށް ވަނަ މިނެޓުގައި މުޙައްމަދު އާއިޝް ސަރީރު ނަގައިދިން ބޯޅަ މާޒިޔާގެ ކެޕްޓަން މުޙައްމަދު އިޔާން ހަސަން ފޮނުވާލުމުގެ ކުރިން ކީޕަރު އަބާން ވަނީ ދިފާއުކޮށް ކޯނަރަކަށް ބޭރުކޮށްލާފަ އެވެ. މާޒިޔާއިން މެޗުގެ ފުރަތަމަ ގޯލް ޖެހީ މި ކޯނަރުންނެވެ. ފޯވާޑް އުވެއިސް ނަގައިދިން ކޯނަރު ގޯލްގެ ތެރެއަށްވަނީ ކީޕަރު އަބާންގެ ބޯމަތިން ގޮހެވެ. ކީޕަރު އަބާން ކައިރީގައި ހުރި ޑިފެންޑަރު ވިއާމް އަށް ވެސް އެބޯޅަ ދިފާއުކުރަން މާ ބޮޑު ކަމެއް ނުކުރެވުނެވެ.

ފުރަތަމަ ހާފު އެއްކޮށް ޑޯމިނޭޓްކުރި މާޒިޔާ އިން ފުލު ފުލުގައި ދިޔައީ ގްރީންގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. މިގޮތުން މެޗުގެ 15 ވަނަ ވާތްފަރާތު އަރިމަތިން ކުޅުނު ޑިފެންޑަރު އާދަމް ލަޔާން ރަޝީދު ކުރިއަށް އަރައި ފޮނުވާލި ބޯޅަ އަމާޒުވީ އަރިމަތީ ދާގަނޑަށެވެ. އޭގެ މިނެޓެއް ފަހުން މާޒިޔާގެ ޔޫޝައު ބިން އަލީ ނަޝީދު ނުރައްކާތެރި ހަމަލާއެއް ފޮނުވާލި އެވެ. އޭރިއާ ބޭރުން ފޮނުވާލި ބޯޅަ ކީޕަރު އަބާން ބޯމަތިން ގޮސް ހުރަސް ދަނޑީގައި ޖެހިފައި ގޯލް ރޮނގުމަތީގައި ޖެހިފައި އައީ ކުޅުމުގެ ތެރެއަށެވެ. އެ ބޯޅަ ގޯލު ރޮނގު ހުރަސްކުރި ކަމަށް މާޒިޔާގެ ކުޅުންތެރިން އެޕީލްވެސް ކުރި އެވެ.

މާޒިޔާއިން ފުލު ފުލުގައި ދިޔައީ ހަމަލާ އުފައްދަމުންނެވެ. އޭރިއާގެ އަރިމަތިން ލިބުނު ހިލޭ ޖެހުމުން އަނެއްކާވެސް ނުރައްކާ ކުރި އެވެ. މިފަހަރު އުވެއިސް ނެގި ހުރަހުން ލަޔާން ބޮލުން ފޮނުވާލި ހަމަލާ ގޯލްގެ މަތީ ކަނަށް ވަންނަން ދަނިކޮށް ކީޕަރު އަބާން އެ ބޯޅަ ދިފާއުކުރި އެވެ.

މާޒިޔާގެ ގޯލަށް މި ހާފުގައި އެންމެ ނުރައްކާވި ބޯޅަ އަކީ މާޒިޔާ އަތުން ބައިކޮޅަށް ވަންނަން ދިޔަ ބޯޅަ އެކެވެ. އޭރިއާ ބޭރުން ގްރީން ކުޅުންތެރިން ކުރިއަށް ޖެހިލަން މަސައްކަތްކުރި ބޯޅަ ދިފާއުކުރަން އުޅުމުގެ ތެރޭގައި މާޒިޔާގެ މުޙައްމަދު ސާއިމް ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ އަރިމަތީ ކަނަށް ވަންނާށެވެ. އެކަމަކު ގޯލަށް ވަނުމުގެ ކުރިން މާޒިޔާގެ ކީޕަރު އަހުމަަދު ވިޖުދާން ވަނީ ހުށިޔާރު ކަމާއެކު މި ބޯޅަ ދިފާއުކޮށްފަ އެވެ.

މާޒިޔާގެ އެޓޭކްތައް ހުއްޓުވުމުގައި ގްރީންގެ ޑިފެންޑަރުންނަށް ދިޔައީ އުނދަގޫތަކާ ކުރިމަތިވަމުންނެވެ. މިގޮތުން މެޗުގެ 27 ވަނަ މިނެޓުގައި މާޒިޔާގެ އިޔާން އަށް ގްރީން ސްޓްރީޓްސްގެ އަހުމަދު ސާދު ކުރި ފައުލް އަކަށް ރެފްރީވަނީ ޕެނަލްޓީ އެއް ދީފަ އެވެ. ލަޔާން ފޮނުވާލި މި ޕެނަލްޓީ ކީޕަރު އަބާން ވަނީ ދިފާއުކޮށްފަ އެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން މާޒިޔާ އިން ވަނީ އެ ޓީމުގެ ލީޑު ފުޅާކޮށްފަ އެވެ. ޔޫޝައު އަރިމަތިން ނެގި ހުރަސް ގޯލުގެ ތެރެއަށް ފޮނުވާލީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ އިޔާން އެވެ. އޭރިއާ ތެރޭގައި މުޅިން ހުސްކޮށް ހުރެ އިޔާން ފޮނުވާލި ބޯޅަ ގޯލަށް ވަނީ ކީޕަރު އަބާން އަތްމަތިން ގޮހެވެ.

ދެ ވަނަ ހާފުގެ ފަށައިގެން ހަ ވަނަ މިނިޓްގައި މާޒިޔާ އިން އެ ޓީމުގެ ތިން ވަނަ ގޯލް ޖެހި އެވެ. އަރިމަތިން ނާއިސް އަސްޖަދު ނެގި ހުރަސް ގޯލުގެ ކަނަށް ވަނީ ގްރީން ސްޓްރީޓްސްގެ ޑިފެންޑަރު މުޙައްމަދު ވިއާމް ވަހީދުގެ ބޮލުގަ ޖެހިފަ އެވެ.

އޭގެ ފަހުން މާޒިޔާގެ އިޔާން އަށް އިތުރު ގޯލެއް ޖެހުމަަށް ފުރުސަތެއް ލިބުނެވެ. އަރިމަތިން ލަޔާން ނެގި ހުރަސް ބޮލުން އިޔާން ގޯލަށް ފޮނުވާލި އެެވެ. އެ ބޯޅައިގައި ބާރެއް ނެތުމުން ގްރީން ކީޕަރު އަބާން އަށް ބޯޅަ ދިފާއުކުރަން މާ ބޮޑު ކަމެއް ކުރާކަށް ނުޖެހުނެވެ.

ތިން ގޯލުގެ ލީޑެއް ލިބުމާ އެކު މާޒިޔާ އިން ވަނީ އެ ޓީމަށް ބަދަލުތަކެއް ގެނެސްފަ އެވެ. އަދި ގިނަ ވަގުތު މެދުތެރޭގައި ބޯޅަ ހިފަހައްޓައިގެން ކުޅެން މަސައްކަތް ކުރި އެވެ. މަދު މަދުން ފުރުސަތުތައް ލިބުނު ނަމަވެސް ގޯލަށް ބޮޑަށް ނުރައްކާވާ ކަހަލަ ބޯޅައެއް ދިފާއުކުރާކަށް ކީޕަރު އަބާން އަކަށް ނުޖެހުނެވެ.

މި މުބާރާތުގައި މިރޭ ކުޅޭނީ ގްރޫޕް ބީގެ މެޗެކެވެ. މި މެޗުގައި ވާދަކުރާނީ ޓީސީ ސްޕޯޓްސް ކްލަބާއި ކުލަބް ވެލެންސިއާ އެވެ. ގްރޫޕް ބީގެ ފުރަތަމަ މެޗުގައި ރޭ މަހިބަދޫ ސްޕޯޓްސް ކުލަބާއި ޔުނައިޓެޑް ވާދަކޮށް މެޗު ނިމުނީ 1-1 އިން ދެ ޓީމު އެއްވަރު ވެގެންނެވެ. ގްރޫޕް ބީގައި އޮތީ ހަތަރު ޓީމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބެޓިސް ބަލިކޮށް ބާސެލޯނާ ފަސްބެލުމެއްނެތި ކުރިއަށް

ސްޕެނިޝް ލީގުގައި ރެއާލް ބެޓިސް 5-2 އިން ބަލިކޮށް، ބާސެލޯނާ އިން ޖެހިޖެހިގެން ނުވަ ވަނަ މެޗުން މޮޅުވެ ތާވަލުގެ އެއްވަނައިގައި ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓައިފި. މި މެޗުގައި ބާސެލޯނާގެ ލަމީން ޔަމާލް، ރޮޑްރީ، ޖީސޫސް، އެރިކް ގާސިއާ އަދި އޮލްމޯ ލަނޑުތައް ކާމިޔާބުކުރި

ބޮޑު ތަފާތަކުން ލައިޕްޒިގު ބަލިކޮށް ބަޔާން އެއް ވަނަ އަށް

ޖަރުމަނު ލީގުގައި އާރްބީ ލައިޕްޒިގު އަތުން 6-1 އިން މޮޅުވެ، ބަޔާން މިއުނިކުން ތާވަލުގެ އެއްވަނައަށް ޖެހިލައިފި. ބަޔާނުން އެއްވަނަ ހޯދީ ޑޯޓްމަންޑާ ޕޮއިންޓުގެ ގޮތުން އެއްވަރުވި ނަމަވެސް، ހެޑް ޓު ހެޑްގެ ތަފާތުން ކުރިލިބޭތީ. މި މެޗުގައި ބަޔާންގެ ލުއިސް ޑިއާޒް ހެޓްރިކެއް ހެދިއިރު، ހެރީ ކޭން އާއި ޕަވްލޮވިޗް އަދި އޮލީސޭ ވެސް ލަނޑު ޖެހި

ޗެލްސީ އާއި ލިވަޕޫލަށް މޮޅެއް، ސިޓީގައި މަރެސްކާ އަށް ރެކޯޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން ލިވަޕޫލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ސިޓީގެ ކޯޗު އެންޒޯ މަރެސްކާ ވަނީ ލީގުގެ ފުރަތަމަ ހަތް މެޗުން މޮޅުވެ އާ ރެކޯޑެއް ގާއިމްކޮށްފައި. ޗެލްސީން އެވަޓަން ބަލިކުރީ 2-0 އިންނެވެ. އަދި ލިވަޕޫލުން ވަނީ ފަހަތުން އަރައި ބްރެންޓްފޯޑްގެ މައްޗަށް 2-1 އިން ކުރިހޯދާފައި

ސާފް ޗެމްޕިއަންޝިޕުން އިންޑިއާ ނަން ނުނަގާ ކަމަށް ބުނެފި

މިއަހަރު ބާއްވާ ސާފް ޗެމްޕިއަންޝިޕުން އިންޑިއާ ވަކިވި ކަމަށް ދެކެވޭ ވާހަކަތައް ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) އިން ވަނީ ދޮގުކޮށްފައި. ސާފް އިން ބުނިގޮތުގައި ކުރިންވެސް ނިންމާފައިވާ ގޮތަށް މި މުބާރާތުގައި ހަ ގައުމު ބައިވެރިވާނެ ކަމަށާއި، އިންޑިއާގެ ބައިވެރިވުން މުބާރާތުގައި އޮންނާނެކަން ޔަގީންކުރެވިފައިވާ ކަމަށް.

ސްޕެއިނުގެ ރަގްބީ ވޯލްޑް ކަޕް ބިޑްގައި ރެއާލާއި ބާސެލޯނާގެ ދަނޑު

2035 ވަނަ އަހަރުގެ ރަގްބީ ވޯލްޑް ކަޕް ބޭއްވުމަށް ސްޕެއިނުން ހުށަހެޅި ބިޑްގައި ރެއާލް މެޑްރިޑާއި ބާސެލޯނާގެ ދަނޑުތައް ހިމަނާފައިވާއިރު، ބިޑް ކާމިޔާބުވެއްޖެނަމަ ފައިނަލް މެޗު ކުޅުމަށް ނިންމާފައިވަނީ ނޯ ކޭމްޕްގައެވެ. މި މުބާރާތް ބޭއްވުމަށް އާޖެންޓީނާ އާއި ޖަޕާނުން ވެސް ވާދަކުރާއިރު، ސްޕެއިނުން އަމާޒު ހިފާފައިވަނީ 2030 ގެ ފީފާ ވޯލްޑް ކަޕްގެ ތަޖުރިބާ ބޭނުންކޮށްގެން އެންމެ ފުރިހަމަ ރަގްބީ މުބާރާތް ބޭއްވުމަށެވެ.

ގައުމީ ޓީމަށް ނަގާ ކުޅުންތެރިންނާ މެދު ލައްޗޭގެ ވިސްނުން

ގައުމީ ޓީމަށް ނަގާ ކުޅުންތެރިން ޓީމާ ގުޅުމަކީ ކްލަބުން ހުރަސްއަޅާ ކަމެއް ނޫން ކަމަށާއި، ބައެއް ކުޅުންތެރިން ސްކޮޑުން ވަކިވަނީ އާއިލީ ސަބަބުތަކާ ހުރެ ކަމަށް ލައްޗޭ ބުނެފައިވޭ. އަދި ކުޅުންތެރިންނަށް ޓީމާ ދުރަށް ދެވެނީ ގައުމީ ކޯޗުގެ ފަރާތުން އެ ފުރުސަތު ލިބޭތީ ކަމަށް ވެސް އޭނާ ފާހަގަކުރި

އަޖުފާން ގައުމީ ސްކޮޑަށް، މެޖޯރިޓީ ރިވައިވަލް ސްޕޯޓްސް އަށް

ގައުމީ ބެޑްމިންޓަން ޓީމު ހޮވުމަށް ބޭއްވި ސިލެކްޝަނުން، 9 ފަހަރު ގައުމީ މުބާރާތުގެ ޗެމްޕިއަން، އަޖުފާން ރަޝީދު ހިމެނޭހެން 12 ކުޅުންތެރިންގެ ސްކޮޑެއް ވަނީ އެކުލަވާލާފައި. މި ސްކޮޑުގެ މެޖޯރިޓީ ނުވަތަ ހަތް ޖާގައެއް ރިވައިވަލް ސްޕޯޓްސް ކްލަބުގެ ކުޅުންތެރިން ހޯދާފައިވާއިރު، މީގެ ތެރޭގައި ރޭންކިންގެ އެއް ވަނަ އަދި ދެ ވަނަ ކުޅުންތެރިންވެސް ހިމެނޭ

Newsletter

Get the latest news delivered straight to your inbox