ހުލާސާކޮށް އިއްޔެ: ޔާމީން ރަޝީދުގެ ގާތިލުންނަށް ހުކުމް އިއްވުން

ޔާމީން މަރައިލި ދެ މީހުން ކަމަސްވާ ޒިހާން އާއި ހައިޝަމް: އެ ދެ މީހުން މަރަން ހުކުމް ނުކުރީ ވާރިސުން ބޭނުންނުވުމުން -- ފޮޓޯ: އަދަދު ފައިލް

ޔާމީން މަރައިލި ދެ މީހުން ކަމަސްވާ ޒިހާން އާއި ހައިޝަމް: އެ ދެ މީހުން މަރަން ހުކުމް ނުކުރީ ވާރިސުން ބޭނުންނުވުމުން -- ފޮޓޯ: އަދަދު ފައިލް

މީގެ ފަސް އަހަރު ކުރިން މަޝްހޫރު ބްލޮގަރު ޔާމީން ރަޝީދަށް ވަޅިން ހަމަލާދީ މަރައިލި މައްސަލައިގައި ދެ މީހެއްގެ މައްޗަށް ކުށް ސާބިތުވެ، 25 އަހަރަށް ޖަލަށްލުމަށް ހުކުމް ކުރީ އިއްޔެ އެވެ.

ޔާމީން މެރުމުގެ ކުށް ސާބިތުވީ މ. އަންނާރުމާގޭ، އިސްމާއީލް ހައިޝަމް ރަޝީދު އަދި މ. އިރާސްމިކުގޭ، އަހުމަދު ޒިހާން އިސްމާއީލްގެ މައްޗަށެވެ.

"ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި ސ. ފޭދޫ، ޗަނބޭލީގޭ، ޔާމީން ރަޝީދު މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވެފައިވާކަން ދައުލަތުން ހުށަހެޅި ހެކި ގަރީނާތަކުން އެއްވެސް ޝައްކެއް ނެތި ޝަރީއަތަށް ސާބިތުވޭ،" ހުކުމް އިއްވަމުން ގާޒީ ވިދާޅުވި އެވެ.

އެ ދެ މީހުންގެ މައްޗަަށް ގާޒީ އަލީ އާދަމް އިއްވެވި ހުކުމަކީ 25 އަހަރަށް ޖަލަށްލުމާއެކު މަރުގެ ދިޔަ ދެއްކުމަށް އަމުރު ކުރުމެވެ.

މަރުގެ ދިޔައިގެ ގޮތުގައި ކަނޑައެޅީ 1،333،333ރ. އެވެ. ފައިސާ ދައްކަންޖެހެނީ އެއްމަސް ދުވަހުގެ ތެރޭގަ އެވެ. މަރުގެ ދިޔައަކީ އަސްލު އެއް މިލިއަން ރުފިޔާ އެވެ. ނަމަވެސް އެ އަދަދު ފަނޑިޔާރު އިތުރު ކުރެއްވީ ގަތުލު ހިންގީ ހުރުމަތްތެރިވެގެންވާ މަހެއްގައި ކަމަށްވީތީ އެވެ.

އޭގެ އިތުރުން ދެ ގާތިލުން ޖެހިޖެހިގެން 60 ދުވަހު ރޯދަ ހިފުމަށް ފަނޑިޔާރު އަލީ އާދަމް އެމީހުންނަށް ނަސޭހަތްތެރިވި އެވެ.

ހައިޝަމާއި ޒިހާންގެ އިތުރުން ހަތަރު މީހެއްގެ މައްޗަށް ދައުލަތުން ދައުވާ ކުރި އެވެ. ނަމަވެސް އެއިން އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވި އެވެ. އެއީ މ. ތާއިފް، އިސްމާއީލް ރަޝީދާއި މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދާއި މ. ކުދެހިގޭ، ހަސަން ޝިފާޒާއި ގދ. ގައްދޫ، ސިންދުބާދުގޭ، މުހައްމަދު ދިފްރާނެވެ.

ޔާމީން ރަޝީދުގެ އާއިލާގެ ބަސް

ޔާމީން ރަޝީދުގެ ދެ ގާތިލުން ކަމަށްވާ ހައިޝަމާއި ޒަހީންގެ މައްޗަށް ކުށް ސާބިތުވުމުން އިއްޔެ ވާރިސުންގެ ބަސް ވެސް ނެގި އެވެ.

ޔާމީން ރަޝީދުގެ ބައްޕަ ހުސެއިން ރަޝީދު ކޯޓުގައި ބުނީ ބޭނުން ވަނީ ދަރިފުޅުގެ ގާތިލުން މަރަން ކަމަށެވެ. ނަމަވެެސް ޔާމީންގެ މަންމަ މަރިޔަމް ޝަފީގާ ބުނީ ޔާމީންގެ ނަމުގައި އިންސާނަކު މެރުމަކީ އޭނާ އެދޭނެ ގޮތެއް ނޫން ކަމަށާއި ބޭނުންވަނީ މަރުގެ ދިޔަ ކަމަށެވެ.

ހުކުމް އިއްވިފަހުން ކްރިމިނަލް ކޯޓުގެ ބޭރުގައި ހުރެ މި ނޫހާ ވާހަކަ ދައްކަމުން ޔާމީންގެ މަންމަ ބުނީ އަދިވެސް ޔާމިން ރަޝީދަށް އިންސާފު ލިބުނު ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ. އެއީ ޔާމީންގެ މަރުގެ ފަހަތުގައި އިތުރު ބަޔަކު ތިބި ކަމަށް ގަބޫލު ކުރެވޭތީ ކަމަށް ވެސް އޭނާ ބުންޏެވެ.

"އަހަންނަކަށް ގަބޫލެއް ނުކުރެވޭ [ދައުވާ ލިބުނު ހަ މީހުން] މިކުދިންނަކީ މީ އެކަން ކުރި ކުދިން ކަމަކަށް. އެކުދިން ލައްވާ ބަޔަކު ކުރި ކަމެއް ކަމަށް އަދިވެސް ގަބޫލު ކުރެވެނީ،" ޝަފީގާ ބުންޏެވެ.

މުހިންމު ބައެއް ހަބަރުތައް

  • މޯލްޑިވްސް/ޗައިނާ ފްރެޑްންޝިޕް ބްރިޖު ހުރަސްކޮށް މާލެ އަންނަނިކޮށް ސައިކަލުން ވެއްޓުނު ޒުވާނާ މަރުވީ އިއްޔެގެ ވަގުތެއްގަ އެވެ. ފުލުހުން ބުނީ މުހައްމަދު ހައިކަލް އިސްމާއިލް، 21، މަރުވީ އޭނާ ދުއްވި ސައިކަލު ކޮންޓްރޯލްނުވެގެން ގޮސް ވެއްޓި ލިބުނު އަނިޔާތަކަށް ފަރުވާދެނިކޮށް ހޮސްޕިޓަލުގައި ކަމަށެވެ.
  • އދ. ދަނގެތީގައި މިދިޔަ އަހަރު ވަރަށް އަނިޔާވެރިކޮށް މަރާލާފައި އޮއްވާ ފެނުނު ވިޔަފާރިވެރިޔާ މަހްމޫދު އަބޫބަކުރު، 57، ގެ ވާރިސުން ބޭނުންވަނީ ގާތިލު ޝާ އަލޮމް މިއާ (ސާލިމް) މެރުމަށް ކަމަށް ކޯޓުގައި ބުނީ އިއްޔެ އެވެ. މަހްމޫދު މަރައިލީ ގަސްދުގައި ނަމަވެސް އެކަން ކުރީ ޝައިތާނާގެ އަވައިގެ ޖެހިގެން ކަމަށް ސާލިމު އިއްޔެ ކޯޓުގައި ބުންޏެވެ.
  • މާލޭ ސިޓީ ކައުންސިލްގެ ފަރާތުން އިއްޔެ ބޭއްވި ޖަލްސާއެއްގައ އޯޓިޒަމް ބަލި ހުންނަ މީހުންނަށް މަލާމާތް ކުރީ އިއްޔެ އެވެ. ނަމަވެސް އެގޮތަށް މަލާމާތް ކުރީ ކައުންސިލަރު އާދަމް ރަމީޒު ވަނީ ފަހުން އެކަމާ މައާފަށް އެދިފަ އެވެ.

ދުވަހުގެ ކޯޓޭޝަން

ސްރީ ލަންކާއަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ދަތުރުފުޅުގެ ތެރެއިން ދަ ހިންދޫ ނޫހަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ:

"އަޅުގަނޑު ދެކޭ ގޮތުގައި އެމްޑީޕީ ވެރިކަމުގައި އޮތުމުގެ މުހިއްމުކަން އަންނަނީ ބޮޑުވަމުން. ނުބައި އިހުސާސްތައްް [ރާއްޖޭގައި] ވަރަށް ބޮޑަށް އެބަ އޮތް. ރައީސް [އަބްދުﷲ] ޔާމީނާއި އެމަނިކުފާނު އިންޑިއާއާ މެދު ގެންގުޅުއްވާ ރައުޔާއި ކުރައްވާ ކެމްޕޭނާ ހެދީ މީހުން ވަރަށް ނުތަނަވަސް އެބަ ކުރުވާ."

ދުވަހުގެ ފޮޓޯ

ހުޅުމާލޭ ދެ ވަނަ ފޭހުގައި އަންހެނަކު ހެދިކާ ވިއްކުމަށް މޭޒެއް ބަހައްޓައިގެން: ހުޅުމާލޭ ފޭސް ދޭއްގައި ވަސީލާތްތައް މިހާތަނަށް ފުރިހަމަ ކުރެވިފައެއް ނުދޭ އަދި ހޮޓަލާއި ރެސްޓޯރަންޓު ފަދަ މާ ގިނަ ތަނެއް ވެސް ނުހުޅުވާ -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
ހުޅުމާލޭ ދެ ވަނަ ފޭހުގައި އަންހެނަކު ހެދިކާ ވިއްކުމަށް މޭޒެއް ބަހައްޓައިގެން: ހުޅުމާލޭ ފޭސް ދޭއްގައި ވަސީލާތްތައް މިހާތަނަށް ފުރިހަމަ ކުރެވިފައެއް ނުދޭ އަދި ހޮޓަލާއި ރެސްޓޯރަންޓު ފަދަ މާ ގިނަ ތަނެއް ވެސް ނުހުޅުވާ -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ހުޅުމާލޭ ދެ ވަނަ ފޭހުގައި އަންހެނަކު ހެދިކާ ވިއްކުމަށް މޭޒެއް ބަހައްޓައިގެން: ހުޅުމާލޭ ފޭސް ދޭއްގައި ވަސީލާތްތައް މިހާތަނަށް ފުރިހަމަ ކުރެވިފައެއް ނުވޭ އަދި ހޮޓަލާއި ރެސްޓޯރަންޓު ފަދަ މާ ގިނަ ތަނެއް ވެސް ނުހުޅުވާ -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ދިރާސާތަކުން ކިޔާލުމަށް

"ދަ މޮސްކް އިން ދަ މޯލްޑިވް އައިލެންޑްސް: އަ ޕްރިލިމިނަރީ ހިސްޓޮރިކަލް ސާވޭ"

އެ ދިރާސާއަކީ ޑރ. ޑީ.ޑަބްލިއު އެންޑްރޫ ފޯބްސް ރާއްޖެ ވަޑައިގެން 1979 ވަނަ އަހަރު ޝާއިއު ކުރި ދިރާސާއެކެވެ. އެ ކަރުދާހުގައި ރާއްޖޭގެ މިސްކިތްތަކާ ގުޅޭ ވަރަށް ގިނަ މައުލޫމާތު ހިމަނާފައިވެ އެވެ.

އެގޮތުން މިސްކިތްތައް ހެދުމަށް ބޭނުންކޮށްފައިވާ ސާމާނާއި މިސްކިތްތަކުގެ ލޮކޭޝަނާއި އިމާރާތް ކުރި ތާރީހަށް އަލިއަޅުވާލާފައިވެ އެވެ. އަދި އޭގެ އިތުރުން ބައެއް މިސްކިތްތަކުގެ ޗާަޓު ވެސް އެ ދިރާސާގައި ހިމަނާފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox