ހުލާސާކޮށް އިއްޔެ: ވެކްސިނުގެ ތިން ވަނަ ޑޯޒު ޖަހަން ފެށުން

ރާއްޖޭގައި މިދިޔަ އަހަރު ވެކްސިން ޖަހަނީ: ރާއްޖޭގެ އެންމެނަށް ހަމަވާ ވަރަށް ވެކްސިން ލިބިފައިވާ ކަމަށް ސަރުކާރުން ބުނޭ -- ފޮޓޯ: އަދަދު ފައިލް

ރާއްޖޭގައި މިދިޔަ އަހަރު ވެކްސިން ޖަހަނީ: ރާއްޖޭގެ އެންމެނަށް ހަމަވާ ވަރަށް ވެކްސިން ލިބިފައިވާ ކަމަށް ސަރުކާރުން ބުނޭ -- ފޮޓޯ: އަދަދު ފައިލް

ކޮވިޑް-19 އިން ދިފާއުވުމަށް ޖަހާ ވެކްސިންގެ ތިން ވަނަ ޑޯޒު ރާއްޖޭގައި އާންމުކޮށް ހުޅުވާލައިގެން ޖަހަން ފެށީ އިއްޔެ އެވެ.

ތިން ވަނަ ޑޯޒަކަށް ރާއްޖޭގައި ޖަހަނީ ފައިޒާ ވެކްސިނެވެ. ރާއްޖޭގައި ކޮވިޝީލްޑާއި ސައިނޮފާމް ވެކްސިން ވެސް ޖަހާފައިވެ އެވެ. ނަމަވެސް އެ ވެކްސިންތައް ޖަހާފައިވާ މީހުންނަށް ވެސް ބޫސްޓާ ޑޯޒުގެ ގޮތުގައި ދޭނީ ފައިޒާ އެވެ.

ކޮވިޑް-19 ވެކްސިންގެ ބޫސްޓާ ޑޯޒް އާންމުންނަށް ޖަހަން ފެށިއިރު، އުމުރުން ދުވަސްވީ މީހުންނާއި އެހެން ނުރައްކާތެރި ބަލިތައް ހުންނަ މީހުންނަށް މިދިޔަ އަހަރުގެ ތެރޭގައި ތިން ވަނަ ޑޯޒު ޖަހަން ވަނީ ފަށައިފަ އެވެ.

ރާއްޖޭގައި އިއްޔެ ތިން ވަނަ ޑޯޒު ޖަހަންފެށިއިރު، ރާއްޖޭގެ އެންމެނަށް ވެކްސިން ޖެހޭ ވަރަށް ވެކްސިން ލިބިފައިވާ ކަމަށް ސަރުކާރުން ކުރިން ވަނީ ބުނެފަ އެވެ.

އިއްޔެ ވެކްސިން ޖަހަންފެށުމާއެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ "ކޮވިޑް-19 ގެ އޮމިކްރޯން ވޭރިއަންޓާ ދެކޮޅަށް ބޭނުން ކުރުން އެންމެ ރަނގަޅީ ވެކްސިން" ކަމަށެވެ.

ރާއްޖޭގައި ބޫސްޓާ ޑޯޒު އާންމުކޮށް ޖަހަންފެށިއިރު 397،123 އަށް ވުރެ ގިނަ މީހުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހައިފަ އެވެ. ދެ ވަނަ ޑޯޒު ޖެހީ 368،622 މީހުންނެވެ. އަދި ތިން ވަނަ ޑޯޒު 29،082 މީހުން ވަނީ ޖަހައިފަ އެވެ. މިއީ މިދިޔަ ބުރާސްފަތި ދުވަހާ ހަމައަށް ފެންނަން ހުރި ތަފާސްހިސާބެވެ.

އެޗްޕީއޭގެ ފަރާޠުން އިއްޔެ އާންމު ކުރި ބަލިޖެހުނު މީހުންގެ ތަފާސްހިސާބަށް ބަލާއިރު މުޅި ރާއްޖެއިން 102،371 މީހުންނަށް ވަނީ ކޮވިޑް ބަލި ޖެހިފަ އެވެ. އޭގެ ތެރެއިން 265 މީހުން ވަނީ މަރުވެފަ އެވެ.

މުހިންމު ބައެއް ހަބަރުތައް

  • ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ރަސްމީ ދަތުރުފުޅެއްގައި ސްރީ ލަންކާއަށް ވަޑައިގެންނެވީ އިއްޔެ އެވެ. އެމަނިކުފާނުގެ ދަތުރުފުޅުގެ ބޭނުމަކީ ސްރީ ލަންކާގެ ޔޫތު ޕާލަމެންޓް އިފްތިތާހުކޮށްދެއްވުން ކަމަށް ރައްޔިތުންގެ މަޖިލީހުން ބުންޏެވެ.
  • ޝަރީއަތަށް ފިލައިގެން އިނގިރޭސިވިލާތުގައި އުޅުއްވާ ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެ ނުގެނެވިގެން އުޅެނީ އޭނާ ހައްޔަރުކުރަން ނެރުނު އަމުރުގެ އިނގިރޭސި ކޮޕީއެއް ނުލިބިގެން ކަމަށް ފުލުހުން ބުނި ނަމަވެސް އެފަދަ ލިޔުމަށް މިހާތަނަށް ފުލުހުން އެދިފައިނުވާ ކަމަށް ކްރިމިނަލް ކޯޓުން ބުނީ އިއްޔެ އެވެ.
  • އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު، ވެރިކަން ހިންގާ އެމްޑީޕީގެ ފަރާތުން ކޮމަންޑޫ ދާއިރާއަށް ވާދަ ކުރައްވާ މުހައްމަދު ރާޝިދުގެ ކެމްޕެއިނުގައި އިއްޔެ ބައިވެރިވެވަޑައިގެންފި އެވެ. ޒާހިރަކީ އެ ދާއިރާގެ މަރޮއްޓަށް ނިސްބަތްވާ ބޭފުޅެވެ.

ދުވަހުގެ ކަލަންޑަރު

"އަފްނާން ރަޝީދު ބެޑްމިންޓަން އެކަޑަމީ" ގެ ފަރާތުން އަންހެނުންނަށް ހާއްސަކޮށްގެން ބާއްވާ ބެޑްމިންޓަން މުބާރާތުގައި ބައިވެރިވުމުގެ އެންމެ ފަހު ދުވަހަކީ މިއަދެވެ. އައިޝަތު އަފްނާން ރަޝީދަކީ ރާއްޖޭގެ ކުރީގެ ބެޑްމިންޓަން ޗެމްޕިއަނެކެވެ.

ދުވަހުގެ ކޯޓޭޝަން

އއ. މަންދޫ ކައިރިއަށް ފުޅި އަޅައިގެން ފީނަން ފޭބި އިނގިރޭސިވިލާތުގެ އުމުރަން ދުވަސްވެފައިހުރި އަންހެން ފަތުރުވެރިޔަކު ގެއްލުމުން އެކަމާ ގުޅިގެން ވާހަކަ ދައްކަމުން ސިފައިންގެ މީޑިއާ އޮފިޝަލަކު ބުނީ:

"ގެއްލުނު މީހާ ހޯދުމަށް އެ ސަރަޙައްދުގައި އެމްއެންޑީއެފް ކޯސްޓްގާޑުގެ ކަނޑުގެ އުޅަނދުފަހަރު މިހާރު ދަނީ ހަރަކާތްތެރިވަމުން. އަދި މިއަދު އެ ސަރަހައްދުން ދަތުރުކުރި ސީޕްލޭންތައް މެދުވެރިކޮށްވެސް އެ ސަރަޙަހައްދު ވަނީ ބަލާފައި."

ދުވަހުގެ ފޮޓޯ

މާލޭގެ ފާރެއްގައި ކުރަހާފައިހުރި ގްރެފިޓީތަކެއް މާލޭ ސިޓީ ކައުންސިލުގެ މުވައްޒަފަކު ފުހޭއިރު ފުލުހުން ބަލަހައްޓައިގެން: އިއްޔެ ފެށި އެ ހަރަކާތުގައި ގޭންގުތަކުން މާލޭގެ ފާރުގައި ލިޔެފައި ހުރި އެކި ކަހަލަ ނިޝާންތައް ވަނީ ފުހެލައިފަ -- ފޮޓޯ: މާލޭ ސިޓީ ކައުންސިލް
މާލޭގެ ފާރެއްގައި ކުރަހާފައިހުރި ގްރެފިޓީތަކެއް މާލޭ ސިޓީ ކައުންސިލުގެ މުވައްޒަފަކު ފުހޭއިރު ފުލުހުން ބަލަހައްޓައިގެން: އިއްޔެ ފެށި އެ ހަރަކާތުގައި ގޭންގުތަކުން މާލޭގެ ފާރުގައި ލިޔެފައި ހުރި އެކި ކަހަލަ ނިޝާންތައް ވަނީ ފުހެލައިފަ -- ފޮޓޯ: މާލޭ ސިޓީ ކައުންސިލް

މާލޭގެ ފާރެއްގައި ކުރަހާފައިހުރި ގްރެފިޓީތަކެއް މާލޭ ސިޓީ ކައުންސިލުގެ މުވައްޒަފަކު ފުހޭއިރު ފުލުހުން ބަލަހައްޓައިގެން: އިއްޔެ ފެށި އެ ހަރަކާތުގައި ގޭންގުތަކުން މާލޭގެ ފާރުގައި ލިޔެފައި ހުރި އެކި ކަހަލަ ނިޝާންތައް ވަނީ ފުހެލައިފަ -- ފޮޓޯ: މާލޭ ސިޓީ ކައުންސިލް

ދިރާސާތަކުން ކިޔާލުމަށް

"އިމްޕެކްޓް އޮފް ކޮވިޑް-19 އޮން ޕާސަންސް ވިތު ޑިސެބިލިޓީސް އިން މޯލްޑިވްސް"

އެ ދިރާސާ ޝާއިއުކޮށްފައި ވަނީ އޮކްޓޯބަރު 31، 2020 ގަ އެވެ. ދިރާސާ ލިޔުއްވާފައި ވަނީ ޑރ. ޝީނާ މޫސާ އާއި ފާތިމަތު ރިޔާޒާ އާއި ސަފޫރާ ކައުސަރު އުސްމާން އެވެ. އެ ދިރާސާއަކީ ނެޝަނަލް ހެލްތު ރިސާޗް ކައުންސިލުން ފާސްކޮށްފައިވާ ދިރާސާއެކެވެ.

އެ ދިރާސާކޮށްފައި ވަނީ ނުޅުދަދުންތެރިކަން ހުންނަ މީހުންނާއި ކޮވިޑް-19 ގެ ފަސްޓް ރެސްޕޮންޑާސް އަދި ޑޭޓާތަކަށް ބަލައިގެނެވެ. ކޮވިޑްގެ ސަބަބުން އައި ލޮކްޑައުންގައި ނުކުޅަދުންތެރިކަން ހުންނަ މީހުންނަށް ކުރިމަތިވި އުނދަގޫތަކާއި ވަޒީފާގެ ދާއިރާއިން ލިބުނު ގެއްލުމާއި ކޮވިޑްގެ ސަބަބުން ނުކުޅަދުންތެރިކަން ހުންނަ މީހުންނަށް ލިބުނު ނަފްސާނީ ގެއްލުންތަކަށް އެ ދިރާސާގައި ބަލާފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox