ހުލާސާކޮށް އިއްޔެ: އުނގޫފާރުގެ ނުރައްކާތެރި ނެރު ބަދަލު ކުރުން

އުނގޫފާރު ނެރަށް އެރި ތެޔޮ ބާޖެއް: އުނގޫފާރު ބަނދަރު 2014 ގައި ހެދި ފަހުން ފަސް ވަރަކަށް އެކްސިޑެންޓު ދިމާވެއްޖެ -- ފޮޓޯ: ރަށު ކައުންސިލް

އުނގޫފާރު ނެރަށް އެރި ތެޔޮ ބާޖެއް: އުނގޫފާރު ބަނދަރު 2014 ގައި ހެދި ފަހުން ފަސް ވަރަކަށް އެކްސިޑެންޓު ދިމާވެއްޖެ -- ފޮޓޯ: ރަށު ކައުންސިލް

ރ. އުނގޫފާރު ނެރު މިހާރު ހުރިތަނުން އެހެން ސަރަހައްދަކަށް ބަދަލު ކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީއާ ހަވާލު ކުރީ އިއްޔެ އެވެ.

ޖުމްލަ 210 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް އެމްޓީސީސީއާ އެ ޕްރޮޖެކްޓު ހަވާލު ކުރީ 18.5 މިލިއަން ރުފިޔާ އަށެވެ. އެ މަސައްކަތުގެ ތެރޭގައި ބަނދަރާއި ނެރު ފުން ކުރުމާއި 162 މީޓަރުގެ ބޭރު ތޮށިލުން ހިމެނެ އެވެ. އަދި މުޅިން އާ ދެ ނެރުބައްތި ވެސް ޕްރޮޖެކްޓުގެ ތެރޭގައި ހަރުކުރަންޖެހެ އެވެ.

އެމްޓީސީސީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ. އަދި ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއި ކުރެއްވީ ހައުސިން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ ހަމީދެވެ.

އުނގޫފާރަށް ވަންނަން އުޅުމުގެ ތެރޭގަ އާއި އެ ހިސާބުން ދަތުރުކުރަނިކޮށް ނެރުގެ ފައިކައްޓަށް އަރައިގެން މީގެ ކުރިން ކަނޑުމަތީގެ ބައެއް ހާދިސާތައް ވަނީ ހިނގައިފަ އެވެ.

އުނގޫފާރު ބަނދަރާއި ނެރު

އުނގޫފާރުގެ ބައެއް ރައްޔިތުން ބުނަނީ އުނގޫފާރު ނެރުން ވަނުން ނުރައްކާތެރި މަސައްކަތަކަށްވީ އެ ރަށުގައި ބަނދަރު ހެދި ފަހުން ކަމަށެވެ. އެ ރަށުގެ ބަނދަރު އެންމެ ފަހުން ހަދައި، ނިންމާފައި ވަނީ 2014 ވަނަ އަހަރުގެ ތެރޭގަ އެވެ. ބަނދަރު ހެދީ 48 މިލިއަން ރުފިޔާއަށެވެ.

އުނގޫފާރު ބަނދަރު ކުރިން އޮތް ގޮތް: އެ ރަށުގެ އެންމެ ފުރަތަމަ ބަނދަރު 1996 ގައި ހެދީ ވެސް އެމްޓީސީސީގެ ފަރާތުން --ފޮޓޯ: ހުސެއިން އާސިފް
އުނގޫފާރު ބަނދަރު ކުރިން އޮތް ގޮތް: އެ ރަށުގެ އެންމެ ފުރަތަމަ ބަނދަރު 1996 ގައި ހެދީ ވެސް އެމްޓީސީސީގެ ފަރާތުން --ފޮޓޯ: ހުސެއިން އާސިފް

އުނގޫފާރު ބަނދަރު ކުރިން އޮތް ގޮތް: އެ ރަށުގެ އެންމެ ފުރަތަމަ ބަނދަރު 1996 ގައި ހެދީ ވެސް އެމްޓީސީސީގެ ފަރާތުން --ފޮޓޯ: ހުސެއިން އާސިފް

އުނގޫފާރު ބަނދަރު މީގެ 25 އަހަރު ކުރިން އެންމެ ފުރަތަމަ ހަދާފައި ވަނީ ވެސް އެމްޓީސީސީގެ ފަރާތުންނެވެ. އެ ބަނދަރު ވަރަށް ބޮޑަށް ބާވެފައި ހުއްޓައ ތަނުގެ ބޮޑު ބައެއް 2009 ވަނަ އަހަރު އެ ރަށަށް އެރި އުދައިގައި ހަކާލުވި އެވެ.

އުދަ އަރައިި، ބަނދަރު ހަލާކުވުމުގެ ސަބަބުން އެއިރު އަބަދު އޮންނަނީ ބަނދަރު މަރާމާތު ކުރަންޖެހިފަ އެވެ. އުދަ އެރި ފަހަރު ބަނދަރުގެ ބޭރު ތޮށިން ވެސް ބައެއް ވެއްޓި ވަރަށް ބޮޑެތި ގެއްލުވި އެވެ.

އެކްސިޑެންޓުތައް

  • އުނގޫފާރު ބަނދަރު ހެދިފަހުން ޖޫން 19، 2014 ގައި ބޯޓެއް ވަނީ އެ ރަށުގެ ނެރު މައްޗަށް އަރައިފަ އެވެ. "ފުޅަނގި" ބޯޓު އެ ރަށު ނެރަށް އެރީ މާލެއިން ފުރައިގެން ރ. އަތޮޅު އަލިފުއްޓަށް ދަތުރުކުރަމުންދަނިކޮށެވެ. އެ ބޯޓުގައި އެއިރު ފަސިންޖަރުން ވެސް ތިއްބެވެ.
  • މުދާ އުފުލާ ދޯންޏެއް، ގާތްގަނޑަކަށް 80 ބަސްތާ ސިމެންތި އާއި 1000 ގަނޑު ޓިނާއި އެ ނޫން ވެސް ތަކެތި ހިފައިން ރ. އިފުރަށް ދަނިކޮށް ޖޫން 1، 2015 ގައި ވެސް އުނގޫފާރު ނެރުމައްޗަށް އެރި އެވެ.
  • އޭގެ އަހަރެއް ފަހުން ޖުލައި 13، 2016 ގައި އެ ރަށު ނެރަށް ވަނީ ބާޖެއް އަރައިފަ އެވެ. ކޯސްޓްލައިނުގެ އެ ބާޖު ނެރަށް އެރީ ތެލުގެ ޝިޕްމަންޓެއް ޑެލިވާ ކުރުމަށް އުނގޫފާރަށް ވަންނަން އުޅުމުގެ ތެރޭގަ އެވެ.
  • އުނގޫފާރު ނެރުން ނިކުންނަން އުޅެނިކޮށް ޖޫން 18، 2019 ގައި ވެސް ލޯންޗެއް އެ ރަށު ނެރަށް އެރި އެވެ. އެއިރު ލޯންޗުގެ ފަޅުވެރިންނާއެކު އޭގައި 11 މީހުން ތިއްބެވެ.
  • އޭގެ ފަހުން ހަމަ އެ އަހަރު، އޯގަސްޓް 9، 2019 ގައި އެމްޓީސީސީގެ "ލީމާ" ނަމަކަށް ކިޔާ ކޮޅުވެއްޓިއެއް ވަނީ ހަމަ އުނގޫފާރު ނެރަށް އަރައިފަ އެވެ.

މުހިންމު ބައެއް ހަބަރުތައް

  • އެމެރިކާގެ ހިއުމަން ރައިޓްސް ވޮޗް ޖަމިއްޔާއިން ނެރުނު މިދިޔަ އަހަރުގެ ރިޕޯޓުގައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔާފައި ވަނީ އިއްޔެ އެވެ. ޓެރަރިސްޓުންނާ ދެކޮޅަށް އެކަށީގެންވާ ފިޔަވަޅު ނޭޅުމާއި ތިމާވެށި ހަލާކުވާ ގޮތަށް ސަރުކާރުން ޕްރޮޖެކްޓުތައް ހިންގަމުންދާ ކަމަށް އެ ރިޕޯޓުގައި ފާހަގަ ކުރި އެވެ.
  • ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ހިޔާނާތްވުމުގެ ދައުވާގެ ޝަރީއަތް އަންނަ ހަފްތާގެ ތެރޭގައި ފަށާނެ ކަމަށް ނޫހުގައި ޖަހާފައި ވަނީ އިއްޔެ އެވެ. އޭނާގެ މައްޗަށް ދައުވާ ކުރަނީ އެމްއެމްޕީއާރްސީގެ ފައިސާ އެކައުންޓަށް ވަދެފައިވާތީ އެވެ.
  • ޖިންސީ ގޯނާކޮށްގެން 2019 ވަނަ އަހަރު ވަޒީފާއިން ވަކި ކުރި ތިން މެޖިސްޓްރޭޓުންގެ މައްސަލަތައް އަދިވެސް ތަހުގީގުކޮށް ނުނިމޭ ކަމަށް ފުލުހުން ބުނީ އިއްޔެ އެވެ. ނަމަވެސް ވަރަށް އަވަހަށް ތަހުގީގު ނިންމާނެ ކަމަށް ފުލުހުން ބުނެ އެވެ.

ދުވަހުގެ ކޯޓޭޝަން

ފާނައިގެ މަސްވެރިކަމާއި މަސްވެރިކަމުގެ އާދަތަކާ ބެހޭ ގޮތުން މި ނޫހުން ލިޔުނު ރިޕޯޓަކަށް މައުލޫމާތު ދެއްވަމުން ސިކްސް ސެންސާސް ރިސޯޓުގެ ސަސްޓެއިނިބިލިޓީ މެނޭޖަރު އާދަމް ތަލްހަތު (އެޑަމް) ވިދާޅުވީ:

"ދުނިޔެއަކީ ވަށް ބޯޅައެއް. މި ބޯޅައިގަ ހިމެނޭ ގުދުރަތީ ވަސީލަަތްތައް ހުންނަނީ ހުސްނުވާ ގޮތަކަށް ނޫން. ފާނަ އަހަރުމެން ދިވެހި ކަނޑުން ބާނާފަ މި ވިއްކަނީ ޗައިނާ މީހުން ކާން. ޗައިނާ މާކެޓަކީ ހިނދޭނެ މާކަޓެއް ނޫން. އެކަމަކު ޗައިނާ މީހުން ކާން ބޭނުންވާ ވަރަކަށް މިތަނަކު މަހެއް ނެތް."

ދުވަހުގެ ފޮޓޯ

އުނގޫފާރު ނެރު ބަދަލު ކުރުމުގެ މަޝްރޫއު ހަވާލު ކުރުމުގެ ހަފްލާގައި އެމްޓީސީސީގެ އާޒިމް އާއި ހައުސިން މިނިސްޓްރީގެ ޒީނިޔާ އަދި މަޖިލީހުގެ މެމްބަރު މުހައްމަދު ވަހީދު: އެމްޓީސީސީއާ އެ ޕްރޮޖެކްޓު ހަވާލު ކުރީ 18.5 މިލިއަން ރުފިޔާއަށް 200 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް -- ފޮޓޯ: ހައުސިން މިނިސްޓްރީ
އުނގޫފާރު ނެރު ބަދަލު ކުރުމުގެ މަޝްރޫއު ހަވާލު ކުރުމުގެ ހަފްލާގައި އެމްޓީސީސީގެ އާޒިމް އާއި ހައުސިން މިނިސްޓްރީގެ ޒީނިޔާ އަދި މަޖިލީހުގެ މެމްބަރު މުހައްމަދު ވަހީދު: އެމްޓީސީސީއާ އެ ޕްރޮޖެކްޓު ހަވާލު ކުރީ 18.5 މިލިއަން ރުފިޔާއަށް 200 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް -- ފޮޓޯ: ހައުސިން މިނިސްޓްރީ

އުނގޫފާރު ނެރު ބަދަލު ކުރުމުގެ މަޝްރޫއު ހަވާލު ކުރުމުގެ ހަފްލާގައި އެމްޓީސީސީގެ އާޒިމް އާއި ހައުސިން މިނިސްޓްރީގެ ޒީނިޔާ އަދި މަޖިލީހުގެ މެމްބަރު މުހައްމަދު ވަހީދު: އެމްޓީސީސީއާ އެ ޕްރޮޖެކްޓު ހަވާލު ކުރީ 18.5 މިލިއަން ރުފިޔާއަށް 200 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް -- ފޮޓޯ: ހައުސިން މިނިސްޓްރީ

ދިރާސާތަކުން ކިޔާލުމަށް

"ކްލައިމެޓް ޗޭންޖް އެޑެޕްޓޭޝަން ފޯ ސީ ޕޯޓްސް އިން ސަޕޯޓް އޮފް ދަ 2030 އެޖެންޑާ ފޯ ސަސްޓެއިނަބަލް ޑެވެލޮޕްމަންޓް"

އެއީ އޮކްޓޯބަރު 2020، ގެ ތެރޭގައި ދެ ދުވަހަށް ކުރިއަށްގެންދިޔަ ޔުނައިޓެޑް ނޭޝަންސް ކޮންފަރެންސް އޮން ޓްރޭޑް އެންޑް ޑިވެލޮޕްމަންޓަށް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑުގެ އައިޝަތު ޝިމްލާ ތައްޔާރު ކުރެއްވި ދިރާސާ ކަރުދާހެކެވެ.

ޝިމްލާގެ އެ ކަރުދާހުގައި ބުނެފައިވާ ގޮތުން މޫސުމަށް އަންނަ ބަދަލުތަކާހުރެ ރާއްޖޭގެ މުދާ އެތެރެ ކުރާ ބަނދަރުތަކަށް އޮތް ނުރައްކަލުގެ ވާހަކަ ވަނީ ދައްކައިފަ އެވެ. އަދި ތިމާވެއްޓާ އެކުވެރި ގޮތަކަށް ބަނދަރާއި އެ ނޫން ވެސް ތަރައްގީ ގެނައުމަށް ހުރި ގޮންޖެހުންތަކާމެދު ވަނީ ވާހަކަ ދައްކަވައިފަ އެވެ. އަދި ގުދްރަތީ ކާރިސާތަކުން ބަނދަރުފަދަ މުހިންމު އިންފްރާސްޓްރަކްޗާތަކަށް ލިބޭ ގެއްލުމަށް ވެސް ކަރުދާހުގައި އަލިއަޅުވާލާފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox