ކޯޓުން މައްސަލަ ނިންމީ ޓެނިސް ތަރި ޖޮކޮވިޗާ އެއްކޮޅަށް

Jan 10, 2022, 10:40 AM
ކޯޓުން މައްސަލަ ނިންމީ ޓެނިސް ތަރި ޖޮކޮވިޗާ އެއްކޮޅަށް

މެލްބަން، އޮސްޓްރޭލިއާ (ޖެނުއަރީ 10) - އޮސްޓްރޭލިއަން އޯޕަންގައި ވާދަކުރަން ދުނިޔޭގެ އެއް ވަނަ ފިރިހެން ޓެނިސް ކުޅުންތެރިޔާ ނޮވަކް ޖޮކޮވިޗްގެ ވިސާ ކެންސަލްކޮށްލި މައްސަލައިގައި އޭނާ ކޯޓަށް ހުށަހެޅި މައްސަލަ ކާމިޔާބުކޮށްފި އެވެ.

ކޮވިޑް-19ގެ ވެކްސިން މައުލޫމާތު ނުދޭތީ އޮސްޓްރޭލިއާ އިމިގްރޭޝަނުން ޖޮކޮވިޗްގެ ވިސާ ކެންސަލްކޮށްލި މައްސަލަ އޭނާ ކޯޓުގައި ކުރިއަށް ގެންދިޔައިރު، ގިނަ ފިއްތުންތަކާ ކުރިމަތިލާން ޖެހުނެވެ. އެކަމަކު، މިއަދު ކޯޓުން ނިންމީ އޮސްޓްރޭލިއާގެ އިމިގްރޭޝަނުގެ ޑިޓެންޝަނުގައި ހުރި ޖޮކޮވިޗް ދޫކޮށްލާށެވެ. ކޯޓުން ވަނީ ޑިޓެންޝަނުގައި ޖޮކޮވިޗް ބެހެއްޓިއިރު، އޭނާ އަތުން ދިޔަ ހަރަދުގެ ބަދަލުދޭން އޮސްޓްރޭލިއާ ސަރުކާރަށް އަންގައިފަ އެވެ.

ޖޮކޮވިޗަށް އެންމެ ފުރަތަމަ އޮސްޓްރޭލިއަން އޯޕަންގައި ވާދަކުރުމުގެ ފުރުސަތު ދީފައިވަނިކޮށް، އޭނާގެ ވިސާ ކެންސަލްކޮށްލައި، އަނބުރާ ގައުމަށް ފޮނުވާލަން ނިންމި އެވެ. އެކަމަކު، ޖޮކޮވިޗް އަލުން ވިސާ ހޯދަން ކުރާ މަސައްކަތުގައި އޮސްޓްރޭލިއާ ކޯޓަށް ހުށަހަޅަން ނިންމީ އެވެ. މިހާރު އެ މައްސަލަ ކޯޓުން ޖޮކޮވިޗަށް ކާމިޔާބުވެފައިވާއިރު، މުބާރާތުގައި އޭނާ ފެނުމުގެ ފުރުސަތު އެބައޮތެވެ.

މިދިޔަ ހަފްތާގައި ދުބާއީ މަގުން ޖޮކޮވިޗް އޮސްޓްރޭލިއާ އަށް ދަތުރުކުރީ ސައްހަ ވިސާއެއް ހިފައިގެން ކަމަށާއި އެކަމަކު، މެލްބަން އަށް އައުމާ އެކު އޭނާ ވިސާ ކެންސަލްކޮށްލީ ޖަވާބުދާރީވާން ފުރުސަތު ދޭން ޖެހޭ މަރުހަލާތައް ފުރިހަމަ ނުކޮށް ކަަމަށް ކޯޓުން ވަނީ ކަނޑައަޅައިފަ އެވެ. އެކަމަކު، ޖޮކޮވިޗަށް އޮސްޓްރޭލިއަން އޯޕަންގައި ކުޅެވޭނެތޯ ގޮތެއް ނިންމޭނީ އޮސްޓްރޭލިއާ އިމިގްރޭޝަނުން ވިސާއާ މެދު ކަނޑައަޅާ ގޮތަކުންނެވެ.

އޮސްޓްރޭލިއަން އޯޕަންގެ ސިއްހީ ގައިޑްލައިންތަކުގައި އޮތް ގޮތުން މުބާރާތުގައި ކުޅޭ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުން ކޮވިޑް ވެކްސިން ފުރިހަމަ ކޮށްފައިވާކަން މުބާރާތް އިންތިޒާމްކުރާ ފަރާތަށް ކަށަވަރުކޮށްދޭން ޖެހޭނެ އެވެ. އަދި ކޮވިޑް ވެކްސިން ނުޖަހާނަމަ މުބާރާތުގައި ބައިވެރިވެވޭނީ ވެކްސިން ނުޖަހަނީ ބަލި ހާލަތެއްގެ ސަަބަބުން ނޫނީ އެހެނިހެން މަގުބޫލު ސަބަބަކާ ހެދިކަން ސާބިތުކޮށްދީގެންނެވެ. އެކަން ކުރެވެން އޮތީ ސިއްހީ މާހިރެއްގެ ލަފާގެ މަތިން "މެޑިކަލް އެގްޒެމްޕްޝަން" ލިޔެކިޔުން ހުށަަހަޅައިގެންނެވެ.

ޖޮކޮވިޗަށް މެޑިކަލް އެގްޒެމްޕްޝަން ދޭން ނިންމީ މިދިޔަ މަހު ކޮވިޑަށް ޕޮޒިޓިވްވެފައިވާކަމުގެ ލިޔެކިޔުންތައް ހުށަހެޅުމުންނެެވެ. އެކަމަކު، ކޮވިޑް-19 ވެކްސިން މައްސަލައިގައި ޖޮކޮވިޗަށް އޮސްޓްރޭލިއާ އިމިގްރޭޝަނުން ފިޔަވަޅު އެޅުމުގެ ފުރުސަތު އެބައޮތެވެ. ޖޮކޮވިޗް ވަނީ އޭނާ ވެކްސިން ޖެހިކަން ސާބިތުކޮށްދޭން ކުރާ ސުވާލުތަކަށް ސީދާ ޖަވާބުދޭން ދެކޮޅު ހަދައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox