އަލްކަރާޒް ފުރަތަމަ ފަހަރަށް އޮސްޓްރޭލިއަން އޯޕަން ސެމީ ފައިނަލަށް

Jan 28, 2026, 2:13 AM
އަލްކަރާޒް ފުރަތަމަ ފަހަރަށް އޮސްޓްރޭލިއަން އޯޕަން ސެމީ ފައިނަލަށް

މެލްބާން، އޮސްޓްރޭލިއާ (ޖެނުއަރީ 28) - ސްޕެއިނުގެ މަޝްހޫރު ޓެނިސް ތަރި، ކާލޯސް އަލްކަރާޒް، މިހާރު ކުރިއަށްދާ ގްރޭންޑް ސްލޭމް ޓެނިސް މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށް، މި މުބާރާތުގައި އަލަށް ގަދަ ހަތަރެއްގެ ތެރޭގައި ހިމެނިއްޖެ އެވެ.

ރޮޑް ލޭވާ އެރީނާގައި ކުޅުނު ކުއާޓާ ފައިނަލް މެޗުގައި، އުމުރުން 22 އަހަރުގެ އަލްކަރާޒް ވަނީ، އަލެކްސް ޑި މިނޯ އަތުން މޮޅުވެފަ އެވެ. އަލްކަރާޒް އަތުން މި ފަހަރުގެ އޮސްޓްރޭލިއަން އޯޕަންގައި މިހާތަނަށް ސެޓެއް ވެސް ގެއްލިފައިނުވާއިރު، ޑި މިނޯ އަތުން މޮޅުވެފައިވަނީ، 7-5 6-2 6-1 އިން ސެޓުތައް ގެންގޮސްގެންނެވެ.

އަލްކަރާޒްގެ ކެރިއަރުގައި މިހާތަނަށް ހަ ގްރޭންޑް ސްލޭމް ތަށި ވަނީ ހޯދައިފަ އެވެ. އެއީ، އޮސްޓްރޭލިއަން އޯޕަން ފިޔަވައި، ދެން އޮތް ތިން ގްރޭންޑް ސްލޭމް މުބާރާތް ކަމަށްވާ، ފްރެންޗް އޯޕަން، ވިމްބަލްޑަން އަދި ޔޫއެސް އޯޕަން، ކޮންމެ މުބާރާތެއް ދެ ފަަހަރު އެވެ.

މި ފަހަރުގެ އޮސްޓްރޭލިއަން އޯޕަންގެ ސެމީ ފައިނަލުން ޖާގަ ހޯދުމަށް ފަހު، އަލްކަރާޒް ބުނެފައިވަނީ، މިއީ ހަގީގަތުގައި އޭނާ އަށް ވަރަށް ރަނގަޅަށް ދާ މުބާރާތެއް ކަމަށާއި ފުރަތަމަ ބުރުން ފެށިގެން ކޮންމެ މެޗެއްގައި ވެސް ކުޅުން ރަނގަޅު ކުރެވެމުން އަންނަ ކަމަށެވެ.

ސެމީ ފައިނަލުގައި އަލްކަރާޒް ކުޅޭނީ ޖަރުމަނުގެ އަލެކްސަންޑަ ޒްވެރެވްއާ ދެކޮޅަށެެވެ. ތިން ވަނަ އަށް ސީޑްކޮށްފައިވާ ޒްވެރެވް ވަނީ ކުއާޓާ ފައިނަލުގައި އެމެރިކާގެ ލާނާ ޓީއާން އަތުން މޮޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox