އެންޓި ކެމްޕެއިން ނުކުރުމަށް ކޮމަންޑޫ ދާއިރާގެ ކެންޑިޑޭޓުންނަށް އީސީން އިލްތިމާސްކޮށްފި

އިލެކްޝަން ކޮމިޝަނަރު ފުއާދު ތައުފީގް: އޭނާ ވިދާޅުވީ ތިން ކެންޑިޑޭޓުންވެސް އެންޓި ކެމްޕެއިން ކުރާ ކަމަށް -- ފޮޓޯ: އަދަދު ފައިލް

އިލެކްޝަން ކޮމިޝަނަރު ފުއާދު ތައުފީގް: އޭނާ ވިދާޅުވީ ތިން ކެންޑިޑޭޓުންވެސް އެންޓި ކެމްޕެއިން ކުރާ ކަމަށް -- ފޮޓޯ: އަދަދު ފައިލް

ރައްޔިތުން މަޖިލީހުގެ ށ.ކޮމަންޑޫ ދާއިރާއަށް ކުރިމަތިލާފައި ތިބި ތިން ކެންޑިޑޭޓުން ވެސް އެންޓި ކެމްޕެއިން ކުރާކަން ފާހަގަކުރެވިފައިވާ ކަމަށް ބުނެ، އެކަން އެގޮތަސް ނުކުރެއްވުމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން އިލްތިމާސް ކޮށްފި އެވެ.

އީސީގެ ރައީސް ފުރާދު ތައުފީގު "އަދަދު"އަށް ވިދާޅުވީ ނަން ސީދާ ހާމަނުކޮށް ވާދަވެރި ދެ ކެންޑިޑޭޓަށް ނިސްބަތްކޮށް މި އިންތިހާބުގައި ވާދަކުރާ ތިން ކެންޑިޑޭޓުން ވެސް އެންޓި ކެމްޕެއިން ކުރާކަން މީޑިއާގެ ޒަރިއްޔާއިން އެ ކޮމިޝަނަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

ނަމަވެސް އެފަދަ ޝަކުވާއެއް މިހާތަށް ލިބިފައި ނުވާތީ، އެ ކޮމިޝަނުގެ އަމިއްލަ އިސްނެގުމުގެ ދަށުން އެންޓި ކެމްޕެއިން ކުރާ މައްސަލަތައް ނުބަލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށްވެސް ހަބަރުތަކުންނާއި، ސޯޝަލް މީޑިއާގެ ތެރެއިންވެސް އެބަ ފެނޭ އޭގެ އެންމެ ރަނގަޅު ގޮތަށް ނޫން ގޮތަށް އެ ކެމްޕެއިންގައި މަސައްކަތް ކުރައްވަމުން ގެންދާކަން," ފުއާދު ވިދާޅުވި އެވެ.

ފުއާދު ވަނީ އިންތިހާބާ ގުޅިގެން ހުރި ހުރިހާ ކަންބޮޑުވުމެއް މީޑިއާގައި ހާމަކުރުމުގެ ބަދަލުގައި އެ ކޮމިޝަންގެ ޝަކުވާ ބިއުރޯއަށް މައްސަލަ ހުށަހެޅުމަށް ހުރިހާ ރައްޔިތުންނަށާއި، ސިޔާސީ ޕާޓީތަކަށް އިލްތިމާސްކުރައްވާފަ އެވެ. އަދި އެހެން މީހުންނަށް ސިޔާސީ ގޮތުން ބަހުގެ ހަމަަލާތައް އަމާޒުނުކޮށް، ޕޮޒިޓިވްކޮށް ކެމްޕެއިން ކުރުމަށް އެދިވަޑައިގެންނެވި އެވެ.

"އަޅުގަނޑުމެންގެ އިލްތިމާސްއަކީ ޕޮޒިޓިވްކޮށް ކެމްޕެއިން ކުރައްވާށޭ, މީސްމީހުންނަށް ނެގެޓިވް ކެމްޕެއިން ނުކުރައްވާށޭ މި ދަންނަވަނީ," ފުއާދު ވިދާޅުވި އެވެ.

އަންނަ މަހުގެ ފަސްވަނަ ދުވަހުގެ ބާއްވާ ކޮމަންޑޫ ދާއިރާގެ އިންތިހާބު ފެންނަނީ ވަރަށް ފޯރިގަދަކޮށެވެ. ތިން ކެންޑިޑޭޓުން ތަމްސީލުކުރާ ޕާޓީތަކުން އަންނަނީ އެއް ބަޔަކު އަނެއް ބަޔަކަށް ބަހުގެ ހަމަލާތައް އަމާޒުކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox