ފުލުހުންނާއި ސިފައިން އެކުގައި މާލޭގެ މަގުތަކަށް، ތަފްސީލެއް ނުދިން

އެމްއެންޑީއެފާއި ފުލުހުން ގުޅިގެން ބޮޑު އޮޕަރޭޝަނެއް: މި އޮޕަރޭޝަން ކުރިއަށް ގެންދަނީ ސިއްރުން. ފޮޓޯ: ހުސައިން ޝަޔާހް / އަދަދު

އެމްއެންޑީއެފާއި ފުލުހުން ގުޅިގެން ބޮޑު އޮޕަރޭޝަނެއް: މި އޮޕަރޭޝަން ކުރިއަށް ގެންދަނީ ސިއްރުން. ފޮޓޯ: ހުސައިން ޝަޔާހް / އަދަދު

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކަމަށް ބުނެ ފުލުހުންނާއި ސިފައިން ގުޅިގެން މާލޭގައި ސަރަހައްދުގައި ހާއްސަ އޮޕަރޭޝަނެއް ފަށައިފި އެވެ.

ނަމަވެސް, އެ އޮޕަރޭޝަންގެ ތަފްސީލު ދެ އިދާރާއިން ވެސް ހާމައެއްނުކުރި އެވެ.

ފުލުހުން ބުނީ މާލޭގެ އަމާންކަމާއި ރައްކާތެރިކަން ޔަގީން ކުރުމުގެ ގޮތުން ގައުމީ ދިފާއީ ބާރުގެ އެހީއަށް އެ އިދާރާއިން އެދިފައިވާ ކަމަށެވެ. އަދި ސިފައިންގެ އެހީއާއެކު މާލޭގައި އޮޕަރޭޝަނެއް ފަށާފައިވާ ކަމަށް އެއިދާރާއިން ބުންޏެވެ.

މި އޮޕަރޭޝަން ކުރިއަށް ގެންދިއުމަށް އެމްއެންޑީއެފްގެ އެހީއަށް އެދުނީ ކީއްވެތޯ އަދި އެދުނީ ކޮން ބާވަތެއްގެ އެހީއަކަށްތޯ އެހުމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އޮޕަރޭޝަނާ ގުޅޭ ގޮތުން އިތުރު އެއްވެސް މައުލޫމާތެއް ހާމަކުރެވެން ނެތް ކަމަށެވެ.

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އޮޕަރޭޝަނެއް ހިންގާއިރު، ގައުމީ ސަލާމަތަށް ނުރައްކާވާފަދަ ހާލަތެއް އޮތްތޯ އެހުމުން އެ ސުވާލަށް ވެސް ޖަވާބު ދިނުމަށް ފުލުހުން އުޒުރުވެރިވި އެވެ.

"ބަޔާނުގައި އެވަނީ ހާމަކުރެވޭނެ އެންމެ ބޮޑަކަށް މައުލޫމާތު ހާމަކޮށްފައި، އިތުރު މައުލޫމާތެއް ދެވޭކަށް ނެތް." ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ރޭ މެންދަމު 12:22 ގައި ފުލުހުން ބަޔާން އާންމުކުރިތާ ކުޑަ އިރުކޮޅެއް ތެރޭ ގިނަ އަދަދެއްގެ ފުލުހުންނާއި ސިފައިން މާލޭގެ ބައެއް ސަރަހައްދުތަކުން ފެނިފައި ވެއެވެ. ނަމަވެސް މިއޮޕަރޭޝަންގައި އަދި މިހާތަނަށް އެއްވެސް ތަނެއް ފާސްކޮށް، އެއްވެސް މީހަކު ހައްޔަރު ކުރިކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox