މިލަންދޫ ނޭޗާ ޕާކުގެ މަސައްކަތް އީޕީއޭއިން ހުއްޓުވައިފި

ިމިލަންދޫ ސިކުނޑި ކުޅި: މި ކުޅީގެ ނަސް ނިސްބަތްވަނީ މި ކުޅީގައި ގިނަ އަދަދަކަށް އުޅޭ ސިކުނޑި (ޑިނގާ) އަށް. -- ފޮޓޯ: އައިޑިއާސް/ތިލަދުންމަތީ ޓައިމްސް

ިމިލަންދޫ ސިކުނޑި ކުޅި: މި ކުޅީގެ ނަސް ނިސްބަތްވަނީ މި ކުޅީގައި ގިނަ އަދަދަކަށް އުޅޭ ސިކުނޑި (ޑިނގާ) އަށް. -- ފޮޓޯ: އައިޑިއާސް/ތިލަދުންމަތީ ޓައިމްސް

ށ. މިލަންދޫ ޒުވާނުންތަކެއްގެ އަމިއްލައަށް އިސްނަގައިގެން އެ ރަށު "ސިކުނޑި ކުޅީ"ގައި ނޭޗާ ޕާކެއް ހެދުމުގެ މަސައްކަތް ފަށައިގެން އުޅެނިކޮށް އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން އަންގައިގެން މަސައްކަތްތައް ހުއްޓާލައިފި އެވެ.

އެނގިފައިވާ ގޮތުގައި ނޭޗާ ޕާކު ތަރައްގީ ކުރުމުގެ މަސައްކަތް ހުއްޓާލަން އީޕީއޭއިން އެންގީ އެ އިދާރާގެ ހުއްދަ ނުނަގާ މަސައްކަތް ފެށުމުންނެވެ. އެކަމަކު މަސައްކަތް ހުއްޓުވިއިރު ކުޅީގެ އެކި ސަރަހައްދުތަކުގައި ޕީވީސީ ހޮޅި ފައްތާ، ޖުންގު ހަރުކޮށްގެން ކުޑަ ފާލަމެއް އަޅާ ނިމިއްޖެ އެވެ.

މިލަންދޫ ކައުންސިލު ރައީސް އަބްދުﷲ އާތިފް "އަދަދު"އަށް ވިދާޅުވީ، ނޭޗާ ޕާކެއް ތަރައްގީ ކުރަން ޒުވާނުންގެ ބަޔަކު ހުށަހެޅުމުން, ކައުންސިލުން ނިންމީ އެ ހުށަހެޅުމާ އެއްގޮތަށް ކުރެހުންތައް ލިބިގެން އެކަމަށް ހުއްދަ ދޭން ކަމަށެވެ.

ނަމަވެސް، ހުއްދަ ނުދެނީސް އަމިއްލައަށް މަސައްކަތް ފެށީ ކަމަށް އޭނާ ވިދާޅުވި އެވެ.

"މަސައްކަތް ފަށައިގެން އުޅެނިކޮށް އީޕީއޭއަށް ކޮންމެވެސް ގޮތަކުން އެނގިގެން އެބޭފުޅުން އެ މަސައްކަތް ހުއްޓުވީ" އާތިފް ވިދާޅުވި އެވެ.

ށ. މިލަންދޫ ސިކުނޑި ކުޅި: ފޮޓޮއިން ތިފެންނަނީ މަސައްކަތް ހުއްޓުވިއިރު ކޮށްނިމިފައިހުރި މަސައްކަތްތައް. --
ށ. މިލަންދޫ ސިކުނޑި ކުޅި: ފޮޓޮއިން ތިފެންނަނީ މަސައްކަތް ހުއްޓުވިއިރު ކޮށްނިމިފައިހުރި މަސައްކަތްތައް. --

ށ. މިލަންދޫ ސިކުނޑި ކުޅި: ފޮޓޮއިން ތިފެންނަނީ މަސައްކަތް ހުއްޓުވިއިރު ކޮށްނިމިފައިހުރި މަސައްކަތްތައް. --

މަސައްކަތް ހުއްޓުވުމަށް ފަހު، އީޕީއޭ އިން ވަނީ އެ އިދާރާއަށް ކުރެހުންތައް ހުށަހަޅައިގެން ހުއްދަ ހޯދަން އަންގައިފަ އެވެ.

އާތިފް ވިދާޅުވީ މިހާރު އެ މަސައްކަތުގައި އިސްކޮށް އުޅޭ ޒުވާނުންނާ ވާހަކަ ދެކެވި، ކުރެހުންތައް ކައުންސިލު މެދުވެރިވެގެން އީޕީއޭ އަށް ހުށަހަޅަން ނިންމާފައިވާ ކަމަށެވެ.

"ވަރަށް އަވަހަށް ކުރެހުންތައް ލިބޭނެ ކަމަށް ބުނީ" އޭނާ ވިދާޅުވި އެވެ.

ގުދުރަތީ ގޮތުން ތަފާތު ސިފަތަކެއް ލިބިފައިވާ ސިކުނޑި ކުޅި، ނޭޗާ ޕާކަކަށް ހަދަން ޒުވާނުން މަސައްކަތްކުރަނީ އަމިއްލަ އަށް ހަރަދުކުރާ ގޮތަށެވެ. މި މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުން ކައުންސިލުން ވަނީ އަހަރީ ބަޖެޓުގައި މިތަނަށް އިންވެސްޓުކުރަން ފައިސާ ކަނޑައަޅާފަ އެވެ.

ސިކުނޑި ކުޅިޔަށް ނަން ދެވުނީ، އެ ކުޅީގައި އާދަޔާ ހިލާފަށް ގިނައިން އުޅޭ ޑިނގާތަކަށް ނިސްބަތްކޮށެވެ. ސިކުނޑިއޭ ކިޔަނީ ދެފުށްފެންނަ (ޓްރާންސްޕޭރެންޓް) މި ޖަނަވާރުތަކުގެ ސިކުނޑި ފެންނަން ހުންނާތީ އެވެ. ފަރުމަހުގެ މަސްވެރިކަމުގައި އެމަކަށް ބޭނުންކުރާ ސިކުނޑި، ށ. އަތޮޅުން ލިބެނީ މިރަށުން އެކަންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑެތި ހުރިހާ މަޝްރޫއެއް ވަނީ މަޑުޖެހިފައި: މުއިއްޒު

ދަރަނި ދެއްކުމަށާއި ޒަރޫރީ ޚިދުމަތްތަކަށް އިސްކަންދިނުމުގެ ސަބަބުން، އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތައް މަޑުޖެހިފައިވާ ކަމަށް ރައީސް މުއިއްޒު އެއްބަސްވެވަޑައިގެންނެވި. މިކަން މިގޮތަށް ދިމާވީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާއި ފަތުރުވެރިން އަންނަ މިންވަރު މަދުވުމުން ފިސްކަލް މެނޭޖްމަންޓަށް ބަދަލު ގެނައުމުން ކަމަށް އެމަނިކުފާނު ވިދާޅުވި.

މިރޭގެ ޖަލްސާއަށް އެއްލައްކަ މެންބަރުން ހަމަނުކުރެވުނު

ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އިތުރުކުރުމަށް ހިފި އަމާޒަށް މިރޭގެ ޖަލްސާއާ ހަމައަށް ވާސިލުނުވެވުމުން، އެ އަމާޒު ހާސިލުކުރުމުގެ ވަގުތު މިރޭ މެންދަމު 12 އާ ހަމައަށް ވަނީ އިތުރުކޮށްފައި. އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި އެ ޕާޓީއަށް އެއްލައްކަ ހަމަވާން އަދި 1,992 މެންބަރުން އިތުރަށް ބޭނުންވޭ.

ހުޅުމާލޭގައި އަޅާ ކޯޓު ކޮމްޕްލެކްސްގެ ބިންގާ އަޅައިފި

އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަކީ ޝަރުއީ ދާއިރާގެ ހިންގުން އެއް ފުރާޅެއްގެ ދަށަށް ގެނެސް، ކޯޓުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ފެށި 699.8 މިލިއަން ރުފިޔާގެ މަޝްރޫއެއް. މި އިމާރާތުގައި ހައިކޯޓާއި ސުޕީރިއާ ކޯޓުތަކުގެ އިތުރުން ޑީޖޭއޭގެ އޮފީސް ވެސް ހިންގުމަށް ވަނީ ހަމަޖެހިފަ.

ޕީއެންސީއަށް 100،000 މެންބަރުން މުވައްޒަފުންނަށް މަޖުބޫރުކުރަނީ

ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް ހަމަކުރުމަށްޓަކައި، ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބޫރުކޮށް ވަޒީފާގެ ބިރުދައްކަމުންދާކަމުގެ ޝަކުވާތައް ވަނީ ބޮޑުވެފައެވެ. މި އަމާޒަށް ވާސިލުވުމަށް އެހެން ޕާޓީތަކުގެ މެންބަރުން ޕީއެންސީއަށް ބަދަލުވުމަށް އަންގަމުންދާއިރު، މެންބަރުން އިތުރުކުރުމަށް ފައިސާ ބަހާކަމުގެ ތުހުމަތުތައްވެސް ވަނީ ފެންމަތިވެފައެވެ.

މުވައްޒަފުންނަށް ސިޔާސީ މަޖުބޫރުކުރުން ކުށަކަށް ހަދާ ބިލެއް

ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް ސިޔާސީ މަޖުބޫރުކުރުން ޖިނާއީ ކުށަކަށް ހަދަން ވަޒީފާއާބެހޭ ގާނޫނަށް އިސްލާހު ހުށަހަޅައިފި. މީކާއީލް ނަސީމް ހުށަހެޅުއްވި މި ބިލުގެ މަގްސަދަކީ މުވައްޒަފުންގެ ސިޔާސީ މިނިވަންކަން ހިމާޔަތްކޮށް، ވަކި ޕާޓީއަކަށް ވަނުމަށް ނުވަތަ ހަރަކާތްތަކުގައި ބައިވެރިވުމަށް ނުފޫޒު ފޯރުވުން ހުއްޓުވުން.

ސިޓިޒެންސް ޕޯޓަލް ދެވަނަ ފަހަރަށް އިފްތިތާހުކޮށްފި

ރައީސް މުއިއްޒަށް ރައްޔިތުންގެ ޝަކުވާތަކާއި ޚިޔާލުތައް ސީދާ ހުށަހެޅޭ ގޮތަށް "ސިޓިޒެންސް ވޮއިސް" ޕޯޓަލް ދެވަނަ ފަހަރަށް ވަނީ އިފްތިތާހުކޮށްފައި އީ-ފާސް މެދުވެރިކޮށް ވަދެވޭ މި ޕޯޓަލްގެ ހިދުމަތް މިވަގުތު ވެބްސައިޓުން ލިބުނު ނަމަވެސް، ކުރިއަށް އޮތްތަނުގައި މޯބައިލް އެޕްލިކޭޝަނެއް ތައާރަފުކުރުމަށް ވަނީ ނިންމާފައި.

"މިހާރު ފެށެން މި އުޅެނީ ރާއްޖޭގެ މިނިވަންކަން ނިމުމުގެ ފެށުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ފަރާތްތަކާއި ޒަޔަނިސްޓުން ރާއްޖޭގައި ވަޒަންވެރިކުރުވަން ފަށައިފިނަމަ، ގައުމުގެ މިނިވަންކަން ގެއްލިދާނެ ކަމަށާއި، މި މަޝްރޫއުގެ މާލީ ތަފްސީލުތައް ކަމާބެހޭ އިދާރާތަކަށް ނޭނގޭއިރު، މިއީ މަދު ބައެއްގެ މެދުގައި ސިއްރުވެފައިވާ ކަމެއްކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox