ގޭންގުތައް ހުއްޓުވަން އާ ގާނޫނީ އޮނިގަނޑަކާ ޓާސްކްފޯސްއެއް އެކުލަވާލަނީ

ސީޕީ ހަމީދު އިއްޔެ ދޫނިދޫގައި 315 ކިލޯ ޑްރަގް އަންދަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: އޭނާ ވިދާޅުވީ އަންނަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަސް ތެރޭ ގޭންގެތައް ސައިޒް ކުރާނެ ކަމަށް --  އަދަދު ފޮޓޯ / މުހައްމަދު ޝާބިން އިބްރާހިމް ރަޝީދު

ސީޕީ ހަމީދު އިއްޔެ ދޫނިދޫގައި 315 ކިލޯ ޑްރަގް އަންދަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: އޭނާ ވިދާޅުވީ އަންނަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަސް ތެރޭ ގޭންގެތައް ސައިޒް ކުރާނެ ކަމަށް -- އަދަދު ފޮޓޯ / މުހައްމަދު ޝާބިން އިބްރާހިމް ރަޝީދު

ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފެދޭ ގޮތަށް، ކުށްތަކަށް އަރައިގަނެ، ފައިސާ ހޯދައިގެން މަސްތުވާތަކެތީގެ ވިޔަފާރީ ކުރަމުން އަންނަ ހުރިހާ ގޭންގްތަކެއް ހުއްޓުމަށްޓަކައި، އާ ގާނޫނީ އޮނިގަނޑަކާއި އެކު، ރައިސުލްޖުމްހޫރިއްޔާ ރިޔާސަތު ބަލަހައްޓަވާ ޓާސްކްފޯސްއެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފި އެވެ.

އެކި އޮޕަރޭޝަންތަކުގައި އަތުލައިގެންފައިވާ 314.8 ކިލޯގެ މަސްތުވާތަކެތި ނައްތާލަން ފުލުހުން އިއްޔެ ދޫނިދޫގައި ބޭއްވި ހަރަކާތަށްފަހު, ދިން ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުސް ކޮމިޝަނަރު ސީޕީ މުހައްމަދު ހަމީދު ވިދާޅުވީ މަސްތުވާތެކެއްޗާ ދެކޮޅަށް ގައުމީ ޓާސްކު ފޯސްއެއް އެކުލަވާލުމާ އެކު، އިތުރު އެހެން ގައުމީ ޓާސްކު ފޯސްއެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް، އެ ދެ ޓާސްކް ފޯސްގެ ތަފްސީލެއް ކޮމިޝަނަރު ނުދެއްވަ އެވެ.

"އެއީ ރާއްޖޭގައި ޖަމާއަތެއްގެ ގޮތުގައި ހަރަކާތްތެރިވާ ނުވަތަ އާންމު ބަހުން ނަަމަ ގޭންގޭ މި ކިޔާ ކަލްޗާގެ ތެރެއިން އުފަންވެގެން ބޮޑުވެގެން، ފުޅާވެގެން، އޭގެ ތެރެއަށް ވިޔަފާރި ވަރަށް ބޮޑަށް ވައްދައިގެން، ކުށް ކޮށްގެން ފައިދާ ހޯދައިގެން، ކުށުގެ ބިރުވެރިކަން ރައްޔިތުންގެ މެދުގައި ފަތުރައިގެން، މަގުމަތީގައި އެންޓި ސޯޝަލް ބިހޭވިއާ، މީހުންގެ ހިތުގައި ބިރުވެރިކަން އުފެދޭ ގޮތަށް މިއުޅޭ ފަރާތްތައް. މި ފަރާތްތަކާ ދޭތެރޭ ފިޔަވަޅު އެޅުމަ ށްވެސް ޓާސްކް ފޯހެއް ވަނީ އެކުލަވާލާފައި،" ސީޕީ ވިދާޅުވި އެވެ.

ސީޕީ ވިދާޅުވި ގޮތުގައި ފަހަކަށް އައިސް މާރާމާރީތައްވެސް ހިނގަނީ މަސްތުވާތަކެތި ވިއްކުމުގައި ދެ ގްރޫޕެއްގެ މެދުގައި ޖެހޭ މައްސަލައަކާއި ގުޅިގެން ކަމަށެވެ. އެއީ އެއް ގްރޫޕަކުން ކޮންޓްރޯލް ކުރާ ސަރަހައްދެއްގައި އަނެއް ބަޔަކު މަސްތުވާތަކެތި ވިއްކުމުންކަން އޭނާ ފާހަގަކުރެއްވި އެވެ. އަދި ސަރަހައްދުގެ ބާރުވެރިކަން ނެނގެހެއްޓުމަށް އެ ގްރޫޕްތަކުން މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.

"މާލެތެރޭ ދޭތެރެެ ދޭތެރެ އިން މަގުމަތީގައި ގްރޫޕުތަކުން ސައިކަލުގައި ނުކުމެ، ފުރޯ ހިފައިގެން، ކަތިވަޅި ހިފައިގެން، މަރުތެޔޮ ހިފައިގެން މި ހިންގާ މާރާމާރީ އަކީ، އެ ގްރޫޕެއް ކޮންޓްރޯލުކުރާ ޓާފްގެ ތެރޭގައި ދެން އޮންނަ ގްރޫޕަކުން އައިސް ޑްރަގުގެ އެއްވެސް އެއްޗެއް އެ ތަނުގައި އޮންނަ މާކެޓަށް ވިއްކަން އުޅެފިއްޔާ އެކަމާ ގުޅިގެން ޖެހޭ މައްސަލަ." ސީޕީ ވިދާޅުވި އެވެ.

މި ދެ ޓާސްކްފޯސްއާއި އެކު އަންނަ އަހަރުގެ ފުރަތަމަ ކުއާޓާގައި މަސްތުވާތަކެއްޗާއި ދެކޮޅަށް ކުރެވޭ މަސައްކަތަކުގެ ނަތީޖާ ފެނިގެން ދާނެ ކަމަށް ސީޕީ ގަބޫލުކުރައްވަ އެވެ. އަދި މަސްތުވާތަކެއްޗާއި ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ މަސައްކަތް އެޓާނީ ޖެނެރަލްއާއި ގުޅިގެން ކުރައްވާ ކަމަށްވެސް ކޮމިޝަނަރު ވިދާޅުވި އެވެ. އަދި އެ ބިލް ޑްރާފް ކުރުމަށްފަހު އަންނަ އަހަރުގެ ފުރަތަމަ ކުއާޓާގައި މަޖިލީހަށް ހުށަހަޅުއްވުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox