މަހްމޫދުގެ ގާތިލު ކަމަށް ބެލެވޭ ސާލިމުގެ ޝަރީއަތް މާދަމާ ފަށަނީ

މަހްމޫދު މަރާލި ކަމަށް އެއްބަސްވެފައިވާ ސާލިމް: ސާލިމް ވަނީ މަހްމޫދުގެ ޖަނާޒާގައި ވެސް ބައިވެރިފަ -- ފޮޓޯ: އަދަދު ފައިލް

މަހްމޫދު މަރާލި ކަމަށް އެއްބަސްވެފައިވާ ސާލިމް: ސާލިމް ވަނީ މަހްމޫދުގެ ޖަނާޒާގައި ވެސް ބައިވެރިފަ -- ފޮޓޯ: އަދަދު ފައިލް

އދ. ދަނގެތީގައި އަނިޔާވެރި ގޮތަކަށް އެރަށު ވިޔަފާރިވެރިޔާ މަހްމޫދް އަބޫބަކުރުގެ މަރައިލި ކަމަށް ތުހުމަތު ކުރެވޭ ބަންގްލަދޭޝްގެ ޝާ އޮލަމް މިއާ (ސާލިމް) ގެ ޝަރީއަތް މާދަމާ ކްރިމިނަލް ކޯޓުގައި ފެށުމަށް ތާވަލްކޮށްފި އެވެ.

މަހްމޫދް، 57، މަރާލުމަށްފަހު ފަޅު ގޯއްޗެއްގެ ފެންވަޅު ތެރެއަށް އެއްލާލާފައި އޮއްވާ ފެނުނީ މިދިޔަ އޮކްޓޯބަރު 13، ގަ އެވެ. ފައިސާގެ ބޭނުމަށް މަހްމޫދް މަރާލީ އޭނާ ކަމަށް ފުލުހުންގެ ތަހުގީގުގައި ސާލިމް ވަނީ އެއްބަސްވެފަ އެވެ.

ސާލިމްގެ ޝަރީއަތް ފެށުމަށް ހަމަޖެހިފައި ވަނީ މާދަމާ ހެނދުނު 10:30 ގަ އެވެ. އޭނާގެ މައްޗަށް ދައުލަތުން ކުރަނީ ގަސްދުގައި މީހަކު މަރާލުމުގެ ދައުވާ އާއި މައްޔިތެއްގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ކުށުގެ ދައުވާ އެވެ.

ސާލިމަކީ ދަނގެތީގައި ދިރިއުޅޭ އެރަށުގެ އުމުރުން ދުވަސްވީ މީހެއް ބެލުމަށް ގެނެސްފައި ހުރި މީހެކެވެ. މަހްމޫދު މަރާލީ އޭނާއަށް ގުޅައިގެން ސާލިމް ދިރިއުޅޭ ގެއަށް ގެންގޮސް ވަޅިން ހަމަލާދިނުމަށްފަހު އެވެ. އޭނާ މަރާލުމަށްފަހު ހަށިގަނޑު ގޯންޏަކަށް ލައިގެން ގެންދިޔައީ ފަޅު ގެއަކަށެވެ. އެއީ މަހްމޫދު އިމާރާތް ކުރަމުންދިޔަ ގެއެކެވެ.

މަހްމޫދުގެ ހަށިގަނޑު ފެނުމާއެކު ރަށު ރައްޔިތުން ނިކުމެ ދެ މީހަކު އަތުލައިގަނެ ފުލުހުންނާ ހަވާލު ކުރި އެވެ. އެއިރު އެއްވެސް މީހަކު ސާލިމަކަށް ތުހުމަތެއް ނުކުރެ އެވެ. މަހްމޫދުގެ ޖަނާޒާގައި ވެސް ސާލިމް ބައިވެރިވި އެވެ.

މަހްމޫދުގެ ގާތިލަކީ ސާލިމު ކަމަށް ބެލެވެން ފެށީ ފުލުހުންގެ ހާއްސަ ޓީމެއް ދަނގެއްޗަށް ގޮސް އެ ޓީމުގެ ތަހުގީގު ސީރިއަސްކޮށް ފެށުމާ ހަމައިންނެވެ. ސާލިމް ދިރިއުޅޭ ގެއިން އެ މައްސަލައާ ގުޅޭ ވަރުގަދަ ހެކިތަކެއް ވެސް ފުލުހުން ހޯދި އެވެ.

ރަށުގައި ކެފޭއެއް ހިންގަމުންދިޔަ މަހްމޫދު ނިޔާވިއިރު އޭނާގެ އަންބަކާއި ތިން ކުދިން ދުނިޔޭގައި އެބަތިއްބެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox