10.7 މިލިއަން ހަމަކޮށް ބެޑްނައިޓްސް ރެކޯޑު މުގުރާލައިފި

ވެލާނާ އެއާޕޯޓުގައި ޓޫރިސްޓުންތަކެއް ލޯންޗަކަށް އަރަނީ: މިހާރު އަންނަ ޓޫރިސްޓުން އެވަރެޖުކޮށް ރާއްޖޭގައި މަދުވެގެން އަށް ދުވަސް ހޭދަކުރޭ. -- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު

ވެލާނާ އެއާޕޯޓުގައި ޓޫރިސްޓުންތަކެއް ލޯންޗަކަށް އަރަނީ: މިހާރު އަންނަ ޓޫރިސްޓުން އެވަރެޖުކޮށް ރާއްޖޭގައި މަދުވެގެން އަށް ދުވަސް ހޭދަކުރޭ. -- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު

މިހާތަނަށް އެންމެ ގިނައިން ޓޫރިސްޓުން އައި 2019 ވަނަ އަހަރުގެ ޓޫރިސްޓުން ރާއްޖޭގައި ހޭދަކޮށްފައިވާ ރޭގެ އަދަދުގެ ރެކޯޑު (ބެޑްނައިޓްސް ރެކޯޑު) މުގުރާލައި، އަހަރު ނިމެންވާއިރަށް 11 މިލިއަން ބެޑްނައިޓަށް އަރާނޭ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނި ގޮތުގައި ޑިސެމްބަރު 15 އާ ހަމައަށް 10.7 މިލިއަން ބެޑްނައިޓް ވަނީ ހަމަވެފަ އެވެ. މި ރެކޯޑު ކުރިން ހެދި 2019 ވަނަ އަހަރު ހަމަވީ 10.6 މިލިއަން ބެޑްނައިޓެވެ.

މި އަހަރު ފެށުނުއިރު އަމާޒުކުރީ 10 މިލިއަން ބެޑްނައިޓަށެވެ.

ފާހަގަކޮށްލަން ޖެހޭ ކަމަކީ، މި ރެކޯޑު ހެދި އަހަރު ރާއްޖެއަށް 1.7 މިލިއަން ޓޫރިސްޓުން އައި ނަމަވެސް، މި އަހަރުގެ ނިޔަލަށް ގިނަވެގެން އަންނާނެ ކަމަށް ބެލެވެނީ 1.3 މިލިއަން ޓޫރިސްޓުންނެވެ.

މަދުން ޓޫރިސްޓުން އައި ނަމަވެސް މި އަހަރު ރެކޯޑު ހެދީ ކޮވިޑު ބަލިމަޑުކަމަށް ފަހު ބޯޑަރު ހުޅުވާލި ފަހުން، ޓޫރިސްޓުން ޗުއްޓީ ހޭދަކުރާ މުއްދަތު އިތުރުވުމާ ގުޅިގެންނެވެ. މިހާރު ޓޫރިސްޓުން އެވަރެޖުކޮށް 8.7 ދުވަސް ހޭދަކުރި ނަމަވެސް 2019 ވަނަ އަހަރު ހޭދަކުރީ 6.3 ދުވަހެވެ.

ބަލިމަޑުކަމާ ގުޅިގެން ގޮންޖެހުންތައް ދިމާވި ނަމަވެސް، ފަހު ދެ ކުއާޓާގައި ރާއްޖޭގެ ޓޫރިޒަމުގެ ހަަރަކާތްތެރިކަން ވަނީ ދަރަޖައެއް ކުރިޔަށް ޖައްސާލާފަ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި، ޖުލައިން ފެށިގެން ކޮންމެ މަހަކު އެއް ލައްކައަށް ވުރެ ގިނަ ޓޫރިސްޓުން އައިސްފައިވާއިރު، މަހުން މަހަށް ޓޫރިސްޓުން އަންނަ އަދަދުތައް ދަނީ އިތުރުވަމުންނެވެ.

އެގޮތުން ނިމުނު އޮކްޓޫބަރާއި ނޮވެމްބަރަށް ބަލާނަަމަ، ބަލިމަޑުކަމުގެ ކުރީ އަހަރަށް ވުރެ ޓޫރިސްޓުންގެ އަދަދުތައް އިތުރެވެ. މި މަހުގެ މިހާތަނަށް އާންމުކުރި އަދަދުތައް ދައްކާ ގޮތުން، ޑިސެމްބަރު މަހު ވެސް ރެކޯޑު އަދަދަކަށް ޓޫރިސްޓުން އަންނާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

ލޯނު ނުދެއްކުމުން މާލޭގެ ދެ ގެއެއް ސީބީއެމްއިން ވިއްކާލަނީ

ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (ސީބީއެމް) އަށް ދައްކަންޖެހޭ ފައިސާ ނުދައްކައިގެން މާލޭގެ ދެ އިމާރާތެއް ނީލަމުގައި ވިއްކާލަން އެ ބޭންކުން ވަނީ އިޢުލާނުކޮށްފަ. މި ބިޑްތައް ފެށޭ އަގަކީ ހަތަރު މިލިއަން ރުފިޔާ ކަމަށްވާއިރު، މި މަހުގެ 14 ވަނަ ދުވަހުގެ ކުރިން ދަރަނި ހަލާސްނުކޮށްފިނަމަ މި މުދާ ވިއްކާލުމުގެ މަސައްކަތް ކުރިއަށް ދާނެ.

Newsletter

Get the latest news delivered straight to your inbox