ބަންދުކުރާ ބިދޭސީންގެ ހައްގުތަކާ ގުޅޭ ސީރިއަސް މައްސަލަތަކެއް އދ. އިން ހާމަކޮށްފި

ވޯކިން ގްރޫޕުގެ މެމްބަރު ޕްރިޔާ މިއަދު ވާހަކަ ދައްކަނީ: ބިދޭސީންގެ ހައްގުތަކާ ގުޅޭ ގިނަ ކަންކަން ފާހަގަ ކުރެއްވި -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ވޯކިން ގްރޫޕުގެ މެމްބަރު ޕްރިޔާ މިއަދު ވާހަކަ ދައްކަނީ: ބިދޭސީންގެ ހައްގުތަކާ ގުޅޭ ގިނަ ކަންކަން ފާހަގަ ކުރެއްވި -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ދިވެހިރާއްޖޭގައި އިމިގްރޭޝަން މައްސަލަތަކުގައި ބިދޭސީން ހައްޔަރުކޮށްގެން ގެންގުޅެނީ ވަރަށް އަސާސީ ހައްގުތަކުން ވެސް އެކަހެރިކޮށްގެން ކަމަށާއި ނުރަސްމީ ބަންދު ސެންޓަރެއްގައި ސަރުކާރުގެ ކުންފުންޏަކުން ވެސް ގިނަ އަދަދެއްގެ ބިދޭސީން ބަންދުކޮށްގެން ގެންގުޅުނު ކަމަށް އދ. ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނުން މިއަދު ބުނެފި އެވެ.

ސަރުކާރުގެ ދައުވަތަށް ރާއްޖެ އައިސް 10 ދުވަހުގެ ތަހުގީގަކަށްފަހު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ވޯކިން ގްރޫޕްގެ މެމްބަރު ޕްރިޔާ ގޮޕަލާން ވިދާޅުވީ، ބަންދުގެ މުއްދަތު އިތުރުކުރުމާއި ގާނޫނީ އެހީތެރިކަން ހޯދުމުގެ ހައްގުން އިމިގްރޭޝަން ޑިޓެންޝަން ސެންޓަރުތަކުގައި ހައްޔަރު ކުރާ މީހުން އެކަހެރިކޮށްފައިވާ ކަމަށެވެ.

"މި މީހުންގެ ބަންދުކޮށްފައި ވަނީ ގާނޫނާ އެއްގޮތަށްތޯ ނުވަތަ ނޫންތޯ ކަނޑައެޅުމަށް ފަނޑިޔާރެއްގެ ކުރިމައްޗަކަށް ނުގެންދޭ. ގާނޫނީ އެހީތެރިކަމެއް ނުލިބޭ،" ޕްރިޔާ ވިދާޅުވި އެވެ.

"އެއް މައްސަލައިގައި، ރަށެއްގައި ޖެހުނު މައްސަލައަކާ ގުޅިގެން ސަރުކާރުގެ ކުންފުންޏަކުން، ވަރަށް ގިނަ އަދެއްގެ ބިދޭސީން، ނުރަސްމީ ބަންދު ސެންޓަރެއްގައި ވަނީ ހައްޔަރުކޮށްފައި."

ބައެއް ބިދޭސީން ހައްޔަރުކޮށްފައި ތިބި ހަމައެކަނި ސަބަބަކީ އެމީހުންނަކީ ކޯޓު މަރުހަލާފައި ހެކިބަސް ދިނުމަށް ހަމަޖެހިފައިވާ މީހުންނަށްވާތީ ކަމަށް ކަންބޮޑުވުމާއެކު އދ. އިން ފާހަގަ ކުރި އެވެ.

"އަޅުގަނޑުމެންނަށް ދިމާވި ބައެއް ބިދޭސީންނަކީ އެކިއެކި މައްސަލަތަކުގައި ހެކިން. އަދި އެމީހުން ބަންދުކޮށްފައި ހުރުމުގެ ސަބަބަކީ ވެސް ހަމަކަނި އެއީ. އޭގެ ތެރެއިން ބައެއް މީހުން ހައްޔަރުގައި ތިބޭތާ އެތައް އަހަރެއްވެއްޖެ،" ޕްރިޔާ ވިދާޅުވި އެވެ.

އޭގެ އިތުރުން، ތަރުޖަމާނުން ހޯދުމުގެ ދަތިކަމާއި ބިދޭސީން ބަންދުކުރާއިރު އެއް ހަމައަކުން އަމަލު ކުރުމުގެ ބަދަލުގައި ކޮންމެ ކޭސްއެއް ވެސް ވަކިވަކިން އެސެސް ކުރުމަށް އދ. އިން ވަނީ ގޮވާލައިފަ އެވެ.

ރާއްޖެއަށް ކުރި ދަތުރުގެ ރަސްމީ ރިޕޯޓެއް އަދި އދ. ގެ ވޯކިން ގްރޫޕުން އެކުލަވާލާނެ އެވެ. އަދި އެ ރިޕޯޓް އަންނަ އަހަރު އދ. ގެ ހިއުމަން ރައިޓްސް ކައުންސިލަށް ހުށަހަޅާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox