ސިފައިންގެ މީހާއަށް އަނިޔާ ކުރި މައްސަލައިގައި ތިން މީހަކު ހައްޔަރުކޮށްފި

ފަހީމް ހޮސްޕިޓަލުގައި: އެ މައްސަލައިގައި ހައްޔަރު ކުރީ ތިން ދިވެހި ފިރިހެނުން -- ފޮޓޯ: އެމްއެންޑީއެފް

ފަހީމް ހޮސްޕިޓަލުގައި: އެ މައްސަލައިގައި ހައްޔަރު ކުރީ ތިން ދިވެހި ފިރިހެނުން -- ފޮޓޯ: އެމްއެންޑީއެފް

މިދިޔަ މަހު ސިފައިންގެ މީހަކަށް އަނިޔާކޮށް، އޭނާ ބްލެކްމެއިލް ކުރި ކަމަށް ބުނާ މައްސަލައެއްގައި ފުލުހުން ތިން މީހަކު މިއަދު ހައްޔަރުކޮށްފި އެވެ.

އެ މައްސަލައިގައި ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ހައްޔަރު ކުރީ 18 އަހަރާއި 21 އަހަރާއި 29 އަހަރުގެ ތިން ފިރިހެނުން ކަމަށް ފުލުހުން ބުންޏެވެ.

ތިން މީހަކު ހައްޔަރު ކުރުމުގެ އިތުރުން އެ މައްސަލައިގައި ވިލިމާލޭގެ ގެސްޓްހައުސްއެއް ބަލައިފާސްކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

ކޯސްޓްގާޑުގައި މަސައްކަތް ކުރަމުން އައި ހަސަން ފަހީމް، 37، އެންމެ ފުރަތަމަ ބުނެފައި ވަނީ ބަޔަކު އޭނާ މަގުމަތިން ވަގަށް ނަގައި އަނިޔާ ކުރީ ކަމަށެވެ. ނަމަވެސް ފަހުން އެ މައްސަލައިގައި ފުލުހުން ބުނެފައި ވަނީ ފަހީމް ކިޑްނެޕްކޮށްފައިވާކަން ހެކިތަކުން ނުފެންނަ ކަމަށެވެ.

އެ މައްސަލައިގައި ފުލުހުން ކުރިން ބުނެފައި ވަނީ ފަހީމަށް އަނިޔާކޮށްފައި ވަނީ އޭނާ އަދާ ކުރާ ވަޒީފާއާ ގުޅުމެއް ނެތް ޒާތީ ކަމެއްގެ ތެރެއިން ކަމަށެވެ.

"މިކަން ހިނގާފައިވަނީ އޭނާގެ އަމިއްލަ ދިރިއުޅުމާ ގުޅުންހުރި ޒާތީ ކަމެއްގެ ތެރެއިންކަމަށް މިހާތަނާށް ލިބިފައިވާ މައުލޫމާތުން ބެލެވޭ،" ފުލުހުން ބުނެފައިވެ އެވެ.

ފަހީމު ކިޑްނެޕްކޮށް ހައެއްކަ ގަޑިއިރު ވަންދެން އަނިޔާ ކުރި ކަމަށް އޭނާ ބުނުމުން ސިފައިންގެ ވަރަށް އިސް ވަދުފެއް ވަނީ އޭނާ ކައިރިއަށް ހޮސްޕިޓަލަށް ޒިޔާރަތްކޮށްފަ އެވެ. އަދި ފަހީމު ވަގަށް ނެގި ކަމަށް ބުނާ މައްސަލަ ކުށްވެރިކޮށް އެމްއެންޑީއެފުން ބަޔާނެއް ވެސް ނެރުނެވެ.

އޭގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވަނީ ފަހީމުގެ ހާލު ބައްލަވައިފަ އެވެ. އަދި އޭނާގެ އާއިލާއަށް ވެސް މި ދަނޑިވަޅުގައި އެހީތެރިވެދެއްވާނެ ކަމަށް ސަރުކާރުން އޮތީ ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox