ރެކޯޑަކަށް ފަހު ރެކޯޑެއް؛ މިފަހަރު ޑެއިލީ އެރައިވަލްސް

ޓޫރިސްޓުންތަކެއް ހުޅުމާލެ ޓްރެކް ސަރަހައްދު މޫދަށް އެރިގެން: ޓޫރިޒަމުގެ ހާލަތު ރަނގަޅުވުމާއެކު، ރިސޯޓުތަކުގެ އިތުރުން ގެސްޓްހައުސްތަކަށް އޮތް ޑިމާންޑުވެސް އިތުރު. -- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު

ޓޫރިސްޓުންތަކެއް ހުޅުމާލެ ޓްރެކް ސަރަހައްދު މޫދަށް އެރިގެން: ޓޫރިޒަމުގެ ހާލަތު ރަނގަޅުވުމާއެކު، ރިސޯޓުތަކުގެ އިތުރުން ގެސްޓްހައުސްތަކަށް އޮތް ޑިމާންޑުވެސް އިތުރު. -- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު

ކޮވިޑު ބަލިމަޑުކަމުގެ ތެރޭގައި ރާއްޖޭގެ ބޯޑަރު ހުޅުވާލި ފަހުން އެއް ދުވަހުގެ ތެރޭގައި އެންމެ ގިނަ ޓޫރިސްޓުން އައުމުގެ ރެކޯޑް އަނެއްކާވެސް އާކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީން މިކަން ފާހަގަކޮށް ކުރި ޓްވީޓެއްގައި ބުނީ މިދިޔަ އާދިއްތަ ދުވަހު 6،269 ޓޫރިސްޓުން އައި ކަމަށެވެ. މީގެ ކުރިން އެންމެ ގިނަ ޓޫރިސްޓުން އައީ އޮކްޓޫބަރު 16 ގަ އެވެ. އެ ދުވަހު އައީ 6،172 ޓޫރިސްޓުންނެވެ.

ރެކޯޑުތަކުން ދައްކާ ގޮތުގައި ޓޫރިޒަމް ނަމްބަރުތައް ދަނީ މަހުން މަހަށް އުފުލެމުންނެވެ. އެގޮތުން ނިމުނު ނޮވެމްބަރު މަހުގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު ކޮވިޑުގެ ބަލިމަޑުކަމުގެ ކުރީ އަހަރަށް ވުރެ ފަސް ޕަސެންޓު އިތުރެވެ.

Advertisement

އިމިގްރޭޝަނުން އިއްޔެ އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން 144،725 ޓޫރިސްޓުން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފަ އެވެ. ޓޫރިސްޓުން އެންމެ ގިނައިން އައީ އިންޑިއާ އާއި، ރަޝިއާ އާއި، އިނގިރޭސިވިލާތާއި، ޖަރުމަނުގެ އިތުރުން އެމެރިކާއިންނެވެ.

މިއާއެކު މި އަހަރު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު ވަނީ 1.1 މިލިއަނަށް އަރާފަ އެވެ. އަދި މިދިޔަ ނޮވެމްބަރު މަހުގެ ރެކޯޑްކުރި އަދަދަށް ޓޫރިސްޓުން އައިސްފިނަމަ، ސަރުކާރުން ލަފާކުރާ 1.3 މިލިއަން ޓޫރިސްޓުންގެ އަމާޒަށް ވާސިލުވެވޭނެ އެވެ.

ނަމަވެސް، ކޮވިޑުގެ އާ ވޭރިއަންޓް އޮމިކްރޯންގެ ސަބަބުން ހާލަތު ބަދަލުވެ، ޓޫރިޒަމަށް ނޭދެވޭ އަސަރު ކުރުމުގެ ފުރުސަތު ވެސް އެބަ އޮތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސިމްޑީގެ ވިޔަފާރި ހާދާލަށް ފުޅާކުރަނީ

ސިމްޑީ ގްރޫޕްގެ ވިޔަފާރި ހދ. އަތޮޅުގައި ފުޅާކުރުމަށްޓަކައި ކުޅުދުއްފުށީގެ "މިތުރު" ކުންފުންޏާއެކު ސަބް-ޑިސްޓްރިބިއުޝަން އެއްބަސްވުމެއްގައި މިއަދު ވަނީ ސޮއިކޮށްފައެވެ. މި ޕާޓްނަޝިޕްގެ ސަބަބުން ސިމްޑީން އެތެރެކުރާ ބައިނަލްއަގުވާމީ މަގުބޫލު ބްރޭންޑްތަކުގެ މުދާ އެ އަތޮޅުގެ ރީޓެއިލް ފިހާރަތަކަށާއި އާންމުންނަށް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ.

ވިލާ ކޮލެޖާއި މާރޕް ގުޅިގެން މެންޓަރޝިޕް ޕްރޮގްރާމެއް

ވިލާ ކޮލެޖާއި މާރޕް ގުޅިގެން ވަޒީފާ އަދާކުރާ ފަރާތްތަކަށް ޚާއްޞަ މެންޓަރޝިޕް ޕްރޮގްރާމެއް ފަށާފައިވަނީ ދިވެހި ލީޑަރުން ބިނާކޮށް ސީނިއަރ މެނޭޖްމަންޓް މަޤާމުތަކަށް މީހުން ތައްޔާރުކުރުމަށެވެ. މި ޕްރޮގްރާމުގެ ދަށުން ތަޖުރިބާކާރުންގެ އެހީތެރިކަމާއެކު ގްރެޖުއޭޓުންނަށް ޢަމަލީ ހުނަރުތައް ދަސްކޮށްދީ، މަތީ ތަޢުލީމާއި އިންޑަސްޓްރީއާ ދެމެދު އޮތް ގުޅުން ވަރުގަދަކުރުމަށް ވަނީ އަމާޒު ހިފާފައެވެ.

ޓްރީ ޓޮޕް ހިތާނީ ކޭމްޕުގެ ރަޖިސްޓްރޭޝަން ހުޅުވާލައިފި

ޓްރީ ޓޮޕް ހޮސްޕިޓަލުގެ މިއަހަރުގެ ފުރަތަމަ ހިތާނީ ކޭމްޕުގައި ބައިވެރިވުމަށް ރަޖިސްޓަރީވުމުގެ ފުރުސަތު ޑިސެމްބަރު 17 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. ތަޖުރިބާކާރު ޑޮކްޓަރުންގެ ޓީމަކުން ކުރިއަށްގެންދާ މި ކޭމްޕުގެ ހިތާނުކުރުމުގެ އޮޕަރޭޝަންތައް ކުރިއަށްދާނީ ޑިސެމްބަރު 12 އިން ޖެނުއަރީ 11 ގެ ނިޔަލަށެވެ. މި ޕެކޭޖުގެ ދަށުން ކޮންސަލްޓޭޝަނާއި، ލެބޯޓަރީ ޓެސްޓުތަކުގެ އިތުރުން އޮޕަރޭޝަނަށްފަހު ބޭނުންވާ ފަރުވާގެ ހިދުމަތްތައް ލިބިގެންދާނެއެވެ.

ޓޯޓަލް ފިޒިއޯއިން އެލައިޑްގެ ހިދުމަތް ގަބޫލުކުރަން ފަށައިފި

ފިޒިއޮތެރަޕީގެ ޚިދުމަތްދޭ "ޓޯޓަލް ފިޒިއޯ" ކްލިނިކުން ބަލިމީހުންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން އެލައިޑް އިންޝުއަރެންސް ގަބޫލުކުރަން ފަށައިފިއެވެ. ޒަމާނީ ވަސީލަތްތަކާއެކު ފަރުވާދޭ މި ކްލިނިކުން މިހާރުވެސް ޕޮލިސް، އެމްއެންޑީއެފް އަދި ސޮލަރެލް އިންޝުއަރެންސްގެ ޚިދުމަތް ލިބޭއިރު، އިތުރު އިންޝުއަރެންސްތައް މެދުވެރިކޮށް ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

ލަކްސް ގްލޯގެ ދެވަނަ ފިހާރަ މަޖީދީމަގުގައި ހުޅުވައިފި

މަޝްހޫރު ކޮސްމެޓިކްސް ބްރޭންޑް "ލަކްސް ގްލޯ" ގެ ދެވަނަ ފިހާރަ މާލޭގެ މަޖީދީމަގުގައި ހުޅުވައިފިއެވެ. މި ފިހާރައިން ބައިނަލްއަގުވާމީ ބްރޭންޑްތަކުގެ ސްކިންކެއާ އަދި މޭކަޕް ސާމާނު ޓެސްޓުކޮށްލުމާއި، ފަންނީ ލަފާ ހޯދައިގެން ވަގުތުން ގަނެވޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ. ފިހާރަތަކުގެ އިތުރުން އެ ބްރޭންޑުގެ ވެބްސައިޓް މެދުވެރިކޮށް އޮންލައިންކޮށް އޯޑަރުކުރުމުގެ ފުރުސަތުވެސް ކަސްޓަމަރުންނަށް ވަނީ ހުޅުވާލެވިފައެވެ.

ކްލީވިއާ ރެސިޑެންސް: ޒަމާނީ ބޯހިޔާވަހިކަން އާ މަޝްރޫއެއް

ޕޭން ރިއަލް އެސްޓޭޓުން އަލަށް ތައާރަފްކުރި "ކްލީވިއާ ރެސިޑެންސް" މަޝްރޫއަކީ މެދުފަންތީގެ އާމްދަނީ ލިބޭ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ އަތްފޯރާ އަގުތަކެއްގެ ބޯހިޔާވަހިކަމުގެ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން ޒަމާނީ ފެންވަރުގެ އެއް ކޮޓަރި އަދި ދެ ކޮޓަރީގެ އެޕާޓްމަންޓްތައް ލިބޭއިރު، ފައިސާ ދެއްކުމުގައި ލުއި ގޮތްތަކެއް ވަނީ ހަމަޖައްސާފައެވެ.

ދިރާގު ރޯޑް ރޭސްގެ ބިބް އެކްސްޕޯ ބުދަ ދުވަހާ ހަމައަށް

ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2026 ގެ ބިބް އެކްސްޕޯ ބީޖީ ޓާފް ދަނޑުގައި ކުރިއަށްދާއިރު، ބިބް އާއި ރޭސް ކިޓް ދޫކުރުމުގެ މުއްދަތު މި މަހުގެ 18 ވާ ބުދަ ދުވަހުގެ ނިޔަލަށް ވަނީ އިތުރުކޮށްފައެވެ. ފަސް ހާހަށްވުރެ ގިނަ ދުވުންތެރިން ބައިވެރިވާ މި ދުވުން އޮންނާނީ ކުރިއަށް އޮތް ހުކުރު ދުވަހު ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.

Newsletter

Get the latest news delivered straight to your inbox