ކޮވިޑުގެ އާ ވޭރިއަންޓާއާ ދެކޮޅަށް ފިޔަވަޅު އަޅަން މަޝްވަރާކުރަނީ

މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހެލްތު މިނިސްޓަރު އަހުމަދު ނަސީމް މައުލޫމާތު ދެއްވަނީ. -ފޮޓޯ: ހުސެއިން ޝަޔާހް/ އަދަދު

މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހެލްތު މިނިސްޓަރު އަހުމަދު ނަސީމް މައުލޫމާތު ދެއްވަނީ. -ފޮޓޯ: ހުސެއިން ޝަޔާހް/ އަދަދު

މިހާތަނަށް ފެނިފައިވާ ކޮވިޑުގެ އެންމެ ނުރައްކާތެރި ވޭރިއަންޓު ކަމަށް ސިއްހީ މާހިރުން ސިފަކޮށްފައިވާ "އޮމިކްރޮން" އާ ދެކޮޅަށް ރާއްޖެއިން އަޅާނެ ފިޔަވަޅުތަކާމެދު މިއަދު މަޝްވަރާ ކުރާނެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

މި އާ ވޭރިއަންޓު އެންމެ ފުރަތަމަ ރިޕޯޓުކޮށްފައިވަނީ ދެކުނު އެފްރިކާ އިންނެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯއިން އިއްޔެ ވަނީ މި ވޭރިއެންޓުގެ ނުރައްކާ ވަރަށް ބޮޑުކަމަށް ބުނެފަ އެވެ.

"މިހާތަނަށް ކުރި ދިރާސާތަކުން ފެންނަ ގޮތުގައި މި ވޭރިއެންޓުގައި ގިނަ މިއުޓޭޝަންތައް އެކުލެވޭ. އެހެންވެ، އިތުރު ދިރާސާތައް ކުރަން ޖެހޭ. މިއުޓޭޝަންތަކާ ގުޅޭ އިތުރު މައުލޫމާތު ހޯދައި، އޭގެ ސަބަބުން ބަލި ފެތުރޭ ހަލުވި މިނަށް އަދި ބަލީގައި ސީރިއަސްވާ މިންވަރަށް ބަދަލު އާދޭތޯ ބަލަމުން ދާނެ،" ޑަބްލިޔުއެޗްއޯއިން ހުކުރު ދުވަހު ބުންޏެވެ.

ދެކުނު އެފްރިކާގެ އިތުރުން، އެ ވޭރިއަންޓު މިހާތަނަށް ފެނުނު ގައުމު ތަކުގެ ތެރޭގައި ބޮޓްސްވާނާ، ބެލްޖިއަމް އަދި ހޮންގްކޮންގް ހިމެނެ އެވެ.

އޮމްރިކޮން ވޭރިއަންޓުގެ ނުރައްކާ ބޮޑު

ޑަބްލިއުއެޗްއޯ އިން ކަންބޮޑުވާ ވޭރިއެންޓުތަކުގެ ލިސްޓުގައި މިހާރު ހިމެނެނީ ހަތަރު ވޭރިއެންޓެކެވެ. އެއީ އަލްފާ، ބޭޓާ، ގަމާ އަދި ޑެލްޓާ އެވެ. އޭގެ ތެރެއިން އެންމެ ބޮޑަށް ފެތުރިފައި ވަނީ ޑެލްޓާ ވޭރިއެންޓެވެ.

އޭގެ އިތުރުން ސަމާލުކަންދީގެން މޮނީޓާ ކުރަމުންދާ ދެ ވޭރިއެންޓެއް ވެ އެވެ. އެއީ ލަމްބްޑާ އާއި މޫ އެވެ. ނަމަވެސް އޮމްރިކޮން ވޭރިއަންޓާ ގުޅޭ ގޮތުން މިހާތަނަށް ހޯދިފައިވާ މައުލޫމާތުތަކުން، ބަލި ފެތުރުމުގެ ދުވެލި އަވަސްކަމަށް ތަޖުރިބާކާރުން ވަނީ ބުނެފަ އެވެ.

ކުރިން ކޮވިޑު ޖެހުނު މީހުންނަށް ބަލި އަނެއްކާ ވެސް ޖެހުމުގެ ފުރުސަތު މި ވޭރިއެންޓާއެކު ބޮޑުކަމަށް ވެސް ބުނެ އެވެ.

އެއާއެކު ޔޫރަޕްގެ ގައުމުތަކުން މިހާރު ވެސް ވަނީ ދެކުނު އެފްރިކާ އަށް ދަތުރުކުރުން މަނާކުރަން ފަށާފަ އެވެ. ސިންގަޕޫރާއި މެލޭޝިއާ އިން ބުނީ އެފްރިކާގެ ހަތް ގައުމަކުން ދަތުރުކުރުން ލިމިޓު ކުރާނެ ކަމަށެވެ.

މިއަދު ހެނދުނު ސްރީ ލަންކާއިން ވަނީ ދެކުނު އެފްރިކާ، ބޮޓްސްވާނާ، ލެސޯތޯ، ނެމީބިއާ، ޒިމްބާބުވޭގެ އިތުރުން ސްވާޒީލޭންޑަށް ދަތުރުކޮށްފައިވާ މީހުން 14 ދުވަހުގެ ކަރަންޓީނު ފުރިހަމަކުރަން ޖެހޭނެ ކަމަށް އިއުލާނުކޮށްފަ އެވެ.

ހެލްތު މިނިސްޓަރު ނަސީމް "އަދަދު" އަށް ވިދާޅުވީ ރާއްޖޭގެ ސިއްހީ މާހިރުންގެ އިތުރުން ކަމާގުޅޭ އިދާރާތަކުގެ އިސް ބޭފުޅުންނާއެކު މިއަދު މެންދުރުފަހު ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އާ ވޭރިއަންޓާ ގުޅިގެން އަޅާނެ ފިޔަވަޅެއް އަޅުގަނޑުމެން ނިންމާފައި މާދަމާ އިއުލާނުކުރާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މި ނުރައްކާތެރި އާ ވޭރިއަންޓު ފެތުރެން ފަށާފައިމިވަނީ ރާއްޖޭގެ ޓޫރިޒަމް ވަރަށް ބޮޑަށް ރަނގަޅުވެފައިވާ ދަނޑިވަޅެއްގަ އެވެ.

މިގޮތުން، މި އަހަރުގެ މިހާތަނަށް މިލިއަނަކަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު އެ އަދަދު 1.3 މިލިއަނަށް އަރާނެކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ލަފާކޮށްފަ އެވެ.

ޓޫރިސްޓުން ޒިޔާރަތްކުރި ނިސްބަތަށްބަލާއިރު، އެފްރިކާއަކީ މިހާރު ފަތުރުވެރިން އިތުރުވަމުން އަންނަ އެއް މާކެޓެވެ.

މިގޮތުން، މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އެފްރިކާ ބައްރުން 20،000 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައި ވާއިރު، އޭގެ ތެރެއިން 12،000 އެއްހާ ޓޫރިސްޓުން އައިސްފައިވަނީ އާ ވޭރިއެންޓު ފެނުނު ދެކުނު އެފްރިކާ އިންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox