މި އަހަރު ރިޕޯޓުކުރި 28،000 މައްސަލަ، ޕީޖީއާ ހަމައަށް 750

ފުލުހުންގެ ލޯންޗެއް: މި އަހަރު މިހާތަނަށް 750 މައްސަލަ ވަނީ ހުށަހަޅާފައި - ފޮޓޯ: ހުސެން ޝަޔާހު/ އަދަދު

ފުލުހުންގެ ލޯންޗެއް: މި އަހަރު މިހާތަނަށް 750 މައްސަލަ ވަނީ ހުށަހަޅާފައި - ފޮޓޯ: ހުސެން ޝަޔާހު/ އަދަދު

މި އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް ޖުމްލަ 28،000 އަށްވުރެ ގިން ކުށުގެ މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން ޕްރޮސިކިއުޓާ ޖެނެރަލް އޮފީހަށް (ޕީޖީ) އަށް ހުށަހެޅީ 755 މައްސަލަ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

މި އަހަރު ފުލުހުންނަށް ހުށަހެޅި މައްސަލަތަކުގެ ޖުމްލަ އަދަދު 28،410 އަށް އަރާއިރު ފުލުހުން އޭގެ ތެރެއިން ތަހުގީގު ކުރަން ފަށާފައި ވަނީ 11،727 މައްސަލަ އެކެވެ. ޖުމްލަ 7،249 މައްސަލަ ފައިލް ކޮށްފައި ވާއިރު، ޕީޖީއަށް ފޮނުވާފައި ވަނީ ބެލި މައްސަލަތަކުގެ ތެރެއިން 755 މައްސަލަ އެވެ.

ފުލުހުން ބަލަން ފެށި މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ މަސްތުވާތަކެތީގެ މައްސަލަތަކެވެ.

1. ވައްކަން

ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ފުރަތަމަ 10 މަސް ދުވަހުގެ ތެރޭގައި އެންމެ ގިނައިން ހުށަހަޅާފައި އޮތީ ވައްކަމުގެ މައްސަލަތަކެވެ. ވައްކަމުގެ 8،466 މައްސަލައެއް ހުށަހަޅާފައި ވާއިރު އޭގެ ތެރެއިން 3846 މައްސަލަ ވަނީ ކޭސްކޮށްފަ އެވެ. 2644 މައްސަލަ ފައިލް ކޮށްފައިވާއިރު ވައްކަމުގެ މައްސަލައިގެ ތެރެއިން ޕީޖީއަށް ފޮނުވީ 166 މައްސަލައެކެވެ.

2. މަސްތުވާތަކެތި

މަސްތުވާތަކެތީގެ ޖުމްލަ 3،489 މައްސަލަ ހުށަހެޅި ކަމަށް ފުލުހުންގެ ހިސާބުތަކުން ދައްކަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ބަނގުރަލުގެ 1،159 މައްސަލައަކާއި ނާކޮޓިކް ޑްރަގްސްގެ 2،322 މައްސަލައެކެވެ.

ޖުމްލަ 1،257 މައްސަލަ ބަނީ ބަލަން ފަށާފަ އެވެ. އެއީ ބަނގުރަލުގެ 119 މައްސަލައަކާއި ނާކޮޓިކް ޑްރަގްސްގެ 1،136 މައްސަލައެކެވެ. މަސްތުވާތަކެތީގެ 911 މައްސަލަ ފައިލް ކޮށްފައިވެ އެވެ. އެއީ ބަނގުރަލުގެ 92 މައްސަލަ އާއި 818 ނާކޮޓިކް ޑްރަގްސްގެ މައްސަލައެކެވެ.

3. ޓްރެފިކް އެކްސިޑެންޓް

ދެވަނައަށް މި އަހަރު އެންމެ ގިނަ މައްސަލަ ހުށަހަޅާފައި ވަނީ ޓްރެފިކް އެކްސިޑެންޓުތަކުގެ މައްސަލަތަކެވެ. އެ ބާވަތުގެ ޖުމްލަ 2009 މައްސަލައެއް ހުށަހަޅާފައި ވާއިރު، ބަލަން ފަށާފައި ވަނީ 1،288 މައްސަލަ އެވެ. އޭގެ ތެރެއިން 1،016 މައްސަލަ ފައިލް ކޮށްފައި ވާއިރު ޕީޖީއަށް ފޮނުވާފައި ވަނީ އެންމެ މައްސަލައެކެވެ.

4. ގެއްލޭ ތަކެތި

މި އަހަރު ގެއްލުނު ތަކެތި ހޯދުމަށް ފުލުހުންނަށް ވަނީ 1،485 މައްސަލަ ހުށަހަޅާފަ އެވެ. އޭގެ ތެރެއިން 739 މައްސަލަ ބަލަން ފަށާފައި ވާއިރު 541 މައްސަލަ ވަނީ ފައިލް ކޮށްފަ އެވެ. ޕީޖީއަށް ފޮނުވާފައި ވަނީ ފަސް މައްސަލަ އެވެ.

5. މާރާމާރީ

މާރާމާރީގެ މައްސަކަތަކަކީ ވެސް ރާއްޖޭގައި ނުރައްކާވަމުން އަންނަ މައްސަލައެކެވެ. އެގޮތުން ގްރޫޕް މާރާމާރީތައް އިތުރުވަމުން އަންނަކަން ކަމާބެހޭ އިދާރާތަކުން ވެސް މީގެ ކުރިން ފާހަގަ ކޮށްފައިވެ އެވެ.

މި އަހަރު ހުށަހެޅުނު މާރާމާރީގެ މައްސަލަތަކުގެ އަދަދު 1395އަށް އަރާއިރު ބަލަންފަށާފައި ވަނީ 523 މައްސަލަ އެވެ. އޭގެ ތެރެއިން 288 މައްސަލަ ފައިލް ކޮށްފައި ވާއިރު ޕީޖީއަށް 39 މައްސަލަ ފޮނުވާފައިވެ އެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުން ހުށަހެޅުނު މައްސަލަ އެންމެ ގިނައީ މިދިޔަ މަހުގަ އެވެ. އެގޮތުން މިދިޔަ މަހު 3182 މައްސަލަ ހުށަހަޅާފައިވެ އެވެ. އޭގެ ތެރޭގައި އެންމެ ގިނައީވެސް ވައްކަމުގެ މައްސަލަތަކެވެ. ޖުމްލަ 1001 މައްސަލަ ހުށަހަޅާފައިވެ އެވެ.

ޖެނުއަރީ މަހު 3168 މައްސަލަ ހުށަހަޅާފައި ވާއިރު ތިން ވަނަ އަށް އެންމެ ގިނައީ ސެޕްޓެމްބަރު މަހު ހުށަހެޅި މައްސަލަތަކެވެ. އެއީ 3173 މައްސަލަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox