އުމުރުން ދުވަސްވީ މީހަކު މާލޭގެ ގެއެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.
ފުލުހުން ބުނީ މިއަދު މެންދުރު 14:30 ގައި ހެންވޭރު ގެއެއްގައި މީހަކު އޮއްވާ ފެނުނު ކަމަށް ބަޔަކު ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އަދި އެމީހާގެ ހަށިގަނޑު މިހާރު އައިޖީއެމްއެޗްއަށް ގެންދެވިފައިވާ ކަމަށެވެ.
ފުލުހުން ބުނާ ގޮތުގައި މަރުވެފައި އޮތީ 83 އަހަރުގެ ފިރިހެނެކެވެ. އޭނާ މަރުވަން ދިމާވި ސަބަބު އަދި ނޭނގެއެވެ.
މި މައްސަލަ ތަހުގީގުކުރަމުން ދާކަން ފުލުހުން ބުނެ އެވެ.
މި މަހުގެ 14 ވަނަ ދުވަހު ވެސް މާލޭގެ ގެއެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވައި ފެނިފައިވެ އެވެ.













