މާނާގަލާ ހެޗަރީ ހިންގަން ޕްރޮޕޯސަލް ހުށަހަޅަން އިއުލާންކޮށްފި

ގއ. މާނާގަލާ. ފިނޭންސުން ވަނީ އެރަށުގައި މަސް އާލާކުރާ ހެޗަރީއެއް ހިންގުމަށް ބަޔަކު ހޯދަން އިއުލާންކޮށްފަ-- ފޮޓޯ:ލިންޑްބްލެޑް އެކްސްޕެޑިޝަންސް

ގއ. މާނާގަލާ. ފިނޭންސުން ވަނީ އެރަށުގައި މަސް އާލާކުރާ ހެޗަރީއެއް ހިންގުމަށް ބަޔަކު ހޯދަން އިއުލާންކޮށްފަ-- ފޮޓޯ:ލިންޑްބްލެޑް އެކްސްޕެޑިޝަންސް

ވޯލްޑް ބޭންކްގެ ހިލޭ އެހީގައި ގއ. މާނާގަލާގައި ތަރައްގީކުުރާ މަލްޓި ސްޕީޝީޒް ހެޗަރީ ޑިޒައިންކޮށް އޮޕަރޭޓްކުރާނޭ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސް އިން އިއުލާންކޮށްފި އެވެ.

މިއީ ސަސްޓެއިނެބަލް ފިޝަރީޒް ރިސޯސަސް ޑެވެލޮޕްމެންޓް ޕްރޮޖެކްޓްގެ ދަށުން ވޯލްޑް ބޭންކާއި ދިވެހި ސަރުކާރު ގުޅިގެން ހިންގާ މަޝްރޫއެކެވެ.

މަޝްރޫއަށް ޕްރޮޕޯސަލް ހުށަހަޅަން ފިނޭންސުން ހުޅުވާލާފައިވަނީ، މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗާއިން އެ ހެޗަރީ ހިންގަން ބަޔަކު ހޯދުމަށް މީގެ ކުރިން ކުރި އިއުލާނުގެ ދަށުން ލިބުނު ޕްރޮޕޯސަލްތައް ބާތިލުކުރުމަށް ފަހު އެވެ.

ފިނޭންސުން ކުރި އިއުލާނުގައި ބުނެފައިވަނީ މާނާގަލާގައި ހިންގާ ހެޗަރީގެ ކޮންސްޓްރަކްޝަން މަސައްކަތް އެއް އަހަރު ތެރޭ ނިންމަންވާނެ ކަމަށެވެ. އެ ހެޗަރީ ހިންގަން ހަވާލުކުރާނީ 20 އަހަރު ދުވަހުގެ މުއްދަތަކަށް ކަމަށް އިއުލާނުގައި ބުނެ އެވެ.

އެ މަސައްކަތަށް ބޭނުންވާ ފައިނޭޝަލް ޝަރުތުތައް ފިނޭންސުން ކުރި އިއުލާނުގައި ހިމަނާފައިވާއިރު، އޭގެ ތެރޭގައި މަސައްކަތަށް ކުރިމަތިލާ ފަރާތުގެ ނެޓް ވޯތުގެ ގޮތުގައި މިދިޔަ ތިން އަހަރު 5 މިލިއަން އެމެރިކާ ޑޮލަރު ހުރުން ލާޒިމުކުރެ އެވެ.

އަދި ޓެންޓެޓިވް އިންވެސްޓްމެންޓް ޕްލޭނަކާއި ފައިނޭންސިން ޕްލޭނެއް ވެސް ޕްރޮޕޯސަލާއެކު ހުށަހަޅަންވާނެކަމަށް ޝަރުތުތަކުގައި ބުނެ އެވެ. އޭގެ އިތުރުން ވެސް މަޝްރޫއަށް ޕްރޮޕޯސަލް ހުށަހަޅާ ފަރާތުގެ ކިބައިގައި ހުރުން ލާޒިމުކުރާ ޓެކްނިކަލް ޝަރުތުތަކެއް ވެސް އިއުލާނުގައި ބަޔާންކުރެ އެވެ.

އެ ޝަރުތުތަކަކީ:

  • މަސައްކަތަށް ކުރިމަތިލާ ފަރާތް ނުވަތަ ސަބް-ކޮންޓްރެކްޓް ކުރާ ފަރާތަކީ މަދުވެގެން އެއް އަހަރު ދުވަހު އެފަދަ ހެޗަރީއެއް ކާމިޔާބުކަމާއެކު ހިންގައި ތިން އަހަރު ދުވަހުގެ ތެރޭ އަހަރެއްގެ މައްޗަށް މަދުވެގެން 2.5 މިލިއަން ފިންގާލިންގްސް އުފައްދާފައިވާ ފަރާތަކަށްވުން.
  • މަސައްކަތަށް ކުރިމަތިލާ ފަރާތް ނުވަތަ ސަބް-ކޮންޓްރެކްޓް ކުރާ ފަރާތަކީ މަދުވެގެން އެއް މިލްކްފިޝް ހެޗަރީ ކާމިޔާބުކަމާއެކު ހިންގުމުގެ ތަޖުރިބާހުރި ތިން އަހަރު ދުވަހުގެ ތެރޭ މަދުވެގެން 10 ޓަނު އުފައްދާފައިވާ ފަރާތަކަށްވުން.
  • މަސައްކަތަށް ކުރިމަތިލާ ފަރާތް، ސަބް-ކޮންޓްރެކްޓަރު ނުވަތަ ސަބް ކޮންސަލްޓެންޓަކީ މަސައްކަތަށް ހުށަހަޅާ ޓެކްނޮލޮޖީ ބޭނުންކޮށްގެން މިދިޔަ ހަތް އަހަރު ތެރޭ މަދުވެގެން އެއް ފިންފިޝް އަދި މިިލްކްފިޝް ހެޗަރީ ފަރުމާކޮށްފައިވާ ފަރާތަކަށްވުން.
  • މަސައްކަތަށް ކުރިމަތިލާ ފަރާތް ނުވަތަ ސަބް-ކޮންޓްރެކްޓް ކުރާ ފަރާތަކީ މަދުވެގެން އެއް އަހަރުތެރޭ، އެއް ހެޗަރީ، އަހަރެއްގެ ތެރޭގައި 2.5 މިލިއަން މެެރިން ފިންފިޝް ފިންގާލިންގްސް އުފެއްދުމުގެ ކެޕޭސިޓީއާއެކު ފާއިތުވި ހަތް އަހަރު ތެރޭ ކާމިޔާބުކަމާއެކު އުފައްދައި ކޮމިޝަން ކޮށްފައިވާ އަދި ހެޗަރީ އެއް އަހަރު ކާމިޔާބުކަމާއެކު ހިންގާފައިވާ ފަރާތަކަށްވުން.

ފިނޭންސުން ކުރި އިއުލާނުގައި ވަނީ ޕްރޮޖެކްޓްގައި ބައިވެރިވާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބިޑިން ޑޮކިއުމެންޓްގައި ވެސް ހުންނާނެކަމަށް ބުނެފަ އެވެ. ޕްރޮޖެކްޓްގައި ބައިވެރިވުމަށް ރެޖިސްޓްރީ ކުރަން 1،500ރ. ނުވަތަ 100 ޑޮލަރުގެ ނޮން-ރިފަންޑެބަލް ރެޖިސްޓްރޭޝަން ފީއެއް ދެއްކުމަށް އިއުލާނުގައި ބުނެ އެވެ.

ޕްރޮޖެކްޓްގެ ޕްރޮޕޯސަލް ޑޮކިއުމެންޓް މިހާރު މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑު ކުރެވޭއިރު އެ މަޝްރޫއަށް ހުށަހަޅާ ޕްރޮޕޯސަލް ހުޅުވުން އޮންނާނީ ޖެނުއަރީ 3، 2022 ވަނަ ދުވަހުގެ 11:00 ގަ އެވެ.

މިނިސްޓްރީން ބުނީ އެ މަޝްރޫގެ ޕްރީ-ޕްރޮޕޯސަލް ބައްދަލުވުން އޮންނާނީ އޮންލައިންކޮށް ކަމަށެވެ. އަދި އެ ބައްދަލުވުމުގައި ބައިވެރިވުމަށް ޑިސެމްބަރު 2، 2021 ވަނަ ދުވަހުގެ ކުރިން މިނިސްޓްރީއަށް އީމެއިލްކުރުމަށް މިނިސްޓްރީން ބުނެ އެވެ.

ޕްރޮޕޯސަލްގެ ސެކިއުރިޓީއެއްގެ ގޮތުގައި 385،500 ރުފިޔާ ނުވަތަ 25،000 ޑޮލަރު ބަހައްޓަންވާނޭކަމަށް ވެސް މިނިސްޓްރީގެ އިއުލާނުގައި ބުނެ އެވެ.

titledesc

މާނާގަލާ ހެޗަރީއަށް ޕްރޮޕޯސަލް ހުށަހަޅަން މި ހުޅުވާލީ ފިޝަރިޒް މިނިސްޓްރީން އެ ހެޗަރީގެ މަސައްކަތްކުރަން ބަޔަކާއި ހަވާލުކުރަން ތައްޔާރުވެފައިވާ ކަމަށް އޯގަސްޓު މަސް ތެރޭ ބުނެފައި ވަނިކޮށެވެ.

ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދު ވަނީ އޯގަސްޓު މަސް ތެރޭ ޕީއެސްއެމްގެ ޕްރޮގްރާމަކަށް ދެއްވި އިންޓަވިއުއެއްގައި މާނާގަލާގައި އިމާރާތްކުރަންޖެހޭ ތަންތަނުގެ މަސައްކަތްތަކުގެ 90 ޕަސެންޓް ނިމިފައިވާކަމަށް ވިދާޅުވެފަ އެވެ.

އެ މަސައްކަތް ކުރާނެ ބަޔަކު ހޯދުމަށް އިއުލާނުކުރުމަށް ތައްޔަރުވެފައިވާ ކަމަށް މިނިސްޓަރު އޭރު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox